Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖީސޫސް ސިޓީއަށް ބަދަލުވުން

ޖީސޫސް އާސެނަލަށް ބަދަލުވީ އޭނާ ހޯދުމުގެ މަސައްކަތް ޗެލްސީން "ވަރުގަދަޔަށް" ކުރަނިކޮށް

ޖީސޫސްގެ އެޖެންޓު މާސެލޯ ޕެޓިނާޓީއާ ބުނި ގޮތުގައި ޗެލްސީން ވަނީ އޭނާގެ ޑީލް ހައިޖެކު ކުރުމަށް މަސައްކަތްކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2022 | ހޮނިހިރު 08:29
ޖީސޫސް

ޖީސޫސް

މެންޗެސްޓަރ ސިޓީ ދޫކޮށް ގަބްރިއެލް ޖީސޫސް އާސެނަލަށް ބަދަލުވީ އޭނާ ހޯދުމުގެ މަސައްކަތް ޗެލްސީން ކުރަމުން ދަނިކޮށްކަން ހާމަވެއްޖެއެވެ.

ސިޓީގެ އިތުބާރު ފޯވާޑުގެ ސޮއި އާސެނަލުން ހޯދީ 45 މިލިއަން ޕައުންޑަށެވެ. އާސެނަލުން ވަނީ އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ޖީސޫސް ރަސްމީކޮށް ދައްކާލާފައެވެ.

ޖީސޫސްގެ އެޖެންޓު މާސެލޯ ޕެޓިނާޓީއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، އޭނާ ހޯދުމުގެ މަސައްކަތް ޗެލްސީން ވަނީ ވަރަށް ވަރުގަދަޔަށް ކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ޖީސޫސްގެ ޑީލް ހައިޖެކް ކުރުމަށް ޗެލްސީން ވަނީ ވަރަށް މަސައްކަތްކޮށްފައެވެ. ވަކިން ޚާއްސަކޮށް، ޖީސޫސް އާސެނަލަށް ބަދަލުވުމުގެ ފަހު ދުވަސްތަކުގެ ތެރޭގައި ޗެލްސީން އެ މަސައްކަތް އިތުރަށް ކުރި ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ބުނީ ޗެލްސީގެ ޑީލަށް ޝައުގުވެރިކަމެއް ނެތީ، ޖީސޫސް އޭރު އާސެނަލަށް ބަދަލުވާން ހުރިހާ ކަމެއް ނިމި، ފައިނަލްވެފައި އޮތުމުން ކަމަށެވެ.

ސިޓީން ވަނީ ޖީސޫސް ދޫކޮށްލުމަށްފަހު އިތުރު ދެ ކުޅުންތެރިއްގެ ސޮއި ހޯދާފައެވެ. އޭގެ ތެރޭގައި ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި އާލިން ހާލަންޑާއި، ރިވަރ ޕްލޭޓަށް ކުޅެމުން އައި ޖޫލިއަން އަލްވަރޭޒް ހިމެނެއެވެ. ޗެލްސީން ވަނީ ސިޓީއަށް ކުޅެމުން އައި އިންގްލޭންޑުގެ ފޯވާޑް ރަހީމް ސްޓާލިންގެ ސޮއި ހޯދައި، އޭނާ އެ ކުލަބަށް ގެނެސްފައެވެ.

ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިން ޗެލްސީ އާއި އާސެނަލުން ވަނީ ރަފީނިއާ ހޯދުމުގެ މަސައްކަތް ވެސް ކޮށްފައެވެ. ނަމަވެސް ފަހު ވަގުތު ރަފީނިއާގެ ޑީލް ކާމިޔާބުކުރީ ސްޕެއިންގެ ބާސެލޯނާއިންނެވެ.

ގަބްރިއެލް ޖީސޫސްމެންޗެސްޓަރ ސިޓީޗެލްސީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު