Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ މާކެޓް

ޕެޕޭ ރެއާލް ދޫކޮށްލަން ނިންމައިފި

ޕީއެސްޖީ އިން ޕެޕޭ އާއި އެކު މަޝްވަރާ ކުރާކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 6 ޖޫން 2017 | އަންގާރަ 17:20
ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ

ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ ކްލަބު ދޫކޮށްލަން ނިންމައިފިއެވެ.

ބޭރުގެ ކުޅިވަރި ހަބަރު ފަތުރާ މީޑިއާ އަކަށް ދިން އިންޓަވިއު އެއްގައި ޕެޕޭ ބުނެފައިވަނީ، އަންނަ ޓްރާންސްފާގައި ރެއާލް ދޫކޮށްލަން ނިންމާފައިވާ ކަމަށާއި، ނަމަވެސް ދެން ކުޅޭނެ ކްލަބެއް އަދި ނުނިންމާ ކަމަށެވެ.

ނަމަވެސް މީޑިއާ ރިޕޯޓްތަށް ބުނާގޮތުން، ފްރާންސްގެ ޕީއެސްޖީއިން އަންނަނީ ޕެޕޭ އާއި މަޝްވަރާ ކުރަމުންނެވެ. އެގޮތުން ޓްރާންސްފާގައި ޕީއެސްޖީ އަށް ޕެޕޭ ބަދަލުވާނެކަމަށް ގިނަ ފަރާތްތަކަކުން ބުނަމުން ދިޔަ ނަމަވެސް، އިނގިރޭސި ބޮޑެތި ކްލަބު ތަކަކުންވެސް އަންނަނީ ޕެޕޭއަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ޕެޕޭ ބުނެފައިވަނީ ވަރަށް ގިނަ ކުލަބުތަކަކުން ހުޝައެޅުންތަށް ލިބެމުންދާ ކަމަށާއި، އޭގެތެރޭގައި އިންގްލޭންޑްގެ ބައެއް ބޮޑެތި ކްލަބުތައްވެސް ހިމެނޭ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ޕެޕޭ ބުނެފައިވަނީ، ރެއާލްގައި ހޭދަކުރި ދުވަސްތަކަކީ ވަރަށް ކާމިޔާބު ދުވަސްކެއް ކަމަށާއި، އެގޮތުން ކޯޗް ޒިދާން އާއި އެކު ހޭދަކުރި ދިވަސްތަށްވެސް ފާހަގަ ކުރެވޭ ކަމަށެވެ. ނަމަވެސް ޕެޕޭ ކުލަބު ދޫކޮށްލާއިރުގައި ހިތްހަމަ ނުޖެހުން ތަކެއް ހުރިކަން އޭނާގެ ވާހަކައިން ފާހަގަ ވެއެވެ. އެގޮތުން އޭނާ ބުނެފައިވަނީ، ކްލަބު ދޫކޮށްލާއިރުގައި ސުވާލު އުފެދޭ ވަރަށް ބައިވަރު ކަންތައްތަކެއް އެބަ ހުރި ކަމަށާއި، ނަމަވެސް އެކަންތައްތަކުގައި އެއްވެސް މީހެއް ގޯސްކުރަން ބޭނުން ނުވާކަމަށެވެ.

އޭނާ ބުނެފައިވަނީ، ޒިދާން އަކީ މޮޅު ކޯޗެއް ކަމަށާއި، ރެއާލްގެ ހެޑް ކޯޗެއްގެ ގޮތުގައި މިހާތަނަށް އޭނާ ހޭދަކުރި ކުޑަ ދުވަސްކޮޅުގައިވެސް އެކަން އޭނާ ދައްކުވައިދީފި ކަމަށެވެ. ނަމަވެސް ރެއާލް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ނިންމާފައި ވާއިރު، ޒިދާން ގާތުގައި ވަކިން އެ ވާހަކަ ނުބުނާ ކަމަށްވެސް ޕެޕޭ ވަނީ ބުނެފައެވެ. އެގޮތުން އޭނާ ބުނަފައިވަނީ ޒިދާން ގާތުގައި ކުލަބު ދޫކޮށްލަން އުޅޭ ވާހަކަ ވަކިން ނުބުނި ކަމުގައި ވިޔަސް، މާ ކުރިންވެސް ކުލަބު ދޫކޮށްލުމުގެ ވިސްނުން ގެންގުޅޭކަން އޭނާއަށް އެނގޭނެ ކަމަށެވެ.

ޕެޕޭ ވަނީ ރެއާލް އާއިއެކު 3 ފަހަރު ލަލީގާ ކާމިޔާބު ކުރުމުގެ އިތުރުން 3 ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު