Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ މެދުއިރުމަތީގެ އިސްތިރާޖު

އެމެރިކާގެ މެދުއިރުމަތީގެ އިސްތިރާޖު ތަފާތު ނަޒަރަކުން

ޔުސުފްޒާއީ ސިފަ ކުރައްވާ ގޮތުގައި މެދުއިރުމަތީގެ ކަންކަމުގައި އެމެރިކާއިން ގެންގުޅޭ އާންމު ސިޔާސަތަކީ ގިނަ ފަހަރަށް، ދޮގު އެކުލެވިގެންވާ ސިޔާސަތެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 14 ޖުލައި 2022 | ބުރާސްފަތި 07:06
ޔޫސުފްޒާއީ ވިދާޅުވާ ގޮތުގައި އެމެރިކާއަކީ އެހެން ގައުމުތަކުގެ މަސްލަހަތު ފިއްތާލުމުގެ ދިގު ތާރީހެއް އޮތް ގައުމެއް

ޔޫސުފްޒާއީ ވިދާޅުވާ ގޮތުގައި އެމެރިކާއަކީ އެހެން ގައުމުތަކުގެ މަސްލަހަތު ފިއްތާލުމުގެ ދިގު ތާރީހެއް އޮތް ގައުމެއް

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމުގައި އޮތް އެމެރިކާއިން، މެދުއިރުމަތީގެ ކަންކަމުގައި ގެންގުޅޭ އިސްތިރާޖަކީ، ސަރަހަދަށް ސުލްހަ ގެނައުމުގެ ނިޔަތް އިންތިހާއަށް ކުޑަ، ޒާތީ މަންފާ އޭގެ އެންމެ އިންތިހާއަށް އެކުލެވޭ ގޮތަށް އޮތް އިސްތިރާޖެއް ކަމަށް އަފްޣާނިސްތާނުގެ މަސްރަހާ ބެހޭ ތަޖުރިބާކާރު ނުވަތަ ޕޮލިޓިކަލް އެނަލިސްޓް އަހުމަދު ބިލާލް ޔޫސުފްޒާއީ ތުހުމަތު ކުރައްވައިފިއެވެ.

މި ދަނޑިވަޅަކީ މެދުއިރުމަތީގެ ބައެއް ގައުމުތަކާއި ސަރަހައްދުތަކަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ހާއްސަ ދަތުރުފުޅެއް ފައްޓަވާފައި ވާ ދަނޑިވަޅެކެވެ. މި ދަތުރުފުޅުގައި ބައިޑަން ވަޑައިގަންނަވާ މަންޒިލްތަކުގެ ތެރޭގައި އިޒްރޭލާއި ހުޅަނގު އައްސޭރީގެ އިތުރުން ސައުދީ އަރަބިއްޔާ ހިމެނެއެވެ. މަގުސަދެއް ކަމުގައި ވިދާޅުވީ، އެމެރިކާއާއި މެދުއިރުމައްޗާ ދެމެދު ގުޅުން ހަރުދަނާ ކުރެއްވުން ކަމަށެވެ.

ޔުސުފްޒާއީ ސިފަކުރައްވާ ގޮތުގައި މެދުއިރުމަތީގެ ކަންކަމުގައި އެމެރިކާއިން ގެންގުޅޭ އާންމު ސިޔާސަތަކީ ގިނަ ފަހަރަށް، ދޮގު އެކުލެވިގެންވާ ސިޔާސަތެކެވެ. މެދުއިރުމަތީގެ މަސްރަހާ ގުޅިގެން އެމެރިކާއިން އެންމެ އާންމުކޮށް ދައްކާ ވާހަކަތަކުގެ ތެރޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ވާހަކަ ހިމެނުނު ކަމުގައި ވީ ނަމަވެސް، މެދުއިރުމަތީގެ މަސްރަހަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ހަމަނުޖެހުންތަކާއި އިންސާނީ ހައްގުތަކުގެ ކާރިސާތަކަކީ އެމެރިކާއިން އުފެއްދި ކަންތައްތަކެއް ކަމަށް ތުހުމަތު ކުރެއެވެ.

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް އިން މި އަހަރު ކުރީކޮޅު އާންމު ކުރި ރިޕޯޓަކަށް ބަލާއިރު، 2017 ވަނަ އަހަރާއި 2021 ވަނަ އަހަރާ ދެމެދު އެމެރިކާއިން ބޭރުގެ ގައުމުތަކަށް ހަތިޔާރު ވިއްކި މިންވަރު ވަނީ ހަލުވި ދުވެލީގައި އިތުރުވެފައެވެ. ދުނިޔޭގެ ފެންވަރުގައި ހަތިޔާރު ގަނެ ވިއްކުމުގައި ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، މިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ހަތިޔާރު ގަނެ ވިއްކުމުގެ މުއާމަލާތް ކުރި ނިސްބަތް، އޭގެ ކުރީ 5 އަހަރާ އަޅާ ބަލާއިރު ވަނީ 4.6 ޕަސެންޓް ދަށަށް ގޮސްފައެވެ. ނަމަވެސް، އެ މުއްދަތުގައި އެމެރިކާއިން ހަތިޔާރު އެކްސްޕޯޓް ކުރި މިންވަރު ވަނީ 14 ޕަސެންޓް އިތުރު ވެފައެވެ. ބައިނަލްއަގުވާމީ ހަތިޔާރު ގަނެވިއްކުމުގެ ބާޒާރުގައި އޮތް އެމެރިކާގެ ހިއްސާ ވަނީ، 32 ޕަސެންޓުން 39 ޕަސެންޓަށް އިތުރު ވެފައެވެ.

އެމެރިކާއަކީ އެހެން ގައުމުތަކުގެ މަސްލަހަތު ފިއްތާލުމުގެ ދިގު ތާރީހެއް އޮތް ކަމެއް ކަމަށާއި، އެމެރިކާއިން އެ ގައުމުތަކުގެ އިންސާނީ ހައްގުތަކަށް ބީރު ކަންފަތެއް ދޭ ގައުމެއް ކަމަށްވެސް ޔޫސުފްޒާއީ ވަނީ ސިފަ ކުރައްވާފައެވެ.

މިސާލެއްގެ ގޮތުގައި އަފްޣާނިސްތާނުގެ މިސާލު ޖައްސަވަމުން ޔޫސުފްޒާއީ ވިދާޅުވީ އަފްޣާނިސްތާނުގައި އެމެރިކާއިން މަރުކަޒު ވެގެން ތިބި ދުވަސްވަރު، އަފްޣާނިސްތާނުގައި އެމެރިކާއިން ގިނަ އަދަދަކަށް ހަތިޔާރު ބޭނުން ކުރި ކަމަށެވެ. އެގޮތުން ނިއުކްލިއާ ނޫން ބޮންތަކުގެ ތެރެއިން އެންމެ ބޮޑު ބޮން، އެމެރިކާއިން އަފްޣާނިސްތާނަށް 2017 ވަނަ އަހަރު ވައްޓާލި ކަން، ޔޫސުފްޒާއީ ވަނީ ފާހަގަ ކުރައްވާފައެވެ. "ހުރިހާ ބޮމެއްގެ މަންމަ" ގެ ވަނަން ދީފައިވާ އެ ބޮމަކީ ގާތްގަނޑަކަށް 22000 ޕައުންޑްގެ ބޮމެކެވެ.

އެމެރިކާޕޮލިޓިކަލް އެނަލިސްޓް އަހުމަދު ބިލާލް ޔޫސުފްޒާއީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
05 ނޮވެމްބަރު 2025

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު