Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ކެރަމް މުބާރާތް

ކެރަމް ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އަޒްމީން ހޯދައިފި

2 ޖުލައި 2022 | ހޮނިހިރު 09:34

އަޒްމީން ޗެމްޕިއަންކަން ހޯދީ ހުސެއިން ނީޝާމް (ނީނީ) ބަލިކޮށްގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖުލައި 2022 | ހޮނިހިރު 09:34
ޤައުމީ މުބާރާތް ކާމިޔާބުކުރީ އަޒްމީންއަށް މިނިސްޓަރު މަޚްލޫފް ތަށި ހަވާލުކުރަނީ

ޤައުމީ މުބާރާތް ކާމިޔާބުކުރީ އަޒްމީންއަށް މިނިސްޓަރު މަޚްލޫފް ތަށި ހަވާލުކުރަނީ

ކެރަމް ޤައުމީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އިސްމާއިލް އަޒްމީން ހޯދައިފިއެވެ.

މިއީ ދާދި ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ކެރަމްގެ އެންމެ މޮޅު އެތުލީޓަކަށް ވެސް ހޮވުނު އަޒްމީން ޤައުމީ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އަޒްމީން ވަނީ ތިން އަހަރު މުބާރާތުގެ ފައިނަލްގައި ކުޅެ، ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އޭނާ ވަނީ 2014، 2016 އަދި 2019 ވަނަ އަހަރުގެ ފައިނަލްގައި ކުޅެފައެވެ. މިއަހަރުގެ ފައިނަލްގައި އަޒްމީން ވާދަކުރީ ހުސެއިން ނީޝާމް (ނީނީ) އާއެވެ. މިއީ ފައިނަލްގައި ބަލިވި ނީނީ މުބާރާތުގެ ފައިނަލްގައި ބަލިވި ހަ ވަނަ ފަހަރެވެ. ނީނީ އަކީ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ހަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އޭނާގެ އިތުރުން ހަސަން ނާޒިމް (ނާނަ) ވެސް ވަނީ މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައެވެ.

ފައިނަލް މެޗު އަޒްމީން ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ދެ ގޭމުންނެވެ. ފުރަތަމަ ގޭމު އަޒްމީން ކާމިޔާބުކުރީ 25-3 ންނެވެ. ދެ ވަނަ ގޭމު އޭނާ ކާމިޔާބުކޮށްފައިވަނީ 25-0 ންނެވެ.

މިއަހަރުގެ މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އައިމިނަތު ވިދާދުއެވެ. މިއީ އޭނާ ޖެހިޖެހިގެން މި މުބާރާތް ކާމިޔާބުކުރީ ފަސް ވަނަ ފަހަރެވެ. މިގެ ކުރިން ވިދާދު ވަނީ 2017، 2018، 2019، 2021 އަދި 2022 ވަނަ އަހަރުގެ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. އެއާއެކު ވިދާދު ވަނީ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ޝަޒްނާއާ ގާތަށް ޖެހިލާފައެވެ. ޝަޒްނާ ވަނީ މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައެވެ.

މިއަހަރުގެ ފައިނަލްގައި ވިދާދު ވާދަކުރީ ޤައުމީ މުބާރާތް ދެ އަހަރު ހޯދާފައިވާ އައިޝަތު ފައިނާޒްއާއެވެ. ވިދާދު ވަނީ ފައިނަލްގައި ފައިނާޒްގެ މައްޗަށް ސީދާ ދެ ގޭމުން ކުރި ހޯދާފައެވެ. ވިދާދު ފުރަތަމަ ގޭމު ކާމިޔާބުކުރީ 25-19 ންނެވެ. ދެ ވަނަ ގޭމު ކާމިޔާބުކުރީ 25-11 ންނެވެ. މީގެ ކުރިން ވެސް ވިދާދު ވަނީ ފައިނަލްގައި ފައިނާޒް ބަލިކޮށްފައެވެ.

ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެނުންގެ ޓީމު އިވެންޓްގެ ފައިނަލްއާއި، އަންހެން ޑިވިޝަނުގެ ޓީމު އިވެންޓުގެ ފައިނަލްގައި ވާދަކުރީ ކުޑަ ހެންވޭރު ޔުނައިޓެޑްއާއި ދި ލައިވް ސްޕޯޓްސްއެވެ. ދެ ކެޓަގަރީގެ ފައިނަލްގައި ވެސް ކުޑަ ހެންވޭރު ޔުނައިޓެޑް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދި ލައިވްއެވެ.

މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އާދަމް އަދީލް އާއި އައިޝަތު ފައިނާޒްގެ ޕެއާއެވެ. މި ޕެއާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި  އިބްރާހިމް ހުޖާން އާއި އައިޝަތު ނަހުފާގެ ޕެއާ 19-5 އަދި 16-12 އިން ބަލިކޮށްގެންނެވެ. މި އިވެންޓުގެ ތިން ވަނަ އަށް ހޮވުނީ  ޔަމާން އާއި ރަޔާނާގެ ޕެއާއެވެ. އެއީ ތިން ވަނަ ހޮވި މެޗުގައި އިސްމާއިލް އަޒްމީން އާއި އާމިނަތު ޝުބާ އާދަމްގެ ޕެއާ ބަލިކޮށްގެންނެވެ.

ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އަލީ އާޒިމް އާއި ހުޖާންގެ ޕެއާއެވެ. މި ޕެއާ ޗެމްޕިއަންކަން ހޯދީ މުހައްމަދު މުންތަސިރު އާއި ޔަމާންގެ ޕެއާ ބަލިކޮށްގެންނެވެ. އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި ވާދަކުރީ އާމިނަތު ވިދާދު، އާމިނަތު ވިޝާމާގެ ޕެއާ އަދި އާމިނަތު ނިފާޝާ، ނަހުފާގެ ޕެއާއެވެ. މި ބައިގެ ޗެމްޕިއަންކަން ހޯދީ ވިދާދު، ވިޝާމާގެ ޕެއާއެވެ.

މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ވަނީ ހުކުރު ދުވަހުގެ ރޭ ބާއްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފްއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް