Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލެވަންޑޯސްކީ ބަޔާން ދޫކޮށްލަން ނިންމުން

ބަޔާނުން ގޮތް ދޫކޮށް، ލެވަންޑޯސްކީ ބާސާއަށް ދިޔުމަށް އެއްބަސްވެއްޖެ

16 ޖުލައި 2022 | ހޮނިހިރު 03:54

ލެވަންޑޯސްކީ ހޯދުމަށް ބާސާއިން ކުރި ފައިނަލް ޕްރޮޕޯސަލް ބަޔާނުން ވަނީ ގަބޫލުކޮށް، ބާސާއަށް އެކަން އަންގާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2022 | ހޮނިހިރު 03:54
ލެވަންޑޯސްކީީ

ލެވަންޑޯސްކީީ

ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވާ ޕޮލެންޑުގެ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ބާސެލޯނާއަށް ގުޅުމަށް ބަޔާނުން އެއްބަސްވެއްޖެއެވެ.

ނިމުނު ސީޒަނަށްފަހު ލެވަންޑޯސްކީ ވަނީ ބަޔާން ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައެވެ. އަދި އޭނާގެ ޝައުގުވެރިކަން ބާސާއަށް އޮތްކަމަށް ބުނެފައެވެ. ނަމަވެސް ބަޔާނުން އޭނާ ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. އެ ޓީމުން ބުނަމުން އައީ، ޓީމު ދޫކޮށްލުމުގެ ވާހަކަ ލެވަންޑޯސްކީއަށް ނުދެއްކޭނެ ކަމަށެވެ. ސަބަބަކީ އޭނާއަކީ ބަޔާންގެ ކޮންޓްރެކްޓުގައި ހުރި ކުޅުންތެރިއަކަށްވުމުން ކަމަށެވެ. އެކަމަށް ރައްދުދީ ލެވަންޑޯސްކީ ބުނަމުން އައީ، ކޮންޓްރެކްޓުގައި ބާކީ އެއް އަހަރު އޮތުމަކީ ޓީމުން އޭނާ ހިފަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ބަޔާންއާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބަޔާން ދޫކޮށްލަން ބޭނުންވާކަން ލެވަންޑޯސްކީ ހާމަކުރުމާއެކު، ބާސާއިން އައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ބާސާއިން އެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށް، ޗެލްސީ އާއި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ވެސް އޭނާ ހޯދުމުގެ މަސައްކަތް ފެށިކަމަަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް އެ ދެ ޓީމުގެތެރެއިން އެއްވެސް ޓީމަކަށް ދިޔުމުގެ ޝައުގުވެރިކަމެއް ލެވަންޑޯސްކީގެ ނެތެވެ. އޭނާ ބޭނުންވީ ވެސް ބާސާއަށް ބަދަލުވާށެވެ. މައްސަލަ ގަނޑު ބޮޑުވެފައި ވަނިކޮށް، ބަޔާނުން މި ހަފްތާގެ ތެރޭގައި ބޭއްވި ޕްރީ ސީޒަންގެ ފަރިތަކުރުން ތަކަށް ވެސް ލެވަންޑޯސްކީ ވަނީ ހާޒިރުވެފައެވެ.

ކުޅިވަރު ނޫސްވެރިޔާ ފެބްރިޒިއޯ ރޮމާނޯ ބުނި ގޮތުގައި ލެވަންޑޯސްކީ ހޯދުމަށް ބާސާއިން ކުރި ފައިނަލް ޕްރޮޕޯސަލް ބަޔާނުން ވަނީ ގަބޫލުކޮށްފައެވެ. އަދި އެ ކުލަބުން ބާސާއަށް އެކަން އަންގާފައިވާކަމަށެވެ. މީގެ އިތުރުން ރޮމާނޯ ބުނި ގޮތުގައި ކުރިއަށް އޮތް ހަފްތާ ބަންދުގެ ތެރޭގައި ލެވަންޑޯސްކީ ބާސާއަށް ބަދަލުވާނެއެވެ. އޭނާ ހޯދުމަށް ބާސާއިން ބަޔާނަށް 50 މިލިއަން ޔޫރޯ ދައްކާނެއެވެ. ލެވަންޑޯސްކީ ބާސާއަށް ގުޅޭނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ބާސާއިން ލެވަންޑޯސްކީގެ ޑީލް ކާމިޔާބުކުރިއިރު، އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް އެ ޓީމުން އަންނަނީ ކުރަމުންނެވެ. އެގޮތުން ލީޑްސް ޔުނައިޓެޑަށް ކުޅެމުން އައި ބްރެޒިލްގެ ރަފީނިއާގެ ސޮއި އެ ޓީމުން ވަނީ ހޯދާފައެވެ. މީގެ އިތުރުން އެ ޓީމުން ވަނީ  ޗެލްސީއަށް ކުޅެމުން އައި ޑެންމާކުގެ ޑިފެންޑަރު އަންދްރެސް ކްރިސްޓެންސަން އާއި އޭސީ މިލާނަށް ކުޅެމުން އަައި އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭގެ ސޮއި ވެސް ހޯދާފައެވެ.

ބާސެލޯނާރޮބަރޓް ލެވަންޑޯސްކީބަޔާން މިއުނިކް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް