Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވޯލްޑް ޓްރެވަލް މާކެޓް އެފްރިކާ

ވޯލްޑް ޓްރެވަލް މާކެޓް އެފްރިކާގައި އެމްއެމްޕީއާރުސީއިން ރާއްޖެ އިޝްތިހާރުކުރަނީ

މި ހަރަކާތް ކުރިއަށް ދާނީ އޭޕްރިލް މަހުގެ 11-13 ވަނަ ދުވަހުގެ ނިޔަލަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 އެޕްރީލު 2022 | ހޯމަ 17:46
ވޯލްޑް ޓްރެވަލް މާކެޓް އެފްރިކާ

ވޯލްޑް ޓްރެވަލް މާކެޓް އެފްރިކާ

އެފްރިކާ ބައްރުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތް، ވޯލްޑް ޓްރެވަލް މާކެޓް އެފްރިކާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖެ އިޝްތިހާރުކުރަންފަށައިފިއެވެ.

ސައުތް އެފްރިކާގެ ކެޕިޓަލް ކަމަށްވާ ކޭޕްޓައުންގެ ކޭޕް ޓައުން އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރ (ސީޓީއައިސީސީ) ގައި ބާއްވާ މި ހަރަކާތް ކުރިއަށް ދާނީ އޭޕްރިލް މަހުގެ 11-13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވޯލްޑް ޓްރެވަލް މާކެޓް އެފްރިކާއަކީ ޑަބްލިއުޓީއެމް ޕޯޓްފޯލިއޯގެ ތެރެއިން ބާއްވާ 6 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެވެ. 2014 ވަނަ އަހަރުން ފެށިގެން އެފްރިކާ ޓްރެވަލް ވީކްގެ ދަށުން ބާއްވާ ޑަބްލިއުޓީއެމް އެފްރިކާއަކީ ސަރަހައްދީ ފަތުރުވެރިކަމުގެ ދާއިރާގެ ޕްރޮފެޝަނަލުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ 6000 އަށް ވުރެ ގިނަ ފަރާތްތަކުން ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް ފުރުސަތު ފަހިކޮށްދޭ ޕްލެޓްފޯމެކެވެ. ޑަބްލިއުޓީއެމްގެ އެހެން ޝޯތައްކަމަށްވާ ޑަބްލިއުޓީއެމް ލަންޑަން، އަދި ދަ އެރެބިއަން ޓްރެވަލް މާކެޓް ދުބާއީއެކޭ އެއްފަދައިން ޑަބްލިއުޓީއެމް އެފްރިކާއަކީވެސް ފަތުރުވެރިކަމުގެ ހިދުމަތްދޭ އަދި ލިބިގަންނަ ފަރާތްތަކާއި، މީޑިއާގެ ފަރާތްތައް، އެއްތަނަކުން ބައްދަލުކޮށް، ނެޓްވޯކްކޮށް، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޝޯއެކެވެ. މި ހަރަކާތުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނާއި، ޕޮލިސީ ހަދާ ފަރާތްތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން އަދި ވީއައިޕީ ކްލައިންޓުން ބައިވެރިވާނެއެވެ.

އެމްއެމްޕީއާރުސީއާއިއެކު ރާއްޖޭ ތަމްސީލުކުރުމަށް 11 އިންޑަސްޓްރީ ޕާޓްނަރުން މި ހަރަކާތުގައި ބައިވެރިވެއެވެ. މީގެތޭރޭގައި ޑަބްލިއު މޯލްޑިވްސް (ޝެރަޓަން ފުލް މޫން)، ރޮބިންސަން ކްލަބް މޯލްޑިވްސް، ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް، ކެޕިޓަލް ޓްރެވަލް އެންޑް ޓުއާޒް، ކޮކޫން މޯލްޑިވްސް، ޓްރެވަލް އެސްކޭޕް މޯލްޑިވްސް، ސަން ސިޔާމް ރިޒޯޓް، ސޮނެވާ، ރިޒޯޓް ލައިފް ޓްރެވަލް އަދި ލެޓްސްގޯ މޯލްޑިވްސްއިން ބައިވެރިވަމުންދެއެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެކި ޕްރޮޑަކްޓްތައް ކަމަށްވާ ލަގްޒަރީ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކަށް މި މާކެޓުން ފަތުރުވެރިން އަންނަ އަދަދު އިތުރުކުރުމެވެ. އަދި ރާއްޖޭގައި ލަގްޒަރީ ސެގްމެންޓުގެ ފަތުރުވެރިންނަށް ލިބެން ހުރި ފާހަގަކުރެވޭ ތަޖުރިބާތައް އިޝްތިހާރުކުރުމެވެ. މީގެއިތުރުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވަނީ ވަކިވަކިން ކަމުން، މިއީ އެފްރިކާ މާކެޓްގެ މަތީފަންތީގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރުމެވެ. މި ހަރަކާތުގައި އެމްއެމްޕީއާރުސީއިން ބައިވެރިވެފައިވަނީ އެފްރިކާ މާކެޓަށް ހާއްސަކޮށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީ ބިނާވެފައިވަނީ އެފްރިކާގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، މަންޒިލްގެ މަޤުބޫލުކަން އިތުރުކުރުމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމަތު މި މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނަށް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

އެފްރިކާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު މާކެޓްއެކެވެ. މިގޮތުން ވޭތުވެދިޔަ އަހަރުތަކުގައި އެފްރިކާ މާކެޓުގައި ހިމެނޭ ސައުތް އެފްރިކާ ފަދަ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. 2019 ވަނަ އަހަރުން 2020 ވަނަ އަހަރަށް ބަލާނަމަ އެފްރިކާ މާކެޓުން ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 70 އިންސައްތަ އިތުރުވެފައެވެ. 2021 ވަނަ އަހަރު ސައުތް އެފްރިކާއަކީ ރާއްޖެއަށް 17 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓެވެ. މި މާކެޓުން ރާއްޖެ އައުމަށް ބުކިން ހަދާ މިންވަރާއި އެރައިވަލްސް އިތުރުކުރުމުގެ ގޮތުން މިދިޔަ އަހަރުވެސް މި މާކެޓުގައި އެމްއެމްޕީއާރުސީއިން ވަނީ ހަރަކާތްތައް ހިންގާފައެވެ. މިގޮތުން ވާޗުއަލްކޮށް ބޭއްވި ޑަބްލިއުޓީއެމް ހަރަކާތުގައި ބައިވެރިވުމުގެ އިތުރުން ދެ ފެމިލިއަރައިޒޭޝަން ދަތުރު ވަނީ އިންތިޒާމްކޮށްފައެވެ. މި މާކެޓަށް އަމާޒުކޮށް މިހާރުވެސް އެއަރ ސީޝެލްސްއާއެކު ކެމްޕެއިނެއް ހިންގަމުން އެބަދެއެވެ. ކުރިއަށް މިދާ 2022 ވަނަ އަހަރު މި މާކެޓަށް އަމާޒުކޮށް ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ކޭޕްޓައުން، ޖޮހަނަސްބާގް އަދި ޑާބަންގައި ބޭއްވުމަށް ރޭވިފައިވާ ރޯޑްޝޯގެ އިތުރުން ދެ މީޑިއާ ފޭމްޓްރިޕްއާއި، ޓްރެވަލް އެޖެންޓުންނަށް އަމާޒުކޮށްގެން ހިންގަން ރާވާފައިވާ އޮންލައިން ޓްރެއިނިންގ އަކާއި، ޓުއަރި އޮޕަރޭޓަރުންނާއެކު ހިންގަން ރާވާފައިވާ ކެމްޕެއިންތަކުގެ އިތުރުން އެއަރލައިންތަކާއެކު ހިންގަން ރޭވިފައިވާ ޕްރޮމޯޝަންތައް ހިމެނެއެވެ.

ދުނިޔޭގެ ޤައުމުތަކުގެ އެކި ސެކްޓަރ ތަކަށް ކޮވިޑުން ކޮށްފައިވާ ނޭދެވޭ އަސަރުތަކުން އަރައިގަނެ، އިޤްތިސާދުތައް އާރާސްތުކުރުމުގެ ގޮތުން މިހާރު މިސްރާބުޖަހަމުން މިދަނީ އައު އާންމު ހާލަތު ޤާއިމްކޮށް، ޤައުމުތަކުގެ ބޯޑަރުތައް ހުޅުވާލާ ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމަށެވެ. ގިނަ ޤައުމުތަކުން މިހާރު ދަނީ މިމޭރުމުން ކޮވިޑްގެ ފިޔަވަޅުތައް ލުއިކުރަމުންނެވެ. މިގޮތުން 4 މާރޗް 2022 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ. މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނުކޮއްފައިވާ އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު ވަނީ 14 މާރޗް 2022 ވަނަ ދުވަހުން ފެށިގެން އުވާލާފައެވެ. ދިވެހިރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ މިފިޔަވަޅުތަކަށް ލުއި ދިނުންވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ފަސޭހައަކަށެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގައި ވަރަށް ޙާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޙާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮށްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

ވޯލްޑް ޓްރެވަލް މާކެޓް އެފްރިކާއެމްއެމްޕީއާރްސީއެފްރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

ސަލާ އާއި އޮސިމްހޭން ފަހަތަށް ޖައްސާލުމަށްފަހު، އެފްރިކާގެ މޮޅު ކުޅުންތެރިޔަކަށް ހަކީމީ

20 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު