Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގޮތަބަޔާ ރާޖަޕަކްސަގެ ދަތުރުފުޅުތައް

ގޮތަބަޔާގެ ދަތުރުފުޅުތަކަށް ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރާކަމަށް ލަންކާއިން ބުނެފި

17 އޯގަސްޓު 2022 | ބުދަ 05:48

ގައުމުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭންޖެހޭ ހުރިހާ އިނާޔަތްތަކާއި ފޯރުކޮށްދޭންޖެހޭ ހުރިހާ ހިދުމަތެއް ރާޖަޕަކްސައަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ގުނަވަރްދަނާ ވަނީ ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 17 އޯގަސްޓު 2022 | ބުދަ 05:48
ގޮތަބަޔާ ރާޖަޕަކްސަ މިވަގުތު ހުންނެވީ ތައިލޭންޑްގައި

ގޮތަބަޔާ ރާޖަޕަކްސަ މިވަގުތު ހުންނެވީ ތައިލޭންޑްގައި

ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަށް އެގައުމުގެ ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރާކަމަށް ލަންކާ ސަރުކާރުން ބުނެފިއެވެ.

ގައުމުން ބޭރަށް ވަޑައިގެން އިސްތިއުފާދެއްވި ގޮތަބަޔާ ރާޖަޕަކްސަގެ މިހާރުގެ ދަތުރުފުޅުތަކަށް ލަންކާ ސަރުކާރުން ޚަރަދުކުރާކަމަށް އެގައުމުގެ ކެބިނެޓް ތަރުޖަމާން ބަންޑުލާ ގުނަވަރްދަނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ގުނަވަރްދަނާ ވަނީ މިދިޔަ ހަފުތާ ސިންގަޕޫރުން ތައިލޭންޑަށް ރާޖަޕަކްސަ ކުރެއްވި ޗާޓަރޑް ދަތުރުފުޅުގެ ޚަރަދު ބަލަހައްޓާފައި ވަނީ ލަންކާ ސަރުކާރުން ކަމަށް ވިދާޅުވެފައެވެ.

އެހެނަމަވެސް ލަންކާގެ ސަރުކާރުން މިފަދަ އެއްވެސް ޚަރަދެއް ނުކުރާކަމަށް ސަރުކާރުގެ އިންފޮމޭޝަން ޑިޕާޓްމެންޓުން މިވަނީ ބުނެފައެވެ. އެޑިޕާޓްމެންޓުން ވަނީ ރާޖަޕަކްސަގެ ދަތުރުފުޅުތަކަށް މިހާރު ޚަރަދުކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ފައިސާއިން ކަމަށް ބުނެފައެވެ.

ލަންކާ ސަރުކާރުން ރާޖަޕަކްސަގެ ދަތުރުފުޅުތަކަށް ޚަރަދުކުރާކަމަށް ގުނަވަރްދަނާ ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގެ ކެބިނެޓް ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. އެގޮތުން ގުނަވަރްދަނާ ވަނީ ރާޖަޕަކްސަގެ ދަތުރުފުޅުތަކަށް ޚަރަދުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވިދާޅުވެ އެކަން ސަރުކާރުން ކުރަމުންދާކަަމަށް ވިދާޅުވެފައެވެ.

ގުނަވަރްދަނާ ވަނީ އެގައުމުގައި ރައީސްކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކާއި އެބޭފުޅުން އަވަހާރަވުމުން އެބޭފުޅުންގެ ހުވަފަތްވެފައިވާ އަނބިކަނބަލުންނަށްވެސް ސަރުކާރުން ހާއްސަ އިނާޔަތްތައް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. އަދި 1986 ވަނަ އަހަރު ފާސްކުރެވުނު ރައީސްކަމުގެ މަގާމު އަދާކުރައްވާފައިވާ ފަރާތްތަކަށް ދެވޭ އިނާޔަތްތަކާގުޅޭ ގާނޫނަށް ގެނައި ހަތަރު ވަނަ އިސްލާހާއެއެކު ސަރުކާރުން މިބޭފުޅުންނަށް ހާއްސަ އެލަވަންސްތައް ދެއްވާނެ ކަމަށް ވިދާޅުވެ ގުނަވަރްދަނާ ވަނީ މިކަންތައްތަކުގެ ދަށުން ރާޖަޕަކްސަގެ ޚަރަދުތައް ކުރުމަކީވެސް ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ގުނަވަރްދަނާ ވަނީ ކުރީގެ ރައީސުން ކަމަށްވާ މައިތިރިޕާލާ ސިރިސޭނާ އާއި ޗަންދްރިކާ ކުމަރަޓުންގާ އަދި ރަނަސިންގހަ ޕްރަމަދާސާގެ ހުވަފަތްވެފައިވާ އަނބިކަނބަލުން ހެމާ ޕްރަމަދާސާއަށް ދިރިއުޅުއްވާނެ ތަނަކާއި ހާއްސަ އެލަވަންސްތަކާއި އެހެނިހެން އިނާޔަތްތައް ފޯރުކޮށްދެމުންދަނީ މި ގާނޫނުގެ ދަށުން ކަމަށް ފާހަގަކުރައްވާފައެވެ.

އެހެންކަމުން ގޮތަބަޔާ ރާޖަޕަކްސަަވެސް އަނބުރާ ގައުމަށް ވަޑައިގަންނަވައިފި ނަމަ ގައުމުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭންޖެހޭ ހުރިހާ އިނާޔަތްތަކާއި ފޯރުކޮށްދޭންޖެހޭ ހުރިހާ ހިދުމަތެއް އެމަނިކުފާނަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ގުނަވަރްދަނާ ވަނީ ވިދާޅުވެފައެވެ.

ޖުލައި 13 ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވާނެކަމަށް އިއުލާނުކުރެއްވުމަށްފަހު، ޖުލައި 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވިއެވެ. އަދި ރާއްޖެއިން ސިންގަޕޫރަށް ވަޑައިގަންނަވާފައިވަނީ ޖުލައި 14 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ މަޖިލީހުގެ ރައީސަށް ހުށަހަޅާފައިވަނީ ސިންގަޕޫރުގައި ހުންނަވާ، ޖުލައި 14 ވަނަ ދުވަހުއެވެ.

ސިންގަޕޫރަށް ވަޑައިގެންނެވުމާއެކު، އެގައުމުގައި ގޮތަބަޔާއަށް ހުންނެވޭނީ 14 ދުވަހު ކަމަށް ސިންގަޕޫރުން ވަނީ ބުނެފައެވެ. އެމަނިކުފާނަށް ސިންގަޕޫރުގައި ހުންނެވޭނެ މުއްދަތު ހަމަވާން ކައިރިވުމާއެކު، އަނބުރާ ގައުމަށް ވަޑައިގަންނަވާނެކަމަށް ރިޕޯޓުތައް ބުނިނަމަވެސް، އެމަނިކުފާނު ވަނީ ސިންގަޕޫރުގައި މަޑުކުރައްވާ މުއްދަތު އިތުރުކުރައްވާފައެވެ.

މިވަގުތަކީ ގޮތަބަޔާ ގައުމަށް އެނބުރި ވަޑައިގަންނަވަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންގހަ ވިދާޅުވެފައިވީނަމަވެސް ލަންކާގެ ސުޕްރީމް ކޯޓުން ވަނީ އޮގަސްޓް 1 ވަނަ ދުވަހަށް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ގޮތަބަޔާއަށް އަންގާފައެވެ. މިއީ ގައުމު ބަނގުރޫޓުވުމާ ހިސާބަށް ދިއުމުގައި، އޭރުގެ ވެރިންގެ ގޮތުގައި ތިބި ފަރާތްތަކުގެ ރޯލާ ގުޅޭގޮތުން ތަހުގީގެއް ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން، ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމެކެވެ.

އެހެންނަމަވެސް ލަންކާއަށް އެނބުރި ވަޑައިނުގަންނަވާ އޮގަސްޓް 11 ވަނަ ދުވަހު ރާޖަޕަކްސަ ވަޑައިގެންނެވީ ތައިލޭންޑަށެވެ. ތައިލޭންޑްގެ ފޮރިން މިނިސްޓްރީން ވަނީ އެމަނިކުފާނު ތައިލޭންޑުން ހިމާޔަތް ހޯއްދަވާކަމަށް ބުނެފައެވެ.

ސްރީލަންކާލަންކާގެ ސިޔާސީ މަސްރަހުސްރީލަންކާގެ އިގުތިސާދީ ކާރިސާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް