Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުރޭޑިއަންޓާއި ވިކްޓްރީ އެނބުރި އައުން

ނިއުރޭޑިއަންޓާއި ވިކްޓްރީ އެނބުރި އައުމުން އެހެން ޓީމްތައް ޖެހިލުންވާނެ- މުޙައްމަދު އާދަމް

5 ޖުލައި 2022 | އަންގާރަ 06:30

ނިއުއާއި ވިކްޓްރީ އެނބުރި އައީ ތިން އަހަރެއްހާ ދުވަހުގެ ސަސްޕެންޝަނަށްފަހު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 5 ޖުލައި 2022 | އަންގާރަ 06:30
ވިކްޓްރީގެ ޓެކްނިކަލް ޑައިރެކްޓަރ މުޙައްމަދު އާދަމް

ވިކްޓްރީގެ ޓެކްނިކަލް ޑައިރެކްޓަރ މުޙައްމަދު އާދަމް

ނިއުރޭޑިއަންޓާއި ވިކްޓްރީ އެނބުރި އައުމުން އެހެން ޓީމްތައް ޖެހިލުންވާނެކަމަށް ވިކްޓްރީގެ ޓެކްނިކަލް ޑައިރެކްޓަރ އަދި މެނޭޖަރ މުޙައްމަދު އާދަމް ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަމުން މުހައްމަދު ބުނީ އެނބުރި އައީ ރާއްޖޭގެ ފުޓްބޯޅައިގެ ދެ ރަސްގެފާނު ކަމަށާއި, އެދެކްލަބް އެނބުރި އައުމުން އެހެން ޓީމްތައް ޖެހިލުންވާންވެސް ޖެހޭނެކަމަށެވެ. މުހައްމަދު ބުނީ ވިކްޓްރީން ބޯޅަ ކުޅެން ބޭނުންވަނީ ނިއުރޭޑިއަންޓާވެސް އެކުގައި ކަމަށެވެ. އެހެންކަމުން ނިއުރޭޑިއަންޓްވެސް އެނބުރި އައުން އެއީ ވިކްޓްރީއަށް ލިބުނު އުފަލެއްކަމަށް ވިކްޓްރީ އަނބުރާ ގެނައުމުގެ މަސައްކަތުގައިވެސް އިސްކޮށް މަސައްކަތްކުރި މުހައްމަދު ބުންޏެވެ.

ވިކްޓްރީއާއި ނިއުރޭޑިއަންޓް އެނބުރި އައުމުން ސަޕޯޓަރުންގެ އަދަދުވެސް އިތުރުވާނެ ކަމަށާއި, އެކަން މިހާރުވެސް ފެންނަން ފަށައިފިކަން މުހައްމަދު ފާހަގަކުރިއެވެ. އެގޮތުން ގދ.ތިނަދޫ ދަނޑު ހުޅުވަން ނިއުރޭޑިއަންޓާއި ވިކްޓްރީއަށް ދައުވަތު ލިބިފައިވާކަން ފާހަގަކޮށް މުޙައްމަދު ބުނީ އެކަމުންވެސް ދޭހަވަނީ ސަޕޯޓަރުންގެ ހިތުގައި ނިއުރޭޑިއަންޓާއި ވިކްޓްރީ އޮތުންކަމަށެވެ. އެކަމަކު ދަނޑު ހުޅުވަން ދިއުމާމެދު އަދި ގޮތެއް ނުނިމޭކަމަށާއި, އެމަޝްވަރާތައް ކުރަމުންދާކަމަށް މުޙައްމަދު ބުންޏެވެ.

ނިއުރޭޑިއަންޓާއި ވިކްޓްރީ އެނބުރި އައުމުން އެެހެން ޓީމްތަކަށް ފައިދާ ނުކުރިޔަސް, ރާއްޖޭގެ ފުޓްބޯޅައަށް ފައިދާކުރާނެކަން މުޙައްމަދު އާދަމް ފާހަގަކުރިއެވެ.

ނިއުރޭޑިއަންޓާއި ވިކްޓްރީ އެނބުރި އައި ނަމަވެސް އެދެޓީމަށްވެސް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނީ މިމަހުގެ 13 ވަނަ ދުވަހު ފަށާ ދެވަނަ ޑިވިޝަންގައި ވާދަކޮށް ކޮލިފައިވެގެންނެވެ. އެމުބާރާތުގައި ދެޓީމްވެސް ވާދަކުރެއެވެ. ދެޓީމްގައި ނިސްބަތުން ރަނގަޅު ޓީމެއް އެބައޮތެވެ. ދެޓީމްވެސް ސަސްޕެންޝަނަށްފަހު އެނބުރި އައީ ތިން އަހަރެއްހާ ދުވަހަށް ފަހުއެވެ. ސަސްޕެންޑްކުރީ ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ މައްސަލައިގައެވެ. އޭގެތެރޭގައި ބިދޭސީ ކުޅުންތެރިންގެ މައްސަލާގައި ފީފާއިން ދިން ސަސްޕެންޝަންވެސް ހިމެނެއެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްވިކްޓަރީ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
22 ނޮވެމްބަރު 2025

ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި

22 ނޮވެމްބަރު 2025
 ވިކްޓަރީ ބަލިކޮށް މާޒިޔާ އިން ރެކޯޑް ދަމަހައްޓައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
27 އޮކްޓޯބަރު 2025

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ
22 އޮކްޓޯބަރު 2025

ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް

22 އޮކްޓޯބަރު 2025
ވިކްޓްރީ ބަލިކޮށް ނިއު ރޭޑިއަންޓް އެއް ވަނަ އަށް، ސެންޓޭ އަށް ހެޓްރިކެއް
18 އޮކްޓޯބަރު 2025

ރަސްވާދަ މެޗާ ގުޅުވައިގެން ނިއު އާއި ވިކްޓްރީގެ ޚާއްސަ ޙަރާކާތްތަކެއް

18 އޮކްޓޯބަރު 2025
ރަސްވާދަ މެޗާ ގުޅުވައިގެން ނިއު އާއި ވިކްޓްރީގެ ޚާއްސަ ޙަރާކާތްތަކެއް
02 އޮކްޓޯބަރު 2025

ވިކްޓަރީގެ ހިންގާ ކޮމެޓީ އަށް ސަރުކާރުގެ އިސްވެރިން

02 އޮކްޓޯބަރު 2025
ވިކްޓަރީގެ ހިންގާ ކޮމެޓީ އަށް ސަރުކާރުގެ އިސްވެރިން
20 ސެޕްޓެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު ބުރަށް ވަރުގަދަ ފެށުމެއް

20 ސެޕްޓެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު ބުރަށް ވަރުގަދަ ފެށުމެއް
01 ސެޕްޓެމްބަރު 2025

ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި

01 ސެޕްޓެމްބަރު 2025
ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް