Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީން ބަންދުކުރި މައްސަލަ

ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން

ހިމާޔަތް ދިނުމަށް މުއާމަލާތު ކުރެއްވީ މުސާ އަލީ ޖަލީލު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2017 | އަންގާރަ 15:07
ރައީސް ޔާމީން: ހިމާޔަތް ދިނުމަށް ގުޅީ މޫސާ އަލީ ޖަލީލު އެކަމަކު ދައުވާކުރަން ނުފޮނުވާ

ރައީސް ޔާމީން: ހިމާޔަތް ދިނުމަށް ގުޅީ މޫސާ އަލީ ޖަލީލު އެކަމަކު ދައުވާކުރަން ނުފޮނުވާ

ކ. އާރަށުގައި ސިފައިންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރީ ބަންގަލޯއެއްގައި ކަމަށާއި އަދި ބޭނުން މީހަކާއި ބޭނުން އިރަކު ފޯނު ވެސް ކުރެވުނު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވެފައިވަނީ، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު އާރަށުގައި ބަންދުކޮށްފައި ބެހެއްޓި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް ދެއްވި ބަޔާނުގަ އެވެ.

Advertisement - newsAdvertisement

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު ރައީސް ޔާމީން ދެއްވި ބަޔާނުގައި ވިދާޅުވީ 2010 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ ގޭގައި ހުންނަވަނިކޮށް، އެއިރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު އެމަނިކުފާނަށް ގުޅުއްވައި ހިމާޔަތްދޭން ބޭނުންވާ ކަމަށާއި ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވި ކަމަށެވެ.

އެއިރު، އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވި ގ. ދޫވެހިގެ ކައިރިއަށް އެމްޑީޕީގެ އެކްޓިވިސްޓުންނާއި އާންމު މެންބަރުން އެއްވެ ހަޅޭލަވައި، ގެއަށް ގަލާއި ފުޅިފަދަ ތަކެތި އުކައި ގެއްލުންދެމުން ދިޔަ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ހިމާޔަތް ދޭން ހުށަހެޅުމުން، ހިމާޔަތް ބޭނުންނުވާ ކަމަށާއި ހިމާޔަތްދޭން ބޭނުންނަމަ ގެކޮޅުގައި ތިއްބެވި އަނބިކަނބަލުންނާއި ދަރިކަލުން ރައްކާތެރިކޮށްދިނުމަށާ ގެ ހިމާޔަތްކޮށްދިނުމަށް އެދިވަޑައިގަންނަވާފައިވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ހިމާޔަތް ދިނުމަށް ސިފައިންގެ ހެޑް ކުއާޓާޒް އަށް ހާޒިރުވުމަށް މޫސާ އަލި ޖަލީލު އެންގެވެމުން، ހިމާޔަތް ދޭން ބޭނުންވާނަމަ ކައިރި ރިސޯޓެއްގައި އެއް ދުވަހު ބަހައްޓާފައި ގެނެއުމަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ. ނަމަވެސް، އެކަން އެގޮތަށް ހަމަނުޖެހޭނެ ކަމަށް މޫސާ އަލީ ޖަލީލު ދެންނެވި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި، މޫސާ އަލީ ޖަލީލު ފިޔަވައި އިތުރު ބޭފުޅަކު އެމަނިކުފާނަށް ގުޅުއްވައި ހިމާޔަތްދިނުމާ ގުޅޭ ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި މޫސާ އަލީ ޖަލީލު ގުޅުއްވި އެންމެ ފަހު ފަހަރު، ދޮރުވައްޓާލުމަށްފަހު ގަދަކަމުން ވަދަގެންވެސް ގެންދަން މަޖުބޫރުވާކަމަށް ވިދާޅުވުމުން، ސިފައިންގެ މަރުކަޒަށް ވަޑައިގަތުމަށް މެންބަރު ނާޒިމްގެ ގެއިން ނިކުމެވަޑައިގެންނެވި ވަގުތު އެ ގޭގެ ބޭރުގައި ސިފައިން ތިއްބެވެ. އަދި ސިފައިންގެ ބަހަކަށް އަރައިވަޑައިގަތުމުން ބަންޑާރަކޮއްޓަށް ގެންގޮސް އެތަނުގައި ބޭންދި ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ބަންޑާރަކޮށީގައި ހުންނަވަނިކޮށް ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވަޑައިގެންނެވި ކަމަށާއި އަދި ޖުލައި 15 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އާރަށަށް ގެންދިޔަ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ. އަދި އާރަށުގައި ބެހެއްޓީ ބަންގަލޯއެއްގައި ކަމަށާއި އެތަނުގައި ވަށައިގެން 100 ފޫޓަށްވުރެ ދުރަށް ވަޑައިނުގަތުމަށް އެންގި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި އާރަށަށް ގެންދިޔަ ނަމަވެސް ފޯނެއް އަތެއް ނުލަ އެވެ. އަދި އެމަނިކުފާނު ބޭނުންފުޅު މީހަކާ ބޭނުންފުޅު ވަގުތަކު ގުޅޭ ކަމަށާއި އެގޮތުން އެކިއެކި ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ސަފީރުންނަށް ގާނޫނާ ޚިލާފަށް ބަންދުކޮށްގެން އުޅޭ ކަމުގެ ޚަބަރު ފޯރުކޮށްދެމުން ވަޑައިގެންނެވި ކަމަށް ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި އާރަށުގައި ބަންދުކޮށްފައި ބެހެއްޓި ނުވަ ދުވަހުގެ ތެރޭގައި އާއިލާއާ ބައްދަކުރެއްވުމަށް ކޮންމެ ދުވަހަކު އެއްގަޑިއިރު ނުވަތަ ދެ ގަޑިއިރު ދިން ކަމަށެވެ. އަދި ވަކީލުންނާ ބައްދަލުކުރެއްވުމަށް ދުވާލަކު 45 މިނެޓް ވެސް ދިން ކަމަށް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، އާރަށުގައި ހުންނަވާތާ ހަވަނަ އަށް ވީ ދުވަހު އެމެރިކާގެ ޑިޕްލޮމޭޓަކު ރައީސް ނަޝީދާއި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދުއާ ބައްދަލުކުރައްވާ ވާހަކަ ދެއްކެވި ފަހުން އަނބިކަނބަލުންނާއި ބޭފުޅުންނާއެކު އާރަށުގައި ތިއްބެވުމުގެ ހުއްދަ ދިން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެމްއެންޑީއެފްގެ ހިމާޔަތުގައި ކަމަށް ބުނެ އެމަނިކުފާނުގެ ނުރުހުމުގައި، އާރަށުގައި ބަހައްޓާ މިނިވަންކަމެއްނެތި އެއްވެސް ކަމެއް ނުކުރެއްވެވޭ ގޮތަށް އަދި އެއްވެސް ތަނަކަށް ވެސް ވަޑައިނުގެންނެވޭ ގޮތަށް ބަހައްޓާފައިވާ ބެހެއްޓުމަކީ ހައްޔަރެއް ކަމަށެވެ. އަދި އެފަދައިން އެމްއެންޑީއެފްގެ ބާރުވެރިކަމުގައި ދަށުގައި މިނިވަންކަން ގެއްލޭ ގޮތަށް ހިމާޔަތް ދިނުމުގެ ނަމުގައި ބެހެއްޓޭނެ ގާނޫނީ އެއްވެސް ހަމައެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ތަހުގީގު ކުރެއްވި އެ މައްސަލައިގައި ދައުވާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީން އާރަށުގައި ބެހެއްޓީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލި ފަހުންނެވެ.

ރައީސް ނަޝީދުގެ ސަރުކާރުން އެއިރު ބުނެފައި ވަނީ ރައީސް ޔާމީން އާރަށަށް ގެންދިޔައީ މާލެ ތެރޭގައި ހާލަތު ނުރައްކާވަމުން ދާތީ ރައީސް ޔާމީންގެ ހަށިފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ފެނުމުން އެ މަޖިލީހުން އެ ގޮތަށް ނިންމުމުން ކަމަށެވެ.

ރައީސް ޔާމީން ބަންދުކުރި މައްސަލައިގައި އެއިރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ވަނީ ޓެރަރިޒަމުގެ ދައުވާ ކޮށްފަ އެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަންތައްތައް ކުރަމުންދާ ކަމަށެވެ.

އެ ހާދިސާ ހިނގިއިރު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޫސާ އަލީ ޖަލީލު ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނަގާފައި ވެއެވެ. ނަމަވެސް، މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކުރަން ފޮނުވާފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު