Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

ޑިޕޭ ހޯދުމަށް ލިޔޯން އިން ވަނީ 21 މިލިއަން ޕައުންޑު ހުށަހަޅާފައި

ލީވާން އަލީ
ލީވާން އަލީ | 20 ޖެނުއަރީ 2017 | ހުކުރު 00:00
ނެދަލޭންޑްސްގެ ފޯވާޑް މެންފިސް ޑިޕޭ

ނެދަލޭންޑްސްގެ ފޯވާޑް މެންފިސް ޑިޕޭ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ފޯވާޑް މެންފިސް ޑިޕޭ އޮލިމްޕިކް ލިއޯން އަށް ވިއްކާލުމަށް ޔުނައިޓެޑުން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދަ އިންޑިޕެންޑެންޓުން ބުނީ ޑިޕޭ ހޯދުމަށް ލިއޯން އިން ކުރަމުން އަންނަ މަސައްކަތުގައި އެޓީމުން މިހާރު 21 މިލިއަން ޕައުންޑު ހުށަހަޅާފައިވާ ކަމަށާއި، އެ އަގަށް ޔުނައިޓެޑުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޕޯޓްތައް ބުނާގޮތުން ކޮންޓްރެކްޓްއާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ޑިޕޭ މިހާރު ހުރީ ވެސް ލިޔޯންގައެވެ. އެހެން ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ.

ގިނަ ކްލަބްތަކުން ހުށަހެޅުންތައް ލިބެމުން އަންނަ ޑިޕޭ ހޯދުމަށް އެވަޓަންގެ އިތުރުން އިޓަލީގެ ގިނަ ކްލަބްތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އޭސީ މިލާން، ނަޕޯލީ، އޭއެސް ރޯމާ އަދި ޔުވަންޓަސްވެސް ހިމެނެއެވެ. މީގެއިތުރުން އޭނާ ހޯދުމަށް ސްޕެއިން އަދި ޖަރުމަންގެ ކްލަބްތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ޕީއެސްވީން 2011 ވަނަ އަހަރު ކެރިޔަރު ފެށި 22 އަހަރުގެ ޒުވާން ވިންގާ ވަނީ އެޓީމަށް 124 މެޗު ކުޅެދީ 50 ލަނޑު ކާމިޔާބުކޮށްފަ އެވެ. އެގޮތުން އޭނާ ޕީއެސްވީއާ އެކު ހޯދި ކާމިޔާބީތަކަށް ބަލާއިރު، ނެދަލޭންޑްސް ލީގް އެއް ފަހަރު އަދި ނެދަލޭންޑްސް ކަޕް އެއް ފަހަރު ވަނީ ކާމިޔާބުކޮށްފަ އެވެ. އުމުރުން 15 އަހަރުން ފެށިގެން ބަރާބަރަށް ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ޑިޕޭ ވަނީ ނެދަލޭންޑްސް ސީނިއާ ޓީމަށް 25 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އޭނާ ވަނީ 17 އަހަރުން ދަށުގެ ޔުއެފާ ޗެންޕިއަންޝިޕް ނެދަލޭންޑްސްއާ އެކު ކާމިޔާބުކޮށްފަ އެވެ. ޑިޕޭ މިދިޔަ ސީޒަނުގައި ޔުނައިޓެޑުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާ އަށް މި ސީޒަނުގައި އަދި އެޓީމަށް އެންމެ މެޗެއް ވެސް ކުޅެދެވިފައެއް ނުވެއެވެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު