Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިކަމުގެ އިނާމު 2021

މިއަހަރު ނޫސްވެރިކަމުގެ އިނާމުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ނިޒާމަކުން: އެމްއެމްސީ

އިނާމު ދިނުމުގެ އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 ޖުލައި 2022 | ހޯމަ 08:43
ނޫސްވެރިކަމުގެ އިނާމު 2020

ނޫސްވެރިކަމުގެ އިނާމު 2020

މޯލްޑިވިސް މީޑިއާ ކައުންސިލުން މިއަހަރު ދޭ ނޫސްވެރިކަމުގެ އިނާމަކީ ދެފުށް ފެންނަ ގޮތަކަށް ދެވޭ އިނާމަކަށް ހަދަން ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް އިނާމު ކޮމިޓީގެ މުގައްރިރު އަދި މީޑިއާ ކައުންސިލްގެ ނާއިބު ރައީސް ހުސެއިން ޝަގީފް ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ އިނާމާ ގުޅޭ މައުލޫމާތު ދިނުމަށް ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޝަގީފް ވިދާޅުވީ މިއަހަރު އިނާމު ދިނުމުގެ އުސޫލު އެކުލަވާލުމުގައި ވަރަށް ގިނަ ކަންތައްތަކަަށް ބަލާފައިވާނެ ކަމަށެވެ. މިދިޔަ އަހަރުގެ އިނާމާ ގުޅިގެން ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި، ކައުންސިލަށް ހުށަހަޅާފައިވާ ޕެޓިޝަންތަކަށް ރިއާޔަތްކޮށް އެކަންކަމަށް ހައްލެއް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާނެ ކަމަށް ޝަގީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިނާމު ދިނުމުގެ އުސޫލު އެކުލަވާލުމުގައި އިނާމުގެ ކަންކަން ދެފުއްފެންނަ ގޮތަކަށް ހަރުދަނާ ގޮތަކަށް ކުރިއަށްގެންދިއުމަށް ކޮންމެ ދާއިރާއެއްގެ ޖަޖުކަން ކުރަން ޚާއްސަ ރުބްރިކްއެއް ތައްޔާރުކޮށްފައިވާނެ ކަމަށް ޝަގީފް ވިދާޅުވިއެވެ. އަދި އިނާމު ދިނުމުގައި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މިކަން ކުރުމަށް ވަރަށް ބޮޑަށް ބަލާފައިވާނެ ކަމަށާއި، އިނާމުގެ ކަންކަން ބެލުމަށް އޮޑިޓް ފާމެއްވެސް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިއަހަރު ދެ ކެޓަގަރީއަކުން އިނާމު ދޭން ވަނީ ނިންމާފައެވެ. އެއީ ނޫސްމަޖައްލާ ކެޓަގަރީއާއި، ބްރޯޑްކާސްޓިންގ ކެޓަގަރީއެވެ. އެމްއެމްސީން ވަނީ މައިގަނޑު 12 ދާއިރާއަކުން މިއަހަރު އެވޯޑު ދިނުމަށް ނިންމާފައެވެ. އެ ދާއިރާތަކަކީ:

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ތިން ފޯމާއި، މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ވަނީ އާންމުކޮށްފައެވެ.

އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓް 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

19 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި
31 އޯގަސްޓު 2025

ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

31 އޯގަސްޓު 2025
ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް
03 މެއި 2025

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް
17 ޑިސެމްބަރު 2024

މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

17 ޑިސެމްބަރު 2024
މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް
31 އޮކްޓޯބަރު 2024

ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި

31 އޮކްޓޯބަރު 2024
ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު