Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބުރްކީނާފާސޯގެ ވެރިކަން ވައްޓާލުން

ބުރްކީނާފާސޯގެ ވެރިކަން ވައްޓާލާ ގެނައި އިންގިލާބާއި ގުޅިގެން އެތައް ސަތޭކަ ބަޔަކު އުފާފާޅުކުރުމަށް މަގުތަކަށް

އަސްކަރިއްޔާއިން ވަނީ އެގައުމުގައި އިންތިޚާބުކޮށްފައިވާ ރައީސް ރޮޝް މާކް ކްރިސްޓިއަން ކަބޯރޭ މަގާމުން ދުރުކޮށް އޭނާ ހައްޔަރުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2022 | ބުދަ 02:09
ބުރްކީނާފާސޯގެ މަގުތަކަށް މީހުން އެއްވެ އުފާފާޅުކުރަނީ

ބުރްކީނާފާސޯގެ މަގުތަކަށް މީހުން އެއްވެ އުފާފާޅުކުރަނީ

ބުރްކީނާފާސޯގެ ވެރިކަން ވައްޓާލާ އެގައުމުގެ އަސްކަރިއްޔާއިން ގެނައި އިންގިލާބާއި ގުޅިގެން އެތައް ސަތޭކަ ބަޔަކު އެގައުމުގެ ވެރިރަށް އޮގާޑޯގޯގެ މަގުތަކަށް އެއްވެ އުފާފާޅުކޮށްފިއެވެ.

ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ފަހުން ބަޣާވާތް ގެނެސްފައި މިވާ ބުރްކީނާފާސޯގެ މި އިންގިލާބު އދ އާއި ފްރާންސުން ވަނީ ކުށްވެރިކޮށްފައެވެ. އަސްކަރިއްޔާއިން ވަނީ އެގައުމުގައި އިންތިޚާބުކޮށްފައިވާ ރައީސް ރޮޝް މާކް ކްރިސްޓިއަން ކަބޯރޭ މަގާމުން ދުރުކޮށް އޭނާ ހައްޔަރުކޮށްފައެވެ.

މިހާރު ބުރްކީނާފާސޯ ހިނގަމުންދަނީ މިއިންގިލާބު ގެނައުމުގައި އިސްކޮށް ހުރި ލެފްޓިނެންޓް ކާނަލް ޕޯލް ހެންރީ ސަންޑޯގޯ ނަމަކަށް ކިޔާ އޮފިސަރެއްގެ ބެލުމުގެ ދަށުންނެވެ. އޭނާއަކީ ޕެޓްރޮއިޓިކް މޫވްމެންޓް ފޮރ ޕްރިޒަރވޭޝަން އެންޑް ރެސްޓޮރޭޝަން (އެމްޕީއެސްއާރު) ނަމަކަށް ކިޔާ ގްރޫޕެއްގެ ވެރިމީހާއެވެ.

އުފާފާޅުކުރުމަށް މަގުތަކަށް ނިކުތް މީހުންގެ ތެރެއިން މީހަކު އޭއެފްޕީއާ ވާހަކަދައްކަމުން ބުނީ ރައީސް ކަބޯރޭ މަގާމުން ވަކިވުމަށް އެތައް ފަހަރަކު ގޮވާލަމުންދިޔައިރު ރައީސް އަށް އެއަޑު އިވިވަޑައިނުގެންނެވިކަމަށެވެ. ނަމަވެސް އަސްކަރިއްޔާއިން އެމީހުންގެ އަޑުއަހައިފިކަމަށް އޭނާ ބުންޏެވެ.

އަދި އުފާފާޅުކުރުމުގައި ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިއީ ބަޣާވާތެއް ނޫނެވެ. މިއީ ރައްޔިތުންނަށްޓަކައި ވެރިކަންކުރުމަށް ނުކުޅެދުމުން އެމީހުންގެ ފަރާތުން ގައުމު މިނިވަންވުމެވެ.

މަގުތަކަށް ނިކުތް ބައެއް މީހުންވަނީ މާލީ އާއި ރަޝިޔާގެ ދިދަ ގެންގުޅެފައެވެ. އެއީ 2020 ވަނަ އަހަރު މާލީގައި އޮތް ވެރިކަން ވައްޓާލާ އަސްކަރިއްޔާއިން ވެރިކަމަށް އައުމަށްފަހު މިފަހުން އެގައުމުގެ ސަލާމަތީ ކަންކަމުގައި ރަޝިޔާގެ އެހީތެރިކަމަށް އެދިފައިވާތީ އެކަމާއި ގުޅުވައެވެ.

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އޮގާޑޯގޯގެ މަގުތަކަށް ބަލާލުމުން އަސްކަރީ އިންގިލާބަށް ގިނަ ބަޔަކު ތާއީދުކުރާކަން އެނގިގެންދެއެވެ. ނަމަވެސް ބުރްކީނާފާސޯގެ ސަލާމަތީ ކަންކަމާމެދު މިހާރު އޮތީ ސުވާލު އުފެދިފައެވެ.

ބުރްކީނާފާސޯގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާއާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަސްކަރިއްޔާގައި ހަރަކާތްތެރިވާ ޒުވާނުން ދެކޭގޮތުގައި ކުރީގެ ސަރުކާރަށްވުރެ މިހާރު ގައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓެމަށް އެމީހުންނަށް މާރަނގަޅަށް މަސައްކަތްކުރެވޭނެއެވެ. ނަމަވެސް ގިނަ ބަޔަކު ދެކޭގޮތުގައި އަސްކަރީ ޕްލޭނެއް އަދި ނެތެވެ.

ހޯމަ ދުވަހުގެ ރޭ އަސްކަރިއްޔާއިން އިންގިލާބެއް ގެނައިކަން ހާމަކޮށް ސަންޑޯގޯ ސޮއިކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެގައުމުގެ ގާނޫނު އަސާސީއަށް އަމަލުކުރުން ހުއްޓާލާ ސަރުކާރާއި ގާނޫނު ހަދާ މަޖިލީސް އުވާލާ ބޯޑަރުތައް ބަންދުކޮށްފައިވާކަމަށެވެ. އަދި އެމްޕީއެސްއާރުން ގާނޫނު އަސާސީއަށް އަމަލުކުރުމަށް ފަހުން ފަށާނެކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން މުޅި ގައުމުގައި ކޮންމެ ރެޔެއްގެ 9ން ފަތިހު 5ށް ކާފިއު ހިންގާނެކަންވެސް ހާމަކޮށްފައެވެ.

އަސްކަރީ އިންގިލާބާއެކުވެސް ބުރްކީނާފާސޯ ފެނިގެން ދިޔައީ އަންގާރަ ދުވަހު އާންމު ދިރިއުޅުމުގައި ހިނގާ ހުރިހާ ކަމެއް އެގޮތުގައި ހިނގަމުން ދިޔަތަނެވެ އެގޮތުން ފިހާރަތަކާއި މާރުކޭޓްތަކާއި ޕެޓްރޯލް ސްޓޭޝަންތައް ހުޅުވާފައިވާއިރު އަސްކަރިއްޔާއިން ވަކިން ބޮޑަށް މަގުތައް ބަލަހައްޓަމުންނުދާ ކަމަށް އޭއެފްޕީން ބުނެއެވެ.

މީގެއިތުރުން އަންގާރަ ދުވަހު މިހާރު ވެރިކަންކުރަމުން އަންނަ އަސްކަރިއްޔާއިން ވަނީ ވަޔާއި އެއްގަމު މަގު އިންސާނީ އެހީ ހިފައިގެން އަންނަ ވެހިކަލްތަކަށް ހުޅުވާލާފައިވާކަމަށް ބުނެފައެވެ.

ހުޅަނގު އެފްރިކާގެ ތިން ގައުމަކުން ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި އަސްކަރީ އިންގިލާބުތައް ވަނީ ފެނިފައެވެ.

1960 ވަނަ އަހަރުން ފެށިގެން ފްރާންސް އަތުން މިނިވަންކަން ހޯދިފަހުން ބުރްކީނާފާސޯ ފެންނަނީ ހަމަނުޖެހުންތަކާއެކު އުޅޭ ގައުމެއްގެ ގޮތުގައެވެ. ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ވަނީ އަސްކަރިއްޔާގެ އިންގިލާބު ކުށްވެރިކުރައްވާފައެވެ.

އެފްރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ކުރީގެ ގޭންގްސްޓާރެއް، ވަގެއް، ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ކަމަށް

ކުރީގެ ގޭންގްސްޓާރެއް، ވަގެއް، ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ކަމަށް

03 ޖުލައި 2024
ކަރަޕްޝަންގެ މައްސަލައިގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް ޒޫމާ އިންތިޚާބުން ޑިސްކޮލިފައި ކޮށްފި

ކަރަޕްޝަންގެ މައްސަލައިގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް ޒޫމާ އިންތިޚާބުން ޑިސްކޮލިފައި ކޮށްފި

20 މެއި 2024
ނެމީބިއާގެ ރައީސް ހާގޭ ގެއިންގޯބް އަވަހާރަވެއްޖެ

ނެމީބިއާގެ ރައީސް ހާގޭ ގެއިންގޯބް އަވަހާރަވެއްޖެ

04 ފެބުރުއަރީ 2024
ނީލަ ކޯރާ ގުޅިގައިވާ ބައެއް ވާހަކަތައް، ބައެއް ޖަރނަލިސްޓުންގެ ނަޒަރުން

ނީލަ ކޯރާ ގުޅިގައިވާ ބައެއް ވާހަކަތައް، ބައެއް ޖަރނަލިސްޓުންގެ ނަޒަރުން

07 ޖުލައި 2022

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު