Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރެފިއުޖީންގެ މައްސަލަ

ސީރިޔާއާއި ޔޫކްރެއިންގެ ރެފިއުޖީންނަށް ލިބެންޖެހޭނީ އެއް އިނާޔަތްތަކެއް: އދ.ގެ ސީރިޔާ ކޮމިޝަންގެ ޗެއަރ

ސީރިޔާ ހަނގުރާމައިގައި 10 އަހަރުތެރޭގައި 3 ލައްކައެއްހާ އާންމު ރައްޔިތުން މަރުވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 5 ޖުލައި 2022 | އަންގާރަ 12:33
އދ.ގެ ސީރިޔާ ކޮމިޝަންގެ ޗެއާ ޕައުލޯ ޕިނެއިރޯ

އދ.ގެ ސީރިޔާ ކޮމިޝަންގެ ޗެއާ ޕައުލޯ ޕިނެއިރޯ

އދ.ގެ ފަރާތުން އަންދާޒާކޮށްފައިވާގޮތުގައި މިހާރުވެސް ކުރިޔަށްދާ، ނިމުމެއް ފެންނަންނެތް ސީރިޔާ ހަގުރާމައިގައި ފާއިތުވި 10 އަހަރުތެރޭ 3 ލައްކައެއްހާ އާންމު ރައްޔިތުން މަރުވެފައިވެއެވެ. މިއީ ދެފަރާތުން ހަމަލާތަކުގައި ބައިވެރިވާ ސިފައިންނާއި މުޖާހިދުން ނުލައި މަރުވި މީހުންގެ އަދަދެވެ.

އިއުރޯ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އދ.ގެ ސީރިޔާ ކޮމިޝަންގެ ރައީސް ޕައުލޯ ޕިނެއިރޯ ވިދާޅުވީ، މި އަދަދުން އެކަނިވެސް ސީރިޔާ ހަގުރާމައިގެ ކަންބޮޑުވުން އޮތް މިންވަރު ހާމަވާކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އދ.ން އެކުލަވާލި ރިޕޯޓުންވެސް ސާފުވާން އޮތް އެއް ހަގީގަތަކީ، ސީރިޔާގެ އާންމު ރައްޔިތުންގެ ރައްކާތެރިކަމާމެދު އެއްވެސް ފަރާތަކުން ވިސްނައި ނުވަތަ ފިޔަވަޅުއަޅާފައި ނުވާކަމެވެ.

ޕިނެއިރޯ އިތުރަށް ވަނީ ރެފިއުޖީންނަށް ހިމާޔަތް ދިނުމުގައިވެސް ސީރިޔާ ރެފިއުޖީންނާ ޔޫކްރެއިން ރެފިއުޖީންނާ ދެމެދު ގެންގުޅޭ "ޑަބަލް ސްޑޭންޑަރޑް" ނުވަތަ ދެފުށްދެގޮތް އުސޫލުގެ ސަބަބުން ހިތްޕުޅުހަމަނުޖެހުން ފާޅުކުރައްވާފައެވެ. ރަޝިޔާގެ ހަމަލާތަކުން ސަލާމަތްވުމަށް ގައުމު ދޫކޮށް ދާ ޔޫކްރެއިންގެ ރައްޔިތުންނަށް ލިބޭ އިނާޔަތްތަކާއި ހިމާޔަތް އެއީ އެމީހުންނަށްވެސް ހައްގު ކަންކަން ކަމަށާއި، ނަމަވެސް ހަމަ އެއިނާޔަތްތަކާއި ހިމާޔަތް ސީރިޔާގެ ރެފިއުޖީންނަށްވެސް ލިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.  

ފެބްރުއަރީ 24ގައި ޔޫކްރެއިން ހަނގުރާމަ ފެށުމާ ގުޅިގެން އީޔޫގެ މައި އިދާރާއިން ވަނީ 2001ވަނަ އަހަރު އެކުލަވާލެވުނު ގާނޫނަކަށް އަމަލުކުރަން ފަށާފައެވެ. މި ގާނޫނުގެ ދަށުން، ހަގުރާމައިން ސަލާމަތްވުމަށް ދާ ޔޫކްރެއިންގެ ރައްޔިތުންނަށް އީޔޫގެ ގައުމުތަކުގައި 3 އަހަރުދުވަހުގެ މުއްދަތަށް ދިރިއުޅުމާއި ސިއްހީ ފަރުވާއާއި އަދި މަސައްކަތްކުރުމުގެ ހުއްދަ ދެވިގެންދެއެވެ. ހަނގުރާމަޔަކާ ކުރިމަތިލާން ޖެހިފައިވީނަމަވެސް، ސީރިޔާގެ ރައްޔިތުންނަށް ރެފިއުޖީ ހާލަތު އެންމެ ބޮޑުވި 2015 ވަނަ އަހަރުވެސް އެފަދަ ގާނޫނެއްގެ މަންފާ ލިބިފައިނުވާކަން ކޮމިޝަންގެ ޗެއަރ ފާހަގަކުރެއްވިއެވެ.

ސީރިޔާ ހަނގުރާމައިގައި ޖަރީމާތައް ހިންގަމުންދާ ފަރާތްތައް ބައިނަލްއަގުވާމީ އިންސާފުގެ ކޯޓުތަކަށް ހުށަހެޅޭނެތޯ ދެންނެވުނު ސުވާލެއްގެ ޖަވާބުގައި ޕިނެއިރޯ ވިދާޅުވީ، ކޮމިޝަންގެ ފަރާތުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ސީރިޔާ ހަނގުރާމައިގެ މައްސަލަ ވެއްދޭނެކަމަށް މިވަގުތު ދެކެވަޑައިނުގަންނަވާ ކަމަށާއި، އދ.ގެ ސަލާތީ މަޖިލީހާ ހަމަޔަށް ގެންދިޔަނަމަވެސް ކަންތައް ވާނީ މިހާރުވެސް ކަންތައް ވަމުންދާ ގޮތަށް ކަމުގައެވެ. މިބަސްފުޅުން އޭނާ އިޝާރާތްކުރެއްވީ ސީރިޔާ ހަނގުރާމަޔާ ބެހޭގޮތުން ހުޅަނގުގެ ބައެއްގައުމުތަކުން ސަލާމަތީ މަޖިލީހަށް ހުށައެޅި ބައެއް ގަރާރުތައް ފާސްވިޔަނުދީ ރަޝިޔާއާއި ޗައިނާއިން ވީޓޯ ކުރަމުންދާ މައްސަލައަށެވެ. ރަޝިޔާއާއި ޗައިނާއިން ދެކެނީ ސީރިޔާ ހަނގުރާމައަކީ ޖާއިޒް ހަނގުރާމައެއްކަމަށެވެ. އެހެން ކަމުން އެދެގައުމުން ގެންދަނީ ސީރިޔާ ހަނގުރާމަޔާ ދެކޮޅަށް ހުށައެޅޭ ހުރިހާ ގަރާރެއް ވީޓޯކުރަމުންނެވެ،

އދ.ގެ ސީރިޔާ ކޮމިޝަންގެ ޗެއަރ ޕިނެއިރޯ ވިދާޅުވީ، އުފާވެރި ޚަބަރަކީ ސީރިޔާ ހަނގުރާމައިގައި ޖަރީމާތައް ހިންގަމުންގެންދާ ފަރާތްތަކާ ދެކޮޅަށް ޔޫރަޕްގެ ބައެއް ގައުމުތަކުން އަމިއްލަޔަށް ޝަރީއަތްތައް ކުރަމުންދާކަމެވެ.

މިދިޔަ ޖެނުއަރީ މަހު ޖަރުމަނުގެ ކޯޓަކުންހިންގި ޝަރީއަތެއްގައި ވަނީ، ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ މައްސަލައިގައި ސީރިޔާގެ ކާނަލްއެއްގެ މައްޗަށް ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.  

އެކުވެރި ދައުލަތްތައް (އ.ދ.)

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ
10 ޖުލައި 2025

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި
30 އޮކްޓޯބަރު 2024

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ
25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
23 ސެޕްޓެމްބަރު 2024

ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2024
ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި
08 ޖޫން 2024

އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި

08 ޖޫން 2024
އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި
21 މެއި 2024

ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ

21 މެއި 2024
ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ
10 މެއި 2024

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި

10 މެއި 2024
ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި
03 މެއި 2024

ރަފާ އަށް އިޒްރޭލުން އަރައިފިނަމަ އެތައް ސަތޭކަ ހާސް މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ: އދ

03 މެއި 2024
ރަފާ އަށް އިޒްރޭލުން އަރައިފިނަމަ އެތައް ސަތޭކަ ހާސް މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ: އދ
26 އެޕްރީލު 2024

ޣައްޒާއިން ފެނުނު ބޮޑެތި ކަށްވަޅުތަކުގެ ފޮރެންސިކް ހެކިތައް ހިމާޔަތްކޮށް ރައްކާކުރަންޖެހޭ :އދ.

26 އެޕްރީލު 2024
ޣައްޒާއިން ފެނުނު ބޮޑެތި ކަށްވަޅުތަކުގެ ފޮރެންސިކް ހެކިތައް ހިމާޔަތްކޮށް ރައްކާކުރަންޖެހޭ :އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު