Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން

ފަތުރުވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތް ކޮށްދިން 50 ފަރާތަކަށް އެވޯޑު ދީފި

ކުރީގެ ރައީސް މައުމޫން އަށާއި ކުރީގެ ރައީސް ނާސިރުއަށް ވެސް ވަނީ އެވޯޑު އަރުވާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 ޖުލައި 2022 | އާދީއްތަ 16:11
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު، ހުސައިން އަފީފުއާ އެވޯޑު ހަވާލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު، ހުސައިން އަފީފުއާ އެވޯޑު ހަވާލު ކުރައްވަނީ

ރާއްޖޭގެ ފަތުރުވެރިކަމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި 50 ފަރާތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެވޯޑް ދީފިއެވެ.

މި އެވޯޑްތައް ދީފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުމުގެ ގޮތުން އާދއްތަ ދުވަހު ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުއެވެ.

Advertisement - newsAdvertisement

މަޓީން ވަނީ މި އެވޯޑް ހަފްލާގައި ރާއްޖޭގައި ފަތުރުވެރިކަން ތައާރަފު ކުރުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ކުރީގެ ރައީސުންނާއި އެހެނިހެން ބައެއް މުހިންމު ކުންފުނިތަކާއި ބޭފުޅުންގެ އަގުވަޒަންކޮށް އެވޯޑުތައް ދީފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބާނީން ކަމުގައިވާ މުހައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) އާއި ޗަމްޕާ ހުސައިން އަފީފްއާއި ކެރަފާ އަހުމަދު ނަސީމް އަދި ޖޯޖް ކޯބިން އަށް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ބާނީންގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ ކުރީގެ ރައީސުންގެ ތެރެއިން ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި ރައީސް އިބްރާހީމް ނާސިރަށް ވަނީ އެވޯޑް އަރުވާފައެވެ.

މަޓީގެ އެވޯޑް ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ޚިދުމަތްކޮށްދެއްވާފައިވާ އަމިއްލަ ފަރުދުންނާއި، ރިސޯޓްތަކާއި، އެއަރލައިންތަކާއި، ކުންފުނިތަކާއި، ޓްރެވެލް އެޖެންސީތަކަށްވެސް ވަނީ އެވޯޑް ދީފައެވެ.

މަޓީން މައުލޫމާތު ދޭ ގޮތުގައި މި އެވޯޑު ލިބުނު ފަރާތްތައް ހޮވާފައިވަނީ އެވޯޑަށް ނޮމިނޭޓްކުރި ފަރާތްތައް ޖަޖިންގެ ޕެނަލަކުން ބެލުމަށްފަހު ކަމަށެވެ.

މި އެވޯޑް ހަފްލާގެ އިތުރުންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މަޓީން ވަނީ އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައެވެ. މި ހަރަކާތްތައް މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަންދިވެހި ފަތުުރުވެރިކަމުގެ ރަންޔޫބީލްމަޓީ

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
09 ޑިސެމްބަރު 2024

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި
08 ޑިސެމްބަރު 2024

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު