Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތު

ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

5 ޖުލައި 2022 | އަންގާރަ 02:03

ފުރުސަތު ހުޅުވާލާފައިވަނީ 16 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ޖުލައި 2022 | އަންގާރަ 02:03
2021 ވަނަ އަހަރު ބޭއްވި ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތު ޕްރޮގްރާމުގެ ތެރެއިން

2021 ވަނަ އަހަރު ބޭއްވި ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތު ޕްރޮގްރާމުގެ ތެރެއިން

ޕްރެކްޓިސް ޕާލަމެންޓް ފޯރ ޔޫތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 16 އަހަރާ 25 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ.

Advertisement - newsAdvertisement

ޕްރެކްޓިސް ޕާލަމެންޓް ސީރީޒްއަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން, އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ހިމެނެނީ މައިގަނޑު 2 ބައެވެ. އެއީ، "ޕްރެކްޓިސް ޕާލަމެންޓް ފޯރ ޔޫތު" އަދި "ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން"އެވެ. މިޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުންނާއި އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދީ، އެހީތެރިވެ, އަދި ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރުއެޅުމެވެ.

ޕްރެކްޓިސް ޕާލަމެންޓްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި; މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރަނގަޅަށް ދެނެގަނެ، ގިނަ ޒުވާނުންނާއި އަންހެނުން މަޖިލީހަށް ކުރިމަތިލުމަށް ހިތްވަރުދިނުމާއި ޕޮލިސީތަކުގައި ހުންނަ އުނިކަންކަން ދެނެގަނެ، ރަނގަޅު ބަދަލުތަކެއް ގެނައުމަށް އެކީގައި މަސައްކަތްކުރުން ހިމެނެއެވެ.

"ޕްރެކްޓިސް ޕާލަމެންޓް ފޯރ ޔޫތު"ގައި 3 ބައެއް ހިމެނެއެވެ. އެއީ، ޕޮލިސީތަކާއި މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ދިނުމުގެ ސެޝަންއަކާއި ރައްޔިތުންގެ މަޖިލީހުގެ ނަމޫނާ މާދިރީއެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 30 ވަނަ ދުވަހެވެ. މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އޮގަސްޓުން 27 އޮގަސްޓަށެވެ.

ޕްރެކްޓިސް ޕާލަމަންޓް ފޯރ ޔޫތުގައި މިދިޔަ އަހަރު 40 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ޒުވާނުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

ޕްރެކްޓިސް ޕާލަމެންޓް ސީރީޒްއަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން, އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާރޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ.

މަޖިލިސް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2025

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު
16 ފެބުރުއަރީ 2025

ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

16 ފެބުރުއަރީ 2025
ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ
13 މެއި 2024

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި

13 މެއި 2024
މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި
07 މެއި 2024

"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް

07 މެއި 2024
"ވިއްކާލި" ވޯޓުގެ އަޑުނުކެނޑި "ހައްގު" ތަކުގެ ވާހަކައަށް
19 މާރިޗު 2024

މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށާއި، މެންބަރުން އިންތިހާބު ކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް

19 މާރިޗު 2024
މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށާއި، މެންބަރުން އިންތިހާބު ކުރާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް
13 މާރިޗު 2024

މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭ މުއާހަދާއެއްގައި ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް

13 މާރިޗު 2024
މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭ މުއާހަދާއެއްގައި ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް
21 ނޮވެމްބަރު 2023

މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީ އަށް ގެއްލުނު ކަމަށް ކަނޑައެޅީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ބުނެ މައްސަލަ ހުށަހަޅަނީ

21 ނޮވެމްބަރު 2023
މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީ އަށް ގެއްލުނު ކަމަށް ކަނޑައެޅީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ބުނެ މައްސަލަ ހުށަހަޅަނީ
21 ނޮވެމްބަރު 2023

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީ އަށް ފޮނުވައިފި

21 ނޮވެމްބަރު 2023
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީ އަށް ފޮނުވައިފި
20 ނޮވެމްބަރު 2023

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުންގެ ނަންފުޅުތައް އިޢުލާންކޮށްފި

20 ނޮވެމްބަރު 2023
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުންގެ ނަންފުޅުތައް އިޢުލާންކޮށްފި
12 ނޮވެމްބަރު 2023

މަޖިލިސް ހައިޖެކްކުރުން - ގަދަބާރު ދައްކައިގެން މަޖިލީސް ހިންގުމަކީ މޮޅުކަމެއް ނޫން!

12 ނޮވެމްބަރު 2023
މަޖިލިސް ހައިޖެކްކުރުން - ގަދަބާރު ދައްކައިގެން މަޖިލީސް ހިންގުމަކީ މޮޅުކަމެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް