Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރިޖުގެ މަސައްކަތް

ބްރިޖުގެ މައި ތަނބުތައް ފެނުން މައްޗަށް އަރައިފި

14 ޖޫން 2017 | ބުދަ 04:22

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ތަނބަތަކެއް ފެންނާނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 14 ޖޫން 2017 | ބުދަ 04:22
ބްރިޖްގެ މައި ތަނބުތައް ލޮނުގަނޑުން މައްޗަށް އަރާފައވާ މެންޒަރު ދައްކުވައިދޭ ފޮޓޯތަކެއް

ބްރިޖްގެ މައި ތަނބުތައް ލޮނުގަނޑުން މައްޗަށް އަރާފައވާ މެންޒަރު ދައްކުވައިދޭ ފޮޓޯތަކެއް

މާލެއާ ހުޅުލެއާ ދެމެދު އަޅަމުންދާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މައި ތަނބުތައް ފެނުން މައްޗަށް އަރަން ފަށައިފިއެވެ.

ބުްރިޖްގެ ތަނބުތައް ލޮނުގަނޑުން މައްޗަށް އަރަމުންދާކަން ހާމަކޮށްދެއްވުމުގެ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ތަނބުތައް ދައްކުވައިދޭ ފޮޓޯތަކެއް ޓްވީޓް ކުރައްވާފައެވެ.

ބްރިޖްގެ ތަނބުތައް ދައްކުވައިދޭ ފޮޓޯތައް ޓްވީޓް ކުރައްވަމުން މިނިސްޓަރު ހަމައެކަނި ވިދާޅުވި ބަސްފުޅަކީ ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖްގެ މައި ތަނބުތައް ލޮނުގަނޑުން މައްޗަށް އަރަން ފަށާފައިވާ ކަމަށެވެ.

ބްރިޖުގެ މަސައްކަތްދާގޮތާ ގުޅޭ ގޮތުން މިދިޔަ ހަފްތާ ތެރޭގައި މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ބްރިޖްގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި އެކަން ހާމަ ކުރެއްވުމުގެ ގޮތުން ބްރިޖުގެ ބައެއް ތަނބުތައް ފެނުން މައްޗަށް އަރާފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް މިނިސްޓަރު ވަނީ ޓްވީޓް ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ މިހާރު ފެނުން މަށްޗަށް ފެންނަ ތަނބުތަކުގެ އިތުރުން ވެސް އިތުރު ތަނބުތަކަށް ކޮންގްރިޓް އެޅުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ގޮތަށް އެ މަސައްކަތް ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި މިހާރު މަސައްކަތް ދާ ސްޕީޑުގައި ކުރިޔަށްދާ ނަމަ، ކުރިޔަށް އޮތް ތިން ހަފްތާއެއްހާ ދުވަސް ތެރޭގައި މައި ބްރިޖުގެ ކޮންކްރީޓް ތަނބު ފެންނާނެއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ހުރިހާ ތަނބެއް ވެސް ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި، މާލެއިން ބްރިޖަށް އަރާ ދިމާލުގެ ބައެއް ނިމޭނެ ކަމަށާއި، "ހަގީގީ ބްރިޖުގެ ޑެކު މަތީގައި ހިނގާލުމުގެ ފުރުސަތު"، ބްރިޖު މަސައްކަތުގައި އުޅޭ އިންޖިނިއަރުންނާއި މަސައްކަތްތެރީންނަށް ލިބިގެންދާނެއެވެ.

ބްރިޖުގެ ތަނބުތަކަށް ކޮންކްރިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު ބްރިޖު މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ގުޅުވާލަން ނިންމައި، ހޮޅިލައިން އެޅުމަށްޓަކައި މަސައްކަތުގެ ޑިޒައިން ހެދުމަށް ޗައިނާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ.

އެ މަސައްކަތް ހަވާލުކުރީ ސީސީސީ ސެކަންޑް ހާބަރ އިންޖިނޭރިންއާ އެވެ. އެކުންފުންޏަކީ ބްރިޖުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކުންފުންޏެވެ. އެމަސައްކަތުގެ އަގަކީ ދެލައްކަ ޑޮލަރު (ތިން މިލިއަން ރުފިޔާ) އެވެ. އަދި މަސައްކަތް ހަވާލުކުރީ 70 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

މީގެ އިތުރުން މާލެ، ހުޅުލެ، އަދި ހުޅުމާލެއަށް އެއް ވިއުގައަކުން ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި އަޅާ ޕަވަރ އިންޓަކަނެކްޝަން ނެޓްވޯކް ޤާއިމުކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެމަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ހަމަޖެހިފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުންނެވެ.

އެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަކީ އެފަދަ މަސައްކަތް ކުރެވޭ ފެންވަރުގެ މާލީ ގާބިލުކަން ލިބިފައިވާ ކުންފުންޏަކަށް ވެފައި، އެ ނެޓްވޯކަކީ މާލެ، ހުޅުމާލެ، ހުޅުލޭގައި ޤާއިމުކުރެވިފައިވާ ކަރަންޓު ވިއުގަ ބޭނުންކޮށްގެން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ޤާބިލުކަން ލިބިގެންވާ ނެޓްވޯކަކަށް ވާން ޖެހޭ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް