Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑު ދޫކޮށްލަން ރޮނާލްޑޯ ބޭނުންވުން

ރޯނާލްޑޯ ގެންނާކަށް ޕީއެސްޖީން ބޭނުމެއް ނުވި

ޖޯޖް މެންޑޭސް އާއި ނާސިރު އެލް-ހެއްލާފީ އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ މީހުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2022 | ބުދަ 06:52
ޕީއެސްޖީގެ ރައީސް ނާސިރު އެލް-ހެއްލާފީ އަދި ރޮނާލްޑޯ

ޕީއެސްޖީގެ ރައީސް ނާސިރު އެލް-ހެއްލާފީ އަދި ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އިން ބޭނުންނުވި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ނިމުނު ސީޒަނުގެ ޕްރިމިއަ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބުމުން ޔުނައިޓެޑަށް ވަނީ އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގު ޖާގަ ގެއްލި، ޔޫރޮޕާ ލީގު ކުޅެން ޖެހިފައެވެ. ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން އެންގުމަށްފަހު، އެ ޓީމުން ކުރިއަށް ގެންދިޔަ ޕްރީ ސީޒަންގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ. އަދި ޕްރީ ސީޒަންގެ ފުރަތަމަ މެޗުގައި ލިވަޕޫލާ ދެކޮޅަށް ތައިލެންޑުގައި ކުޅުނު މެޗަށް ވެސް ރޮނާލްޑޯ ދަތުރުކޮށްފައެއް ނުވެއެވެ. ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިނުވީ އޭނާގެ އަމިއްލަަ ސަބަބަކާ ހެދި ކަމަށް ބުނެއެވެ.

ޔުނައިޓެޑު ދޫކޮށްލަން ރޮނާލްޑޯ ބޭނުންވި ނަމަވެސް، އޭނާ ގެންދިޔުމަކީ ކޮންމެ ކޮންމެ ކުލަބަކަށް ކުރެވޭނެ ޚަރަދެއް ނޫނެވެ. އެ ޚަރަދު ކުރެވޭނެ އެއް ކުލަބަކީ ޕީއެސްޖީކަމަށް ރިޕޯޓުތައް ބުނެއެވެ. ރޮނާލްޑޯގެ އެޖެންޓު ޖޯޖް މެންޑޭސް އާއި ޕީއެސްޖީގެ ރައީސް ރައީސް ނާސިރު އެލް-ހެއްލާފީ އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ މީހުން ކަމަށް ވެސް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. މެންޑޭސް ވަނީ ރޮނާލްޑޯ ޕީއެސްޖީއަސް ގެންދިޔުމަށް އޮފާ ކޮށްފައިކަމަށާއި، ނަމަވެސް ޕީއެސްޖީން އެ ހުށަހެޅުން ރިޖެކްޓުކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ ޕީއެސްޖީގެ ފޯވާޑް ލައިންގައި މިހާރު ވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ތިބުމުން ކަމަށެވެ. އެ ޓީމުގެ ފޯވާޑް ލައިންގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި، ހަތް ފަހަރު ބެލެންޑޯ ހޯދި ލިއޮނަލް މެސީ އާއި، ޒުވާން ކުޅުންތެރިޔާ ކީލިއަން އެމްބާޕޭގެ އިތުރުން ނޭމާ ޖޫނިއަރ ހިމެނެއެވެ.

މީގެ އިތުރުން ޕީއެސްޖީން ރޮނާލްޑޯ ގެންނަން ބޮޑު ހޭދައެއް ކުރަން ބޭނުންނުވާ ކަމަށް ވެސް ވެއެވެ. ހަމައެއާއެކު ރޮނާލްޑޯއަކީ ޕީއެސްޖީގައި މިހާރު އޮތް ސްކޮޑަށް ފިޓު ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމުން ނުދެކޭ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޔުނައިޓެޑު ދޫކޮށްލަން ރޮނާލްޑޯ ބޭނުންވި ނަމަވެސް، އެ ޓީމުން ބޭނުންވަނީ އޭނާ ބަހައްޓާށެވެ. އެގޮތުން އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނީ ރޮނާލްޑޯއަކީ ވިއްކާލާނެ ކުޅުންތެރިއެއް ނޫން ކަމަށެވެ. ޓެން ހާގް ބުނީ ޔުނައިޓެޑުގެ ޕްލޭންގައި ރޮނާލްޑޯ އަކީ ހިމެނޭ ކުޅުންތެރިއެއް ކަމަށާއި، ކުރިއަށް އޮތް ސީޒަނަށް ޔުނައިޓެޑުން ތައްޔާރުވާނީ ރޮނާލްޑޯއާ އެކު ކަމަށެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯޕީއެސްޖީ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު