Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއަ ލީގު

ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް

ސިޓީ ލީގުގެ ތިންވަނަ މަގާމަށް އެރީ 37 މެޗުން ލިބުނު 75 ޕޮއިންޓާ އެކު

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 17 މެއި 2017 | ބުދަ 18:23
ސިޓީގެ ގެބްރިއަލް އިދިކޮޅު ގޯލާ އަމާޒުކޮށް ބޯޅައެއް ފޮނުވާލަނީ، އޭނާ ވަނީ މި މެޗުގައި ލަނޑެއްޖަހާފަ

ސިޓީގެ ގެބްރިއަލް އިދިކޮޅު ގޯލާ އަމާޒުކޮށް ބޯޅައެއް ފޮނުވާލަނީ، އޭނާ ވަނީ މި މެޗުގައި ލަނޑެއްޖަހާފަ

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ބްރޮމް އަތުން 3-1 ލަނޑުން މޮޅުވެ މެންޗެސްޓާ ސިޓީ ލީގުގެ ތިން ވަނަ މަގާމަށް ކުރިއަށް ޖެހިލި އިރު އާސެނަލުން ސަންޑަލޭންގެ މައްޗައް ކުރި ހޯދައިފިއެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީ ވެސް އެޓީމުންނެވެ. މިލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގެބްރިއެލް ޖީސަސްއެވެ. އަދި އޭގެ ދެ މިނެޓު ފަހުން މެޗުގެ 29 ވަނަ މިނެޓުގައި ކެވިން ޑިބްރޭނާ ވަނީ އިތުރު ލަނޑެއްޖަހާ ލީޑް ފުޅާ ކޮށްފައެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު ދެވަނަ ހާފު ފެށިގެން ވެސް ސިޓީން ވަނީ ވެސްޓް ބްރޮމްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ސިޓީން ވަނީ މޮޅު ކުޅުމަކާއެކު ޔާޔާ ޓޯރޭ ކާމިޔާބުކޮށްދިން ލަނޑުން ލީޑު އިތުރަށް ފުޅާކޮށްފައެވެ.

ސިޓީން ތިން ލަނޑުޖަހާ ލީޑު ނަގައިފައި ވަނިކޮށް ވެސްޓް ބްރޮމް އިން ވަނީ ސިޓީގެ ހާފަށް ބާރުބޮޑުކޮށް ލަނޑުޖެހުމަށްޓަކައި އިދިކޮޅު ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން މެޗު ނިމެން ކުޑަތަން ވެފައި ވަނިކޮށް ހަލް ރޮބްސަން ކާނޫ ކާމިޔާބުކޮށްދިން ލަނޑުން އެޓީމު ވަނީ ސުން ކަނޑުވާލާފައެވެ. މިމޮޅާ އެކު ސިޓީ ލީގުގެ ތިން ވަނައަށް ޖެހިލީ 37 މެޗުން ލިބުނު 75 ޕޮއިންޓާ އެކުއެވެ. އަދި ލީގުގެ ދެ ވަނަ މަގާމްގައި 36 މެޗުން 80 ޕޮއިންޓް ހޯދައިގެން ޓޮޓެންހަމް އޮތް އިރު، ލީގުގެ އެއް ވަނަ މަގާމްގައި އޮތް ޗެލްސީއަށް 37 މެޗުން ލިބިފައި ވަނީ 90 ޕޮއިންޓެވެ. ޗެލްސީ ވަނީ ލީގު ކަށަވަރުކޮށްފައެވެ.

ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ ސަންޑަލޭންޑާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ދެލަނޑުވެސް ކާމިޔާބުކޮށްދިނީ ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒެވެ.

އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ އިދިކޮޅު ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ސަންޗޭޒާއި ޖިރޫޑް އަދި ވެލްބެކް ފޮނުވާލި ގިނަ ހަމަލާތަކެއް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަންޑަލޭންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެސުތު އޮޒިލްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ސަންޗޭޒެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު އޮލިވިއޭ ޖިރޫޑް ތަނަވަސްކޮށްދިން ފުރުސަތަކުން ވެސް ކާމިޔާބުކޮށްދިނީ ސަންޗޭޒެވެ.

މި މޮޅާއެކު އާސެނަލަށް ލިބިފައިވަނީ 72 ޕޮއިންޓެވެ. އެޓީމު އޮތީ ލީގުގެ ފަސްވަނައިގައެވެ. މެޗުން ބަލިވި ސަންޑަލޭޑް އޮތީ 24 ޕޮއިންޓާއެކު ލީގުގެ ފުލުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު