Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގޭޓަން މެކެންޒީ

ކުރީގެ ގޭންގްސްޓާރެއް، ވަގެއް، ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ކަމަށް

މެކެންޒީ އަކީ ދެކުނު އެފްރިކާގެ ރައީސް ރާމަފޯސާގެ ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓީއެއް ކަމަށްވާ ޕެޓްރިއޮޓިކް އެލަޔަންސް ޕާޓީގެ ރައީސް އެވެ.

ރާއްޖެ އެމްވީ | 3 ޖުލައި 2024 | ބުދަ 09:36
ދެކުނު އެފްރިކާގެ މިނިސްޓަރ އޮފް ސްޕޯޓްސް އާޓްސް އެންޑް ކަލްޗަރގެ ގޭޓަން މެކެންޒީ

ދެކުނު އެފްރިކާގެ މިނިސްޓަރ އޮފް ސްޕޯޓްސް އާޓްސް އެންޑް ކަލްޗަރގެ ގޭޓަން މެކެންޒީ

ކުރީގެ ގޭންގްސްޓާރެއްގެ އިތުރުން ވައްކަމާ ނައިޓް ކްލަބް ހިންގުމުގައި ދެކުނު އެފްރިކާގެ މަޝްހޫރު މީހެއް ކަމަށްވާ ގޭޓަން މެކެންޒީ ދެކުނު އެފްރިކާގެ މިނިސްޓަރ އޮފް ސްޕޯޓްސް އާޓްސް އެންޑް ކަލްޗަރގެ މަގާމަށް އިސްކޮށްފިއެވެ.

މެކެންޒީ އަކީ ދެކުނު އެފްރިކާގެ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިހާރު އޮތް ޕެޓްރިއޮޓިކް އެލަޔަންސް ގެ ރައީސް އެވެ.

ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމާފޯސާ އާދިއްތަ ދުވަހު އޭނާގެ ކޯލިޝަން ސަރުކާރުގެ ވަޒީރުން އިއުލާން ކުރެއްވި އިރު، ރާމާފޯސާގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕެޓްރިއޮޓިކް އެލަޔަންސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މެކެންޒީ ކުޅިވަރާ ބެހޭ ވަޒީރު ކަމަށް އައްޔަން ކުރައްވާ އެކަން ވަނީ އިއުލާން ކޮށްފއެވެ.

މެއި 29 ގައި ބޭއްވި އާންމު އިންތިޚާބުން ގާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ވެރިކަން ކުރަމުން އައި އެފްރިކަން ނޭޝަނަލް ކޮންގްރެސް އަށް ނުލިބުމުން ރައީސް ސިރިލް ރާމަފޯސާ އަށް ސަރުކާރެއް އުފެއްދެވޭ ގޮތްވީ އެހެން ޕާޓީތައް ހިމެނޭ ކޯލިޝަނެއް އުފައްދަވައިގެންނެވެ.

އުމުރުން މިހާރު 50 އަހަރުގެ މެކެންޒީ ބުނެފައިވާ ގޮތުގައި އުމުރުން 16 އަހަރުގައި އޭނާ ވަނީ ބޭންކެއް ފަޅާލާފައެވެ. އޭގެ ފަހުން ގޭންގްސްޓާރަކަށްވެ، އެންމެ ފަހުން އުޅުން ރަނގަޅުކޮށް މީހާ ބަދަލުވުމުގެ ވިސްނުން އައީ ޖަލުގައި 7 އަހަރު ހޭދަކުރުމުން ދިޔައިރު ކަމަށް އޭނާ ބުނެފައިވެއެވެ.

ޖޮހަނަސްބާގް ގައި ނައިޓް ކްލަބެއް ހިންގަމުން ގޮސް އެތަނުގެ ކަރަންޓް ބިލާ ކުލި ނުދައްކާތީ އެތަން ބަންދު ކުރަން ޖެހުމުން އެ ވިޔަފާރިއާ ދުރަށް ދިޔަ ކަމަށްބުނެ، 2013 ވަނަ އަހަރު، މެކެންޒީ ސިޔާސީ ޕާޓީއެއް އުފެއްދިއެވެ.

ކޯލިޝަން ހެދުމަށް ދެކުނު އެފްރިކާގެ ރައީސް މެކެންޒީ އާއެކު މަޝްވަރާ ކުރައްވަމުން ދިޔައިރު، މެކެންޒީ ބުނެފައިވަނީ އޭނާ ބޭނުންވަނީ ފުލުހުންނާ ބެހޭ މިނިސްޓްރީ ކަމަށެވެ. ސަބަބަކަށް އޭނާ ބުނެފައިވަނީ ދެކުނު އެފްރިކާގައި ގޭންގު ކުށްތައް ގިނަވެފައި ވުމާއެކު، އޭނާ އަކީ ކުރިން ގޭންގްސްޓާރަކަށް ވެފައި، އެކަން ހިނގާ ގޮތުގެ ތަޖުރިބާ ހުރި މީހަކަށް ނޫނީ މައްސަލަ ހައްލު ނުކުރެވޭނެތީ އެ މަގާމަށް އޭނާ އަކީ އެންމެ އެކަށީގެންވާ މީހަކަށް ދެކޭތީ ކަމަށެވެ.

އެ މަގާމު ހަމަ ޖެހޭ ގޮތް ނުވުމުން އޭނާ ބޭނުންވީ ކުޅިވަރާ ބެހޭ ވަޒީރު ކަމެވެ. އެއާއެކު އޭނާ ބުނެފައިވަނީ، ކުދިންގެ ހަޔާތް ބަދަލު ކުރަން ކުޅިވަރު ބޭނުން ކުރެވިދާނެ ކަމަށެވެ. "ކުޅިވަރުގެ ތެރޭގައި އުޅޭ ކުއްޖަކީ ކޯޓުން ބޭރުގައި އުޅޭނެ ކުއްޖެއް" މެކެންޒީ ބުނެފައިވެއެވެ.

ގޭޓަން މެކެންޒީއެފްރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް ޒޫމާ އިންތިޚާބުން ޑިސްކޮލިފައި ކޮށްފި

ކަރަޕްޝަންގެ މައްސަލައިގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް ޒޫމާ އިންތިޚާބުން ޑިސްކޮލިފައި ކޮށްފި

20 މެއި 2024
ނެމީބިއާގެ ރައީސް ހާގޭ ގެއިންގޯބް އަވަހާރަވެއްޖެ

ނެމީބިއާގެ ރައީސް ހާގޭ ގެއިންގޯބް އަވަހާރަވެއްޖެ

04 ފެބުރުއަރީ 2024
ނީލަ ކޯރާ ގުޅިގައިވާ ބައެއް ވާހަކަތައް، ބައެއް ޖަރނަލިސްޓުންގެ ނަޒަރުން

ނީލަ ކޯރާ ގުޅިގައިވާ ބައެއް ވާހަކަތައް، ބައެއް ޖަރނަލިސްޓުންގެ ނަޒަރުން

07 ޖުލައި 2022
ކާބޯތަކެތީގެ ދަތިކަމާއި ކުރިމަތިލަމުންދާ އެފްރިކާއަށް ވެސް ފަރޓިލައިޒަރުގެ ދަތިކަން

ކާބޯތަކެތީގެ ދަތިކަމާއި ކުރިމަތިލަމުންދާ އެފްރިކާއަށް ވެސް ފަރޓިލައިޒަރުގެ ދަތިކަން

29 ޖޫން 2022

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު