Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސްރީލަންކާގެ އިގުތިސާދީ ކާރިސާ

ކާރިސީ އަނދަވަޅަށް، އަނގަވަތަށް ލަންކާ ވެއްޓުނު ހައްސާސީ ދަތުރު ނާމާ!

ގޮތަބާޔާ އިސްތުއުފާ ދޭން ނިންމެވީ، ސުލްހަވެރިކަމާއެކު ބާރުތައް ހަވާލު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 ޖުލައި 2022 | ހޯމަ 08:28
ލަންކާއިން ހަކަތައާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭސްފަރުވާގެ ސަޕްލައި މުޅިންހެން ހުސްވި

ލަންކާއިން ހަކަތައާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭސްފަރުވާގެ ސަޕްލައި މުޅިންހެން ހުސްވި

ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުދޭނެ ފަދަ ވެސް ނެތި، އިންތިހާ ބިކަ ހާލުގައި ޖެހިފައިވާ ރައްޔިތުންތަކެއް މަގުތަކަށް ނިކުމެ، އެންމެ ފަހުން ރިޔާސީ ގަނޑުވަރު ވަށާލާ، އެ ގަނޑުވަރަށް ދިން ބޮޑެތި ގެއްލުންތަކާއެކު ޕްރެޝަރު ބޮޑުވެ، ޖުލައި 13 ވަނަ ދުވަހު މަގާމުން ފައިބާވަޑައިގަތުމަށް، އަވަށްޓެރި ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ ނިންމަވާފައެވެ.

22 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް އަވަށްޓެރި ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ހައްސާސީ އިގުތިސާދީ ކާރިސާގެ ވޭން އެންމެ ގަދައަށް ތަހައްމަލު ކުރަމުން ދިޔަ ރައްޔިތުންނަށް، ރައީސްގެ އިސްތިއުފާގެ ޚަބަރު ވީ، ޒަހަމުގައި އެޅުނު ފުރަތަމަ ބޭސްގަނޑަށެވެ. ލިބުނު އުފަލެއްގެ ބޮޑު ކަމުން، ބަޑިބޭހުގެ ކުޅިވަރުތަކުން، ވެރިރަށް ކޮޅުނބު ގުގުމާލިއެވެ.

ގޮތަބާޔާގެ އިސްތިއުފާ އިއުލާން ކުރެއްވި މަޖިލީސް ރައީސް ޔަޕާ އަބޭވަރުދަނާ ވިދާޅުވީ، އަންނަ ބުދަ ދުވަހު، ރައީސް ކަމުގެ މަގާމުން ގޮތަބާޔާ ފައިބާވަޑައިގަންނަވާނެ ކަމަށާ، އެކަން އެގޮތަށް ނިންމެވީ، ސުލްހަވެރިކަމާއެކު ބާރުތައް ހަވާލު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ކަމަށެވެ. އެހެން ކަމުން، ރައްޔިތުންވެސް ގާނޫނަށް ހުރުމަތްތެރިކޮށް ހިތައި، ސުލްހަ ދެމެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށް އަބޭވަރުދަނާ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމާ 6 ވަނަ ދައުރަކަށް ހަވާލުވެވަޑައިގެން ހުންނެވި ރަނީލް ވިކްރަމަސިންހަވެސް ވަނީ އިސްތިއުފާ ދެއްވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ. އެއީ ހުރިހާ ޕާޓީއެއް ޝާމިލުވާ ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

ބާރުތައް ހަވާލު ކުރެވިގެންދާނެ ގޮތެއް އަދި ސާފު ނުވެއެވެ. ނަމަވެސް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަގުތީ ރައީސަކު އައްޔަން ކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދިއުމާ ބެހޭ ހުށަހެޅުންތަކެއްގެ އަޑު ވަނީ އިވިފައެވެ.

މިވަރުންވެސް ލަންކާ ރައްޔިތުންގެ ރުޅިގަނޑު މަޑުވެދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. ރައީސްގެ ގެކޮޅަށް އާންމުން ދީފައިވާ ގެއްލުންތަކުގެ ތަފްސީލަށް ދާކަށް ނެތީމެވެ. ސޯޝާލް މީޑިއާގެ ކޮންމެ ކިޑިކީއަކުންވެސް އެ މަންޒަރުތައް ސާފުވެއެވެ. ލޫޓުވުމާއި ހުޅުޖެހި މަންޒަރުތައް، ދުނިޔޭގެ ހުރިހާ ހިސާބަކަށް ވަނީ ވައިރަލްވެފައެވެ.

ލަންކާގައި އަނދަމުންދާ ގިންޏަށް ފިނިކަން އަންނާނެ ކަމުގެ އުއްމީދު އަދި ފަނޑެވެ. އެ ގައުމު އަދިވެސް އޮތީ ބޭރު ފައިސާގެ ރިޒާވަށް ޖެހިފައެވެ. ހަމަނުޖެހުންތައް ފެށިގެން އައީވެސް ބޭރު ފައިސާގެ ރިޒާވް ހީނަރުވެ، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދާ ނުލިބެން ފެށި ހިސާބުންނެވެ. އޭރު އޮތީ ކޮރޯނާ ވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި ދުނިޔެ އިނދަޖެހުނު ގޮތަށް ހިނދަމާނުލެވިފައެވެ. ލަންކާއިން ހަކަތައާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭސްފަރުވާގެ ސަޕްލައި މުޅިންހެން ހުސްވިއެވެ. ބައެއް ސަމާނު އެކީ އެކައްޗަކަށް ހުސްވިއެވެ. ގައުމު އޮތީ، 70 އަހަރަށް ވުރެ ގިނަ ދުވަސްވީ މިނިވަންކަމުގެ ތާރީހުގައި ލަންކާ ދުށް އެންމެ ފުން، ހީނަރުކަމުގެ އަނދަވަޅުގައެވެ.

ނިމި ދިޔަ ޖޫން މަހަށް ބަލާއިރު ލަންކާގެ އިންފްލޭޝަން ރޭޓް، ނުވަތަ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާ ނިސްބަތް ހުރީ 54.6 ޕަސެންޓްގައެވެ. ކުރިއަށް އޮތް މަސްތަކުގައި އެ އަދަދު 70 ޕަސެންޓަށް އިތުރުވެ، އާންމު ރައްޔިތުންނަށް އިތުރު ތަކުލީފު ޖެހޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

މިފަދަ ދަނޑިވަޅެއްގައި ރައީސްއާއި ނައިބު ރައީސް ހަވާސާ ވެވަޑައިގަތުމުގެ ނިންމުން ފެންމަތިވެގެން އައީ، ހަމަނުޖެހުންތަކާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ލަންކާގެ ސިޔާސީ ލީޑަރުންނާއެކު ވިކްރަމަސިންހަ ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހުގައެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުން އެ ގައުމަށް ވަގުތީ ރައީސަކު އައްޔަން ކުރުމާއެކު، ބޮޑުވަޒީރަކުވެސް އައްޔަން ކުރެވޭނެއެވެ. އެއަށްފަހު އާ އިންތިހާބެއް ބާއްވާ، މަޖިލީސް އެކުލަވާލުމަށް ފުރުސަތު ފަހި ކުރެވިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ސިޔާސީ އެނަލިސްޓެއް ކަމަށްވާ ކުސާލް ޕެރާރާ ވިދާޅުވީ މަސްރަހު ވަރަށް ނުރައްކާ ކަމަށެވެ. ޕެރޭރާ ވިދާޅުވީ، ބާރުތައް ހަވާލު ކުރާނެ ގޮތެއް ސީދާ ކަނޑައަޅާފައި ނެތް ނަމަ، ގާނޫނީ ގޮތުން ވެރިކަމުގެ ހުސްކަމެއް އައުމުގެ ބިރު އެބަ އޮތް ކަމަށެވެ. ހުރިހާ ޕާޓީއެއްގެ ޝާމިލުވުން އެކުލެވޭ ސަރުކާރެއް، މަޖިލީސް ރައީސްއަށް އެކުލަވާލެއްވެވިދާނެ ކަމަށާ، ނަމަވެސް އެއީ މުޒާހަރާ ކުރާ ފަރާތްތަކުން ބަލައިގަންނާނެތޯ އަދި ޖެހޭނީ ބަލަން ކަމަށް ޕެރޭރާ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީގެ ގޮތުގައި ސިފަ ކުރަމުން އަންނަ އެމެރިކާއިން ދަނީ ލަންކާގެ މަސްރަހު ވަރަށް ގާތުން ބަލަމުންނެވެ. އަދި މުޒާހަރާތަކުގެ ތެރެއިން ނޫސްވެރިންނަށް ދިން ހަމަލާތައްވެސް އެ ގައުމުން ވަނީ ކުށްވެރިކޮށްފައެވެ. އެމެރިކާއިން ވަނީ ލަންކާގެ މަސްރަހުގައި ހިންގި ހަމަނުޖެހުންތައް ތަހުގީގުކޮށް، ހައްގު ފަރާތްތަކަށް އަދަބު ދިނުމަށްވެސް ގޮވާލާފައެވެ.

މި ދަނޑިވަޅަކީ ބައިނަލްއަގުވާމީ އެހީއަށް އެދި ލަންކާއިން ސަލާން ޖަހަމުންދާ ވަގުތަކަށް ވާއިރު، އެ ގައުމުގެ ސިޔާސީ މަސްރަހަށް އަރާ ލޮޅުންތަކުގެ އަސަރު، ސަލާން ޖަހަން ދިއްކޮށްލާ ނާށިގަނޑަށް ކުރުމުގެ ފުރުސަތު ބޮޑެވެ. ސްރީލަންކާއިން މިހާރުވެސް ދަނީ، 3 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ހޯދުމަށް، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)އާ މަޝްވަރާ ކުރަމުންނެވެ. އައިއެމްއެފްއިންވެސް ވަނީ، ލަންކާގެ ކަމާ ބެހޭ ފަރާތްތަކާއެކު އެ މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.

ނޭވާ ހިފަހައްޓާލަން ޖެހޭ އެތައް ކަމަކާ ކުރިމަތިލާން ޖެހުނު އިގުތިސާދީ ހީނަރުކަމުގެ ތުންފަތް މަތީގައި އޮތް ސްރީލަންކާ، އެ އަނދަވަޅަށް ވެއްޓުމުގައި އެތައް ސަބަބެއް ގުޅިލާމެހިފައިވެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުން ކުރިމަތިވި ކުރުވި ހީނަރުކަމާއި، އެކަމާ ގުޅިގެން ސްރީލަންކާއަށް ބޭރު ފައިސާ ވަނުމުގެ ދޮރޯށިތައް ހަނިވުން ފަދަ ކިތަންމެ ސަބަބެކެވެ. ފަތުރުވެރިކަމަށް ބަރޯސާވެ އޮތް ލަންކާގެ އިގުތިސޯދު ހީނަރުވެގެން ދިޔައިރު މުޅި ދުނިޔެ ހުއްޓުމަކަށް އައި އައުމުގެ އަސަރު، ގައުމުން ބޭރުގައި މަސައްކަތް ކުރުމަށް ފަހު، ގައުމަށް ފައިސާ ފޮނުވާ ރައްޔިތުންގެ ފަރާތުންވެސް ފެނުނީއެވެ. ބޭރު ފައިސާ ވަންނަ މިންވަރު މަދުވެ، ބޭރު ފައިސާގެ ރިޒާވް ހީނަރުވީއެވެ. ޓެކްސް ކަނޑާލުމުގެ ހިތި ރަހަ، ކަރު ބުޑުގައި ލަމުން ދިޔައީ އޭގެ އިންތިހާއަށެވެ.

އެ ހުރިހާ ކަމަކާއެކު ރިހޭ ފައިމައްޗަށް ފޮޔަކަށް ފަހު ފޮޔެއް ދިޔައީ ވެއްޓެމުންނެވެ. ސަރުކާރުގެ ހަރަދުތައް ދިޔައީ ބޮޑުވަމުންނެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދިޔައީ އުފުލެމުންނެވެ. ތިމާވެށީގެ ނަލަ އަމާޒަކަށް ވާސިލުވުމަށް، ކެމިކަލް ގަހުކާނާ އެތެރެ ކުރުން، ލަންކާ ސަރުކާރުން މަނާ ކުރުމާއެކު ދަނޑުވެރިކަމުގެ ސިނާއަތްވެސް މިލާ މޯޅިވިއެވެ. އެ ނިންމުން ނޮވެމްބަރު މަހު ބަދަލު ކުރި ނަމަވެސް، ގައުމު އޮތީ އަތު ނުޖެހޭ ފުން މިނަށް ފެތިފައެވެ.

ސްރީލަންކާގެ އިގުތިސާދީ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާގެ 10 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރކޮށް ދެއްކުން ފަސްކޮށްފި

ލަންކާގެ 10 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރކޮށް ދެއްކުން ފަސްކޮށްފި

02 ޖުލައި 2024
ލަންކާއިން އައިއެމްއެފްގެ އެހީ ހޯދަން ބޮޑުކުރި ކަރަންޓުގެ އަގުތަކާއެކު ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތުންނަށް!

ލަންކާއިން އައިއެމްއެފްގެ އެހީ ހޯދަން ބޮޑުކުރި ކަރަންޓުގެ އަގުތަކާއެކު ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތުންނަށް!

22 ފެބުރުއަރީ 2023
ބޭރު ފައިސާ ނެތިގެން ތެޔޮ ބޯޓު ލަންކާގެ ބޭރުގައި އޮންނަތާ 53 ދުވަސް

ބޭރު ފައިސާ ނެތިގެން ތެޔޮ ބޯޓު ލަންކާގެ ބޭރުގައި އޮންނަތާ 53 ދުވަސް

04 ނޮވެމްބަރު 2022
ދަށް އާމްދަނީ ލިބޭ ޤައުމުގެ ތެރޭގައި ނުހިމަނައި އެ ޤައުމުތަކަށް ދޭ އެހީއަށް ލަންކާއިން އެދެނީ

ދަށް އާމްދަނީ ލިބޭ ޤައުމުގެ ތެރޭގައި ނުހިމަނައި އެ ޤައުމުތަކަށް ދޭ އެހީއަށް ލަންކާއިން އެދެނީ

11 އޮކްޓޯބަރު 2022
ލަންކާގައި ކައްކާ ގޭހުގެ އަގު ދަށްކުރަނީ

ލަންކާގައި ކައްކާ ގޭހުގެ އަގު ދަށްކުރަނީ

03 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު