Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ވޮލީބޯޅަ ލީގު 2022

ކޮންމެ މެޗަކީވެސް މުހިންމު މެޗެއް، ނަމަވެސް އެޔަށްވުރެ ކުޅުންތެރިން މުހިންމު: ފައްލޯ

3 ޖުލައި 2022 | އާދީއްތަ 05:41

ޓީމުގައި އަނިޔާގެ މައްސަލަތަކެއް އެބަހުރި، ރިކަވަރީއަށް ވަގުތު ބޭނުންވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖުލައި 2022 | އާދީއްތަ 05:41
ފައްލޯ

ފައްލޯ

ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއްކަމަށާއި، ނަމަވެސް އެޔަށްވުރެ ޓީމުގެ ކުޅުންތެރިން މާމުހިންމުކަމަށް ޕޮލިސް ކުލަބުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ)ބުނެފިއެވެ.

މިއަހަރުގެ ޤައުމީ ލީގު ޕޮލިހުން ނިންމާލަން ޖެހުނީ ހަތަރު ވަނައިގައި އޮވެއެވެ. ލީގުގެ ފަހު މެޗުގައި ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮލިސް ޓީމު ނިކުތީ ބަދަލުތަކަކާއެކުއެވެ. ޒުވާން ސްކޮޑެއް އޮތް ޕޮލިސް ޓީމުން އެ މެޗަށް ނިކުތީ ބެންޗުގައި ތިބި ޒުވާން ކުޅުންތެރިންނާއެކުއެވެ. މެޗުގައި ޕޮލިސްގެ މައްޗަށް ސިފައިން ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ.

މެޗަށްފަހު ފައްލޯ ބުނީ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. ފައްލޯ ބުނީ ކުރިން ވެސް ފާހަގަކުރި ގޮތަށް ޓީމުގައި އަނިޔާގެ މައްސަލަތަކެއް އުޅޭކަމަށެވެ. ސިފައިންނާ ދެކޮޅަށް ކުޅުނު މެޗަކީ މުހިންމު މެޗެއްކަމަށާއި، ނަމަވެސް އެއަށްވުރެ ކުރިއަށް އޮތް ސެމީ ފައިނަލް މެޗު މާ މުހިންމު ކަމަށް ދެކޭ ކަމަށް ވެސް ފައްލޯ ބުންޏެވެ. ބަދަލުތަކަކާއެކު ސިފައިންގެ މެޗަށް ނިކުތީ ކުރިއަށް އޮތް ސެމީ މެޗަށް ކުޅުންތެރިންނަށް ރެސްޓު ދިނުމަށާއި، ރިކަވަރިއަށް ވަގުތު ދިނުމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ފައްލޯ ބުނީ މެޗުގައި ޒުވާން ގިނަ އައު ކުޅުންތެރިން ކުޅުނުކަމަށާއި، އެހެން ކަމުން މައްސަލަ ދިމާވާނެކަމަށެވެ. މައްސަލަ ދިމާ ނުވާނަމަ، އެއީ ވެސް މައްސަލަ އެއް ކަމަށް އޭނާ ބުންޏެވެ.

އިތުރަށް ފައްލޯ ބުނީ ކޮންމެ މެޗަކީ ވެސް އައު މެޗެއް ކަމަށެވެ. ކުރިއަށް އޮތް ސެމީ ފައިނަލް މެޗުގައި ވެސް ނިކުންނާނީ މީގެ ކުރިން ކުޅެފައި ހުރި ޓީމުތަކާ ދެކޮޅަށްކަން ފާހަގަކޮށް ފައްލޯ ބުނީ އެ މެޗަށް ނިކުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.

ފައްލޯ ބުނީ މުބާރާތަށް ޒުވާން ކުޅުންތެރިންނާއެކު ނިކުތުމުގެ ބޭނުމަކީ އެ ކުޅުންތެރިންގެ ގާބިލުކަން އިތުރުކުރަން ކަމަށެވެ. ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދެނީ އެ މަގުސަދުގައި ކަމަށާއި، އެކަން ކަން ހާސިލް ކުރެވޭ ކަމަށެވެ. ފައްލޯ ބުނީ ޕޮލިސް ޓީމާއެކު ފަރިތަކުރި ބައެއް ޒުވާން ކުޅުންތެރިން ކޯޓު މަތިން ނުފެންނަ ކަމަށާއި، އެކަމާ ހިތާމަ ކުރާ ކަމަށެވެ.

ކުރިއަށް އޮތް ޤައުމީ މުބާރާތުގެ ސެމީ ފައިނަލްގައި ޕޮލިސް ނިކުންނާނީ ކުލަބް ވެމްކޯއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން
13 މާރިޗު 2017

ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ

13 މާރިޗު 2017
ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ
13 މާރިޗު 2017

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ
10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް