Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމްވިޗްގެ ކޮންޓްރެކްޓް އައުކުރުން

މުސާރަ ކުޑަކޮށް، އިބްރަހިމޮވިޗްގެ ކޮންޓްރެކްޓް އައުކޮށްފި

18 ޖުލައި 2022 | ހޯމަ 15:24

މިދިޔަ ސީޒަންގައި އިބްރަހިމޮވިޗްވަނީ މިލާނަށް 23 މެޗު ކުޅެދީ، 8 ލަނޑު ޖަހާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 18 ޖުލައި 2022 | ހޯމަ 15:24
މިލާނަށް ކުޅެމުން އަންނަ ޒްލަޓަން އިބްރަހިމޮވިޗް

މިލާނަށް ކުޅެމުން އަންނަ ޒްލަޓަން އިބްރަހިމޮވިޗް

މީގެ ކުރިން ލިބެމުންއައި މުސާރައިގެ ބޮޑުބައެއް އުނިކޮށް, އޭސީ މިލާނަށް ކުޅެމުން އަންނަ ޒްލަޓަން އިބްރަހިމޮވިޗްގެ ކޮންޓްރެކްޓް އައުކޮށްފިއެވެ.

އިބްރަހިމޮވިޗްގެ ކޮންޓްރެކްޓް އައުކުރީ އިތުރު އެއް އަހަރުގެ މުއްދަތަކަށެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުން އައުކުރިކަން އަންގައި އޭސީ މިލާނުން ކުރި ޕޯސްޓެއްގައި ވަނީ، މިއަންނަ ސީޒަންގައި އިބްރަހިމޮވިޗް ކުޅޭނީ 11 ނަންބަރު ޖަރޒީގައިކަމަށެވެ.

މީގެ ކުރިން މިލާނާއެކު އިބްރަހިމޮވިޗް ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް އަހަރެއްގެ މައްޗަށް 7 މިލިއަން ޔޫރޯ ލިބޭނެއެވެ. މުސާރައިގެ އިތުރުން، އޭނާ ލަނޑުޖަހާ މިންވަރާއި އެސިސްޓުކުރާ މިންވަރަށް އިތުރު ބޯނަސް ދިނުމަށްވެސް އޭރުގެ އެއްބަސްވުމުގައި ހިމަނާފައިވެއެވެ. ނަމަވެސް އަލަށް ހެދި އެއްބަސްވުމުގައި އޭނާގެ މުސާރައަކީ 1 މިލިއަން ޔޫރޯއެވެ. އެކަމަކު ލަނޑު ޖަހާ މިންވަރާއި އެސިސްޓުކުރާ އަދަދަށް އިތުރު ބޯނަސް ލިބޭނެއެވެ.

މިދިޔަ ސީޒަންގައި އިބްރަހިމޮވިޗްވަނީ މިލާނަށް 23 މެޗު ކުޅެދީ 8 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ތިން ލަނޑު ޖެހުމަށް އެހީތެރިވެދިނެވެ.

މިއަހަރުގެ މެއި 25 ވަނަ ދުވަހު އިބްރަހިމޮވިޗްގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ އޮޕަރޭޝަނެއް ކުރަންޖެހިފައެވެ. ނަމަވެސް އޭނާ ނިންމީ އެސީޒަން ނިމުމަށްފަހު އޮޕަރޭޝަންކުރާށެވެ. ރިޕޯޓުތައް ބުނާގޮތުން އޮޕަރޭޝަނަށްފަހު އޭނާއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ މިއަންނަ އަހަރުގެ ފެށޭކޮޅުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 ޖޫން 2017

ރެއާލް މެޑްރިޑާއިއެކު އިސްކޯ ހަފާދައިވާ ކޮންޓްރެކްޓް އާކުރަނީ

12 ޖޫން 2017
ރެއާލް މެޑްރިޑާއިއެކު އިސްކޯ ހަފާދައިވާ ކޮންޓްރެކްޓް އާކުރަނީ
10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
12 މެއި 2017

މުސާރަ ބޮޑުކޮށް ކޮންޓޭއަށް އާ ކޮންޓްރެކްޓެއް

12 މެއި 2017
މުސާރަ ބޮޑުކޮށް ކޮންޓޭއަށް އާ ކޮންޓްރެކްޓެއް
07 އެޕްރީލު 2017

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

07 އެޕްރީލު 2017
ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
09 މާރިޗު 2017

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް