Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރަށު މައްސަލައިގެ ޝަރީއަތް

އާރަށު ހިޔާނަތް: އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތައް ދޫކުރި ގޮތާއި ގުޅޭގޮތުން ހެކިބަސް ނަގައިފި

30 ޖޫން 2022 | ބުރާސްފަތި 07:38

މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުޙަލާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޖޫން 2022 | ބުރާސްފަތި 07:38
ވ އާރަށު ހިޔާނާތުގެ މައްސަލައިގެ ބޭއްވި އަޑުއެހުމުގެ ތެރެއިން

ވ އާރަށު ހިޔާނާތުގެ މައްސަލައިގެ ބޭއްވި އަޑުއެހުމުގެ ތެރެއިން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ ކޯޓުގައި ކުރިއަށްދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ޔޫސުފް ނައީމްގެ ދައުވާތައް އެކުއެކީގައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ބައިގައި ކުރިން މަސައްކަތް ކުރެއްވި ފަސީހް ޒާހިރުގެ ހެކިބަސް ނަގާފައެވެ.

ހެކިބަސް ދެއްވަމުން އޭނާ ވަނީ އާންމު އުސޫލުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށެއް ދޭއިރުގައި ކުރެވިގެންދާ މަސައްކަތްތަކާއި، އެކަމާ ގުޅިގެން އޭރު ފާހަގަވެފައިވާ ކަންކަން ކިޔާދެއްވާފައެވެ.

ހެކިވެރިޔާ ވިދާޅުވާ ގޮތުގައި އޭރު އެކި ރަށްތަކުގެ އަގު ކަނޑައަޅާފައިވަނީ އެކި ގޮތަށެވެ.އިކުއިޒިޝަން ކޯސްޓުގެ ގިނަ އިރެގިއުލާރިޓީތައްފެނިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހެކިވެރިޔާ ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކުގެ ލީސް އެގްރީމަންޓު ދައްކާ ގޮތާއި ގުޅޭގޮތުން ހެކިބަސް ދެއްވާފައެވެ.

މި ކަންކަމާ ގުޅޭ އިރުޝާދުތައް އޭރު ދެއްވަމުން ގެންދެވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. އޭގެ އިތުރުން، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ޒިޔަތަކީ ކަނޑައެޅިގެން އެކަންކަމުގައި ތެރޭގައި އުޅުއްވާފައިވާކަން އެނގި، އަދި ފެނިފައިވާ ފަރާތްތައްކަން ހެކިވެރިޔާ ފާހަގަ ކުރެއްވިއެވެ.

ރަށްތައް ދޫކުރުމުގެ އުސޫލާއި ގުޅޭގޮތުން ހެކިވެރިޔާ ވިދާޅުވީ، އެމްއެމްޕީއާރުސީއާއެކު ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާ ލީޒް އެގްރިމެންޓެއްގެ ދަށުން އެ ރަށެއް އެމްއެމްޕީއާރުސީއަށް ދޫކުރާ ކަމަށެވެ. އެއަށްފަހު ދެން ކުރިއަށްދަނީ އެމްއެމްޕީއާރުސީން އެ ރަށެއް ކުއްޔަށް ދޫކުރާނެ ކުންފުންޏެއް ކަނޑައެޅުމަށް ފަހު، އެ ކުންފުންޏަކާ އެކު އެގްރީމަންޓު ކުރުމުގެ މަރުޙަލާއެވެ.

ހެކިވެރިޔާ ވިދާޅުވި ގޮތުގައި އެކަން އެހެން އޮތްނަމަވެސް، ބައެއް ރަށްރަށް އެ އުސޫލުން ބޭރުންވެސް ދޫކޮށްފައިވެއެވެ.

ވ އާރަށް ކުއްޔަށް ދޫކުރުގެ މުއާމަލާތް ހިންގިއިރު އެ ހެކިވެރިޔާ ހުރީ ޗުއްޓީގައެވެ.  

މި މައްސަލައިގައި 16 ޖޫންގައި ބޭއްވި އަޑުއެހުމުގައި ވަނީ ފުރަތަމަ ހެކީގެ ހެކިބަސް ނަގާފައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް ސަރވިސްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި މަސައްކަތް ކުރަމުންދާ އަބްދުﷲ ޝިފާޒުގެ ހެކިބަސް ވަނީ ނަގާފައެވެ. އެއީ މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓާއި ގުޅިގެންނެވެ.

19 ޖޫން 2022 ގައި ބޭއްވި އަޑުއެހުމުގައި ވަނީ  ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ޑިޖިޓަލް ފޮރެންސިކް އެގްޒެމިނަރ އެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިބްރާހިމް ޒުހައިރުގެ ހެކިބަސް ނަގާފައެވެ. އެއީ މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓާއި ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

01 ޖުލައި 2017

އަލަށް ގެނައި ޖަނަރޭޓަރ މެދުވެރިކޮށް އަލިފުއްޓަށް ކަރަންޓް ދީފި

01 ޖުލައި 2017
އަލަށް ގެނައި ޖަނަރޭޓަރ މެދުވެރިކޮށް އަލިފުއްޓަށް ކަރަންޓް ދީފި
24 ޖޫން 2017

މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި

24 ޖޫން 2017
މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި
15 ޖޫން 2017

ފުލުހަށް ހާޒިރު ކުރުމަށް ވައިބަރ މެދުވެރިކޮށްވެސް ޗިޓް ފޮނުވާ ގޮތަށް ކަނޑައަޅައިފި

15 ޖޫން 2017
ފުލުހަށް ހާޒިރު ކުރުމަށް ވައިބަރ މެދުވެރިކޮށްވެސް ޗިޓް ފޮނުވާ ގޮތަށް ކަނޑައަޅައިފި
08 ޖޫން 2017

ޑިންގީ ގެއްލުނު ސުމެއިދު ހޯދަން ފަޅު ރަށްތައް ބަލަން ފަށައިފި

08 ޖޫން 2017
ޑިންގީ ގެއްލުނު ސުމެއިދު ހޯދަން ފަޅު ރަށްތައް ބަލަން ފަށައިފި
31 މެއި 2017

އެއް މަސް ފާއިތުވީ، އެމްއެމްޕީއާރްސީ މައްސަލަ ދައުވާކުރަން ފޮނުވުމުގެ މަރުހަލާ ނުނިމޭ!

31 މެއި 2017
އެއް މަސް ފާއިތުވީ، އެމްއެމްޕީއާރްސީ މައްސަލަ ދައުވާކުރަން ފޮނުވުމުގެ މަރުހަލާ ނުނިމޭ!
22 މާރިޗު 2017

އެމްއެމްޕީއާރްސީގެ މައްސަލައިގާ ލަދުވެތިވަން، ހުރިހާ ވުޒާރާތަކުން ހިންގާ ކޮރަޕްޝަން ބެލުމުގެ ގާބިލް ކަމެއް ނެތް: ރައީސް

22 މާރިޗު 2017
އެމްއެމްޕީއާރްސީގެ މައްސަލައިގާ ލަދުވެތިވަން، ހުރިހާ ވުޒާރާތަކުން ހިންގާ ކޮރަޕްޝަން ބެލުމުގެ ގާބިލް ކަމެއް ނެތް: ރައީސް
14 މާރިޗު 2017

އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން

14 މާރިޗު 2017
އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން
21 ފެބުރުއަރީ 2017

ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން

21 ފެބުރުއަރީ 2017
 ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް