Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގޮވާން ހައްދާ ޔޫކްރެއިންގެ ދަނޑުވެރިޔާ

ގޮވާން ހައްދަން ޔޫކްރެއިންގެ ދަނޑުވެރިޔާ ހަނގުރާމައިގެ މައިދާނަށް!

އޭނާގެ ދަނޑުބިންތައް ފެތުރިފައިވަނީ ހަނގުރާމައިގެ ފައުޖުތައް ރުކުރާވާލާފައިވާ ގޮތަށް ބަލާއިރު އެންމެ ކުރީ ސަފާ ދާދި ކައިރީގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 14 ޖުލައި 2022 | ބުރާސްފަތި 06:46
އޮލެކްސާންދަރްގެ ދަނޑުބިންތައް ފެތުރިފައިވަނީ، ހަނގުރާމައިގެ ފައުޖުތަކުގެ އެންމެ ކުރީ ސަފާ ދާދި ކައިރީގައި

އޮލެކްސާންދަރްގެ ދަނޑުބިންތައް ފެތުރިފައިވަނީ، ހަނގުރާމައިގެ ފައުޖުތަކުގެ އެންމެ ކުރީ ސަފާ ދާދި ކައިރީގައި

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕުޓިންގެ އަމުރުފުޅަށް، އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރެއިންއަށް އަރާ، ކުރަން ފެށި ހަނގުރާމަ އަދިވެސް ދަނީ އިތުރަށް ގަދަވަމުންނެވެ. ކުރިމަތިލުންތައް އެންމެ ގަދަވެފައި ވަނީ ޑޮނެޓްސްކް ސަރަހައްދުގައިކަމަށްވާއިރު، ދަނޑުބިންތައްވެސް މިއަދު ބަދަލުވެފައި ވަނީ ހަނގުރާމައިގެ މައިދާނަކަށޭ ދެންނެވިދާނެއެވެ.

އުމުރުން 52 އަހަރުގެ އޮލެކްސާންދަރްގެ ދަނޑުބިންތައް ފެތުރިފައި ވަނީ، ހަނގުރާމައިގެ ފައުޖުތައް ރުކުރާވާލާފައިވާ ގޮތަށް ބަލާއިރު އެންމެ ކުރީ ސަފާ ދާދި ކައިރީގައެވެ. ނަމަވެސް އެއީ އޮލެކްސާންދަރްގެ މަސައްކަތަށް އޮތް ހުރަހެއް ކަމުގައި އޭނާ ނުދެކެއެވެ. ކަށީގެ މަދުން ހިތް ވަރު ނެރެ، މިއަދު އޭނާ ހަރަކާތްތެރި ވަމުން ދަނީ، މިދިޔަ ޚަރީފު މޫސުމުގައި އޭނާ އިންދި ގަސްތަކުން ގޮވާން ކެނޑުމުގައެވެ.

އޭރު ރަޝިއާގެ މިސައިލް ހަމަލާއެއް އަމާޒުވެ، ކަރަންޓް އުފައްދާ ޕްލާންޓަކުން ބޯ ދުން އަރަމުން ދިޔައެވެ. ފިސާރި އަޑުގަދަ ޓްރެކްޓަރެއްގައި އިންނަން ޖެހުމަކީ އޮލެކްސާންދަރްގެ ނަސީބު ކަމުގައި އޭނާ ގަބޫލު ކުރެއެވެ.

ލުހާންސްކް ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ނެގުމަށް ފަހު، ޑޮންބާސް ސަރަހައްދުގެ ކޮންޓްރޯލް ނެގުމަށް ރަޝިއާއިން މިހާރު ހަމަލާތައް ވަރުގަދަ ކޮށްފައި ވަނީ ޑޮނެޓްސްކް ޕްރޮވިންސްގައެވެ. ޑޮންބާށް ސަރަހައްދަކީ ރަޝިއާގެ އެހީތެރިކަމާއެކު، ޔޫކްރެއިންގެ މައި ސަރުކާރުން ވަކިވެގަތުމަށް މަސައްކަތް ކުރާ ބަޔަކު ދިރިއުޅޭ ސަރަހައްދެކެވެ. ނަމަވެސް އެކަން ވިޔަ ނުދިނުމަށް ޔޫކްރެއިނުންވެސް މަސައްކަތްތަކެއް ކުރެއެވެ.

ރަޝިއާއާއި ޔޫކްރެއިން އަކީ ބައިނަލްއަގުވާމީ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ގޮދަން ސަޕްލައި ކުރަމުންދާ 2 ގައުމެވެ. ގަހު ކާނާ އެކްސްޕޯޓް ކުރުމުގެ އެންމެ ކުރީގައި ރަޝިއާ އުޅޭ އިރު، ޒުވާރިއާއި ސަންފުލާވާ ތެލުގެ އުފެއްދުންތަކުގައި ޔޫކްރެއިން އަކީ މުހިންމު ބައިވެރިއެކެވެ. ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައިއަށް އިންތިހާ ނުރައްކާ ކުރިމަތިވެ، އެތައް ބަޔަކު ހާލުގައި ޖެހެމުންދާއިރު، އެކަމަށް ހައްލު ހޯދުމަށް އދއިން ދާދި ފަހުންވެސް ވަނީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާކަން، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްގެ އިތުރުން، ޔޫކްރެއިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރަޝިއާގެ ހުރަސް އެޅުންތަކުގެ ސަބަބުން، ޔޫކްރެއިންގައި މިހާރުވެސް 20 މިލިއަން ޓަނުގެ ގޮވާމުގެ ސަޕްލައި ތާށިވެފައި އެބަހުއްޓެވެ.

ޕޮލިޓިކަލް އެނަލިސްޓް އަހުމަދު ބިލާލް ޔޫސުފްޒާއީރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު