Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެވީވެއިޓް ބޮކްސިން

އަހަންނާއި ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން: ކްލިޓްޗްކޯ

ތާރީޚީ މެޗަކަށްވާނެ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 12 އެޕްރީލު 2017 | ބުދަ 15:41
ވިލަޑިމިރް ކްލިޓްޗްކޯ އަކީ އެވަރެސްޓް ފަރުބަދަ ކަމަށް އޭނާ ބުނޭ

ވިލަޑިމިރް ކްލިޓްޗްކޯ އަކީ އެވަރެސްޓް ފަރުބަދަ ކަމަށް އޭނާ ބުނޭ

ހެވީ ވެއިޓް ބޮކްސިން މެޗެއްގައި އޭނާއާ ކުރިމަތިލުމަކީ އެވަރެސްޓް ފަރުބަދައާ ކުރިމަތިލުން ފަދަ ކަމެއް ކަމަށްބުނެ އެންތަނީ ޖޯޝުއާއަށް ވިލަޑިމިރް ކްލިޓްޗްކޯ އިންޒާރުކޮށްފިއެވެ.

ނޮވެމްބަރު 2015 ގައި ޓައިސަން ފިއުރީގައި ހެވީވެއިޓް ޓައިޓަލް ގެއްލިފައިވާ ޔުކްރެއިންގެ 41 އަހަރުގެ ކްލިޓްޗްކޯ އައިބީއެފް އާ ޑަބްލިއުބީއޭ އަދި ޑަބްލިއުބީއޯ ޓައިޓަލްގައި ބްރިޓައިންގެ ޖޯޝުއާ ދެކޮޅަށް ނުކުންނާނެއެވެ.

ޓައިސަން ފިއުރީގައި ކްލިޓްޗްކޯގެ ބައްޔަކީ ފާއިތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި އޭނާ ބަލިވި ފުރަތަމަ ފަހަރެވެ. އޭގެ ސަބަބުން ޖޯޝުއާ އާ ކްލިޓްޗްކޯގެ ކުރިމަތިލުމަކީ އޭނާއަށް ވަރަށް މުހިއްމު މެޗެއް ކަމަށް އޭނާ ބުނެއެވެ.

"މިމެޗަކީ އަހަރެންގެ ކެރިއަރުގައި ކުރިމަތިލާންޖެހޭ އެންމެ މުހިތްމު މެޗު،" ކްލިޓްޗްކޯ ބުންޏެވެ.

ހެވީ ވެއިޓް ބޮކްސިން މިމެޗަކީ ޖޯޝުއާއަށް އެވަރެސްތް ފަރުބަދައަށް އެރުން ކަހަލަކަމެއް ކަމަށާއި މުޅި އަހަރު ދުވަސް ހޭދަކޮށްގެން އެވަރެސްޓް ފަރުބަދައަށް އަރަން އުޅުނަސް އެކަން ވާފަހަރާއި ނުވާ ފަހަރު އަންނާނެ ކަމަށް ކްލިޓްޗްކޯ ބުންޏެވެ.

އެވަރެސްޓް ފަރުބަދައަށް އެރުނަސް ނޭރުނަސް އެފަރުބަދަ އެތަނުގައި ހުންނާނެ ކަމަށާއި ހަމައެގޮތަށް އޭނާވެސް އެބަހުރި ކަމަށް ކްލިޓްޗްކޯ ބުންޏެވެ.

ދެހާސް ސާދަ ވަނަ އަހަރު ކްލިޓްޗްކޯ ހިންގާ ޓްރައިނިން ކޭމްޕަކަށްދިޔަ ޖޯޝުއާ ޕްރޮފެޝަނަލްކޮށް ބޮކްސިން ތަޅަންފަށާފައިވަނީ 2013 ވަނަ އަހަރުއެވެ.

މިހާތަނަށް ހެވީ ވެއިޓް ބޮކްސިންގައި ޖޯޝުއާ ވަނީ ބަލިނުވެ 18 މެޗު ހަމަކޮށްފައެވެ. އަނެއްކޮޅުން 64 މެޗުން މޮޅުވެ، 53 ނޮކައުޓް ހަދާފައިވާ ކްލިޓްޗްކޯއަށް އެންމެ ވަރުގަދަ ކުރިމަތި ލުމަކަށްވާނީ މިފަހަރުގެ މެޗެވެ.

އިނގިރޭސިވިލާތިގެ ވެމްބްލީގައި ބޭއްވުމަށް ނިންމާފައިވާ މި މެޗަކީ 90000 ހާސް މީހުންން ވަންނާނެ ކަމަށް ބަލައިގެން އިންތިޒާމްކުރާ މެޗެކެވެ. އެގޮތަށް ވެއްޖެނަމަ 1939 އެންމެ ގިނަ ބަޔަކު ބަލަންވަން ބޮކްސިން މެޗުގެ ރިކޯޑް ނިމުމަކަށްއ އަންނާނެއެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2018

ނިއު އަދި މާޒިޔާގެ ކުރިމަތިލުން ނިއުއަށް

03 މާރިޗު 2018
ނިއު އަދި މާޒިޔާގެ ކުރިމަތިލުން ނިއުއަށް
12 ޑިސެމްބަރު 2017

ޗެމްޕިއަންސް ލީގު: ދެވަނަ ބުރުގައި ވަރުގަދަ ކުރިމަތިލުންތަކެއް

12 ޑިސެމްބަރު 2017
ޗެމްޕިއަންސް ލީގު: ދެވަނަ ބުރުގައި ވަރުގަދަ ކުރިމަތިލުންތަކެއް
10 ޑިސެމްބަރު 2017

އިޓާލިއަން ސެރީއޭ: ޔުވެންޓަސް އާއި އިންޓަގެ ކުރިމަތިލުން އެއްވަރުވެއްޖެ

10 ޑިސެމްބަރު 2017
އިޓާލިއަން ސެރީއޭ: ޔުވެންޓަސް އާއި އިންޓަގެ ކުރިމަތިލުން އެއްވަރުވެއްޖެ
14 އޮކްޓޯބަރު 2017

ލިވަޕޫލް އާއި ޔުނައިޓެޑުގެ ކުރިމަތިލުން އެއްވަރުވެއްޖެ

14 އޮކްޓޯބަރު 2017
ލިވަޕޫލް އާއި ޔުނައިޓެޑުގެ ކުރިމަތިލުން އެއްވަރުވެއްޖެ
18 ސެޕްޓެމްބަރު 2017

ޕްރިމިއާ ލީގު: ބޮޑުތަފާތަކުން ޔުނައިޓެޑް މޮޅުވިއިރު، ޗެލްސީ އާއި އާސެނަލްގެ ކުރިމަތިލުން އެއްވަރުވެއްޖެ

18 ސެޕްޓެމްބަރު 2017
ޕްރިމިއާ ލީގު: ބޮޑުތަފާތަކުން ޔުނައިޓެޑް މޮޅުވިއިރު، ޗެލްސީ އާއި އާސެނަލްގެ ކުރިމަތިލުން އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު