Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކާބޯތަކެތީގެ ދަތިކަން

ކާބޯތަކެތީގެ ދަތިކަމާއި ކުރިމަތިލަމުންދާ އެފްރިކާއަށް ވެސް ފަރޓިލައިޒަރުގެ ދަތިކަން

ގޮވާން ހެއްދުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން އިތުރު ހަތް މިލިއަން މީހުން ކާނާއަށް ޖެހޭނެ: ވަރލްޑް ފުޑް ޕްރޮގްރާމް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 29 ޖޫން 2022 | ބުދަ 07:52
ގަސްކާނާ ލިބުމުގެ ދަތިކަން ތަހައްމަލު ކުރަމުންދާ އެފްރިކާގެ ދަނޑުވެރިއެއް

ގަސްކާނާ ލިބުމުގެ ދަތިކަން ތަހައްމަލު ކުރަމުންދާ އެފްރިކާގެ ދަނޑުވެރިއެއް

މޭވާއާއި ތަރުކާރީ ވިއްކާ ރާއްޖޭގެ ފިހާރަތަކުންވެސް އޮރެންޖް ގިތެޔޮމިރުސް އަދި ލުނބޯ ފަދަ ތަކެތީގެ އެފްރިކާގެ އުފެއްދުންތައް ފެނުން އައީ އާންމުވަމުންނެވެ. ޚާއްސަކޮށް ރަމަޟާން މަހު މިފަދަ ރީތި ބާވަތްތައް ފެނުން ގިނަވެއެވެ. އެފަދަ ބާވަތްތަކުގެ ފެންވަރު ވަރަށް ރަނގަޅެވެ. ރަނގަޅަށް ހައްދާ ދަނޑުތަކަކުން ނެރޭ ރަނގަޅު ފެންވަރުގެ ތަކެތިކަން އެނގެއެވެ.

ނަމަވެސް މިއަދު މިވަނީ ކުރިޔަށް އޮތްދުވަސްތަކުގައި މިތަކެތި ލިބުމުގެ އުންމީދު ފަނޑުވެފައެވެ. މައްސަލައަކީ ދަނޑުތައް ހައްދަން ބޭނުންކުރާ ފަރޓިލައިޒަރ ނުވަތަ ގަސްކާނާ ލިބުމުގެ ދަތިކަމެވެ.

ޓޮމާޓޯ ގިނައިން ހައްދާ އެއްގައުމުކަމަށްވާ ޓެންޒޭނިޔާގެ ދަނޑުވެރިއަކު ބުނި ގޮތުގައި އޭނާގެ ދަނޑުގައި އެކިބާވަތްތައް ހެއްދުން މިއަދުވަނީ ދަތި އުނދަގޫ ކަމަކަށް ވެފައެވެ. ސަބަބަކީ ގަސްކާނާ ލިބުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވުމެވެ. އޭނާ ބުނިގޮތުގައި 50 ކިލޯގެ ބަސްތާއެއް 2019 ވަނަ އަހަރު 25 ޑޮލަރަށް ލިބޭއިރު މިއަދުވަނީ އޭގެ އަގު ދެގުނަ އަށް އުފުލިފައެވެ. އަދި އަގުބޮޑުކޮންވެސް ގަތުމަށް ތަކްލީފްތަކެއްވަނީ ކުރިމަތިވެފައެވެ.

މުޅި ދުނިޔެއަށް ވެސް މިވަގުތު ކުރިމަތިވެފައިވާ ގަސްކާނާ ލިބުމުގެ ދަތިކަމުގެ ފަހަތުގައިވެސް ވަނީ މިހާރު ކުރިޔަށްދާ ޔޫކްރެއިން ހަނގުރާމައެވެ. ރަޝިޔާ އަދި ޔޫކްރެއިން އަކީ ގަސްކާނާ އުފައްދާ އަދި އެކްސްފޯޓް ކުރާ ގައުމުތަކުގެ ލިސްޓުގެ ކުރީގައިވާ ދެގައުމަށް ވާއިރު އެދެގައުމުން އެއްޗެއް ބޭރު ކުރެވޭނެ ގޮތެއް ނެތި ބަންދުވުމުން މިކަން ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފައެވެ.

އދ. އިން ހަދާފައިވާ އަންދާޒާތައް ދައްކާ ގޮތުން ގަސްކާނާ ލިބެން ހުރިވަރު ދެބައިކުޅައެއްބަޔަށް މިއަދު ވަނީ މަދުވެފައެވެ. އެއާއެކު ބައެއް ބާވަތުގެ ގަސްކާނާގެ އަގުވަނީ ތިންގުނަޔަށް އުފުލިފައެވެ. މިހެން ދިމާވުމުން ޓެންޒޭނިޔާފަދަ ފަގީރު ގައުމުތަކުގެ ދަންޑުވެރިންނަށް ވަނީ އުފުލައިނުގަނެވޭ ވަރުގެ ބުރަކަމެއް ކުރިމަތިވެފައެވެ. އަދި ނަތީޖާއެއްގެ ގޮތުން މައިގަނޑު ކާނާގެ ގޮތުގައި ބޭނުންކުރާ ގޮވާން ހެއްދުންވެސް ދަތިވެ ކާބޯތަކެތީގެ ދަތިކަން އިތުރަށް ބޮޑުވެގެން ދާނެއެވެ.

ވަރޑް ފުޑް ޕްރޮގްރާމްއިން އިންޒާރުގެ ބުނުމަކުން ހާމަކޮށްފައިވާ ގޮތުގައި ފަރޓިލައިޒަރުގެ ދަތިކަމާހުރެ ދުނިޔޭގައި އިތުރު ހަތް މިލިއަން މީހުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތި ވާނެ ކަމަށް ބެލެވެއެވެ. އެފަރާތުން ބުނެފައިވާ ގޮތުގައި ސީރިއަލް ޕްރޮޑަކްޝަންގެ މިންވަރު 2021 ވަނަ އަހަރު 45 މިލިއަން ޓަނުގައި ހުރިއިރު 2022 ވަނަ އަހަރު 38 މިލިއަނަށް ތިރިވާނެއެވެ.

އެހެންވެސް ގިނަ ގައުމުތަކެކޭ އެއްފަދައިން އެފްރިކާގެ ގިނަ ގައުމުތަކުންވެސް ބަރޯސާވަނީ ރަޝިޔާ ޗައިނާ އަދި ޔޫކްރެއިންގައި އުފައްދާ ފަރޓިލައިޒަރަށެވެ. ނަމަވެސް މިއަދު މިވަނީ އެކަމުގެ ދޮރު ބަންދުވެފައެވެ. އެހެން ގޮތެއް ހޯދަން މަޖުބޫރުވެފައެވެ.

އެފްރިކާގެ ގައުމުތަކުގެ އިތުރުން ސަރަހައްދީ ގައުމުތައް ކަމަށްވާ ސްރީލަންކާ އިންޑިޔާ އަދި ޕާކިސްތާނުގެ ދަނޑުވެރިންނަށްވެސް ވަނީ މިމައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

އެފްރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ކުރީގެ ގޭންގްސްޓާރެއް، ވަގެއް، ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ކަމަށް

ކުރީގެ ގޭންގްސްޓާރެއް، ވަގެއް، ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ކަމަށް

03 ޖުލައި 2024
ކަރަޕްޝަންގެ މައްސަލައިގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް ޒޫމާ އިންތިޚާބުން ޑިސްކޮލިފައި ކޮށްފި

ކަރަޕްޝަންގެ މައްސަލައިގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް ޒޫމާ އިންތިޚާބުން ޑިސްކޮލިފައި ކޮށްފި

20 މެއި 2024
ނެމީބިއާގެ ރައީސް ހާގޭ ގެއިންގޯބް އަވަހާރަވެއްޖެ

ނެމީބިއާގެ ރައީސް ހާގޭ ގެއިންގޯބް އަވަހާރަވެއްޖެ

04 ފެބުރުއަރީ 2024
ނީލަ ކޯރާ ގުޅިގައިވާ ބައެއް ވާހަކަތައް، ބައެއް ޖަރނަލިސްޓުންގެ ނަޒަރުން

ނީލަ ކޯރާ ގުޅިގައިވާ ބައެއް ވާހަކަތައް، ބައެއް ޖަރނަލިސްޓުންގެ ނަޒަރުން

07 ޖުލައި 2022

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު