Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަތައިސް ޑި ލިޓްގެ ކުރިމަގު

ބަޔާނަށް ބަދަލުވާން މަތައިސް ޑި ލިޓް އެއްބަސްވެއްޖެ

18 ޖުލައި 2022 | ހޯމަ 03:38

ޔުވެންޓަސް ދޫކޮށް ބަޔާނަށް ބަދަލުވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖުލައި 2022 | ހޯމަ 03:38
މަތައިސް ޑި ލައިޓް

މަތައިސް ޑި ލައިޓް

ޔުވެންޓަސްއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް ޖަރުމަނު ލީގުގެ ބަޔާން މިއުނިކަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ޑި ލިޓް ހޯދުމުގެ މަސައްކަތް ބަޔާނުން ކުރާތާވަނީ ދުވަސްތަކެއްވެފައެވެ. އެގޮތުން ބަޔާނުން ވަނީ ޑި ލިޓްގެ އެޖެންޓާ މަޝްވަރާކުރުމަށް އިޓަލީއަށް ވެސް ގޮސްފައެވެ. ނަމަވެސް އެ މަޝްވަރާގެ މާ ބޮޑު މައުލޫމާތެއް ބަޔާނުން އޭރު ހާމަކޮށްފައެއް ނުވެއެވެ.

ޓްރާންްސްފާ ޚަބަރުތައް ގެނެސްދޭ އިތުބާރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި ޑި ލައިޓް ބަޔާނަށް ދޫކޮށްލަން ޔުވެންޓަސް އިން ވަނީ އެއްބަސްވެފައެވެ. އަދި ބަޔާނަށް ބަދަލުވާން ޑި ލައިޓް ވެސް ވަނީ އެއްބަސްވެފައި ކަމަށެވެ. މީގެ އިތުރުން ރޮމާނޯ ބުނި ގޮތުގައި 22 އަހަރުގެ ޑިފެންޑަރު ބަޔާނަށް ބަދަލުވާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ބަޔާންގައި މަޑުކުރާނެއެވެ. ބަޔާނުން މިހާރު ވަނީ ރަސްމީ އެއްބަސްވުން ޑި ލައިޓްގެ އެޖެންޓަށް ފޮނުވާފައިކަމަށް ވެސް ރޮމާނޯ ބުނެފައިވެއެވެ.

މީގެ އިތުރުން ޑި ލައިޓް ބަޔާނަށް ގެންދިޔުމަށް އެ ޓީމުން 80 މިލިއަން ޔޫރޯ ޚަރަދުކުރާނެއެވެ. ބަޔާންއަށް ބަދަލުވުމުގެ ގޮތުން ހަދަން ޖެހޭ މެޑިކަލް ޓެސްޓުތައް ހެދުމާއި، އެއްބަސްވުމުގައި ސޮއިކުރުމަށް ޑި ލައިޓް ވަރަށް އަވަހަށް ބަޔާނަށް ދަތުރުކުރާނެ ކަމަށް ރޮމާނޯ ވަނީ ބުނެފައެވެ. މީގެ އިތުރުން އެއްބަސްވުމުގެ ހުރިހާ ކަމެއް އަންނަ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރޮމާނޯ ބުންޏެވެ.

ޒުވާން ޑިފެންޑަރު އޭނާގެ ސީނިއަރ ކެރިއަރު ފެށީ 2016 ވަނަ އަހަރުއެވެ. ޑި ލައިޓް ވަނީ އޭނާ އަޔެކްސް އަށް ކުޅެދިން 117 މެޗުގައި 13 ލަނޑު ޖަހާފައެވެ. މީގެ އިތުރުން އަޔެކްސް ދޫކޮށް ޔުވެންޓަސް އަށް އޭނާ ބަދަލުވީ 2019 ވަނަ އަހަރުއެވެ. ޔުވެންޓަސްގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް 117 މެޗު ކުޅެދީ އަށް ލަނޑު ޖަހާފައެވެ. ޑި ލައިޓް ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ

20 ޖޫން 2017
ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ
12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
27 މެއި 2017

ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން

27 މެއި 2017
ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން
14 މެއި 2017

އިތުރު ވަގުތުގެ ލަނޑުތަކާ އެކު ބަޔާނަށް މޮޅެއް

14 މެއި 2017
އިތުރު ވަގުތުގެ ލަނޑުތަކާ އެކު ބަޔާނަށް މޮޅެއް
12 އެޕްރީލު 2017

އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ

12 އެޕްރީލު 2017
އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް