Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބަރަބޯ އޮށް

ބަރަބޯ އޮށުގެ ފައިދާ

ބަރަބޯ އޮށަކީ މީރު، އަދި އެހާމެ ސިއްހީ ފައިދާ ގިނަ އެއްޗެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖެނުއަރީ 2023 | އާދީއްތަ 10:36
ބަރަބޯ އޮށް

ބަރަބޯ އޮށް

އެންމެ ފުރަތަމަ ބަރަބޯ އޮށް ހޯދީ މެކްސިކޯގެ ހޮހޮޅަތަކުގެ ތެރެއިން, މީގެ އެތައް ޒަމާނެއް ކުރިންނެވެ. ބަރަބޯ އޮށުގެ ކޮންމެ 100 ގްރާމެއްގައި 559 ކެލޮރީ ހުރެއެވެ.

ބަރަބޯ އޮށަކީ މީރު، އަދި އެހާމެ ސިއްހީ ފައިދާ ގިނަ އެއްޗެކެވެ. އެގޮތުން ރޭގަނޑު އަރާމު ނިދި ލިބިގަތުމަށް ބޭނުންވާ ހޯމޯން ހަށިގަނޑުގެ ތެރޭގައި އުފެއްދުމަށް ބަރަބޯ އޮށުން މަގުފަހި ކޮށްދެއެވެ.

އޭގެ އިތުރުން، ބަރަބޯ އޮށަކީ ކިޑްނީގައި ހިލަ އުފެދުމުންވެސް ދުރުކޮށްދޭ އެއްޗެއްކަމަށް ދިރާސާތަކުން ދައްކައެވެ.

ބައެއް ގައުމުތަކުގައި ފަނީބޭހެއްގެ ގޮތުގައިވެސް ބަރަބޯ އޮށް ކައިއުޅެއެވެ.

އެމެރިކާއާއި އިންޑިއާ މީހުންވެސް ކާބަފައިންގެ ޒަމާނުއްސުރެ ބަރަބޯ އޮށް ކެއުމުގައި ބޭނުން ކުރަމުން އައިސްފައިވާއިރު، އެމީހުން ވަނީ ބޭސްވެރިކަމުގެ އެކި ބޭނުންތަކަށްވެސް ބަރަބޯ އޮށް ބޭނުންކުރާނެ ގޮތްތައް ހޯދާފައެވެ.

ބަރަބޯ އޮށަކީ އޭގައި ނުހަނު ގިނަ މިނަރަލްސްވެސް އެކުލެވޭ އެއްޗެކެވެ. އެގޮތުން ފޮސްފަރަސް، މެގްނީޝިއަމް، މެންގަނީސް، ޒިންކް، އަޔަން އަދި ކޮޕަރ ފަދަ މިނަރަލްތަކުގެ އިތުރުން، ބަރަބޯ އޮށުން "ވިޓަމިން ކޭ" ވެސް ހަށިގަނޑަށް ލިއްބައިދެއެވެ.

ބަރަބޯ އޮށުގައި ހިމެނޭ ނިއުޓްރިޝަންގެ ސަބަބުން ޒުވާންކަން މަތީގައި ދެމިހުރުމަށްވެސް އެހީއަކަށްވެދެއެވެ. އެގޮތުން ގިނަ ދުވަސްވާ ވަރަކަށް ނިއުޓްރިޝަން ހިމެނޭ މިންވަރު މަތިވާ ކާނާތަކުގެ ތެރޭގައި ބަރަބޯ އޮށް ހިމެނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ބަރަބޯ އޮށް 5 މަހަށްވުރެ ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓިނަމަވެސް، އޭގެ ނިއުޓްރިޝަން މިންވަރު ދުވަހެއް ދުވަހަކަށް ދާނީ މަތިވަމުންނެވެ.

ކެއުމުގައި އެކި ގޮތްގޮތަށް ބަރަބޯ އޮށް ބޭނުންކުރާއިރު، ދިވެހިންގެ ތެރޭގައިވެސް މިއީ މަގުބޫލު އެއްޗެކެވެ. ވަކިން ޚާއްސަކޮށް ހަނާކުރި ބަރަބޯ އޮށެވެ.

އޭގެ އިތުރުން، އިރުމަތީ އެމެރިކާއާއި މެކްސިކޯގެ އިތުރުން، ގަދީމީ ގްރީސްގެ ކެއުންތަކުގައިވެސް ބަރަބޯ އޮށް މުހިއްމު ރޯލެއް އަދާ ކުރެއެވެ.

ހެލްތްލައިން

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2023

ސްޓްރޯކް ޕޭޝަންޓުންނަށް ފިޒިއޯތެރަޕިސްޓުންގެ ބަދަލުގައި ހެޑްސެޓެއް؟

07 އޮކްޓޯބަރު 2023
ސްޓްރޯކް ޕޭޝަންޓުންނަށް ފިޒިއޯތެރަޕިސްޓުންގެ ބަދަލުގައި ހެޑްސެޓެއް؟
02 އޯގަސްޓު 2022

ގާތުން ދޭއިރު ގިނަ މީހުން ކަނީ މާ ގިނައިން - ޑރ. ނިޔާޝާ

02 އޯގަސްޓު 2022
ގާތުން ދޭއިރު ގިނަ މީހުން ކަނީ މާ ގިނައިން - ޑރ. ނިޔާޝާ
15 ޖުލައި 2022

މައިގްރޭނަށް މެދުވެރިވާ ބައެއް ސަބަބުތައް

15 ޖުލައި 2022
މައިގްރޭނަށް މެދުވެރިވާ ބައެއް ސަބަބުތައް
13 ޖުލައި 2022

ފޮނިތޮށި: އަނގައިގެ ނުބައިވަސް ކަނޑުވާލަން ރަނގަޅު ފަރުވާއެއް

13 ޖުލައި 2022
ފޮނިތޮށި: އަނގައިގެ ނުބައިވަސް ކަނޑުވާލަން ރަނގަޅު ފަރުވާއެއް
11 ޖުލައި 2022

ޒައިތޫނި ތެލުގެ ފައިދާ

11 ޖުލައި 2022
ޒައިތޫނި ތެލުގެ ފައިދާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު