Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުން

ފުލުހަށް ހާޒިރު ކުރުމަށް ވައިބަރ މެދުވެރިކޮށްވެސް ޗިޓް ފޮނުވާ ގޮތަށް ކަނޑައަޅައިފި

ސޯޝަލް މީޑިޔާގެ ޒަރިއްޔާއިން ޗިޓް ފޮނުވޭނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 ޖޫން 2017 | ބުރާސްފަތި 13:12
ފުލުހުން: މީހުން ހާޒިރުކުރާ އުސޫލު ވަނީ ބަދަލު ކޮށްފައި

ފުލުހުން: މީހުން ހާޒިރުކުރާ އުސޫލު ވަނީ ބަދަލު ކޮށްފައި

އެކިއެކި ކަންކަމުގައި ފުލުސް އޮފީހަށް ހާޒިރު ކުރަން ބޭނުންވާ މީހުންނަށް ހަވާލުކުރާ ޗިޓް ސޯޝަލް މީޑިއާގައި ހިމެނޭ ވައިބަރ މެދުވެރިކޮށްވެސް ފޮނުވޭ ގޮތަށް ފުލުހުންގެ ތަހުގީގަށް އަދި އެ ނޫން ވެސް ބޭނުންތަކަށް މީހުން ހާޒިރު ކުރުމާބެހޭ އުސޫލެއް އެކުލަވާލައިފިއެވެ.

މިގޮތަށް ކަނޑައަޅާފައި މިވަނީ ފުލުހުންގެ އެކިއެކި ތަހުގީގް ތަކަށް ހާޒިރުކުރަން ބޭނުންވާ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިބުމުން ޗިޓް ހަވާލު ކުރެވިފައި ނުވާކަމަށް ފުލުހުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. ފުލުހުން އަލަށް އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި ހާޒިރު ކުރަން ބޭނުންވާ މީހާއާއި ނުވަތަ އެމީހަކު އުޅޭ ތަނެއްގައި އުޅޭ ތަސައްރަފު ފުދިފައިވާ މިހާކާ ޗިޓް ހަވާލު ކުރެވިދާނެއެވެ. އެޗިޓާ ހަވާލުވާ އެފަދަ ފަރާތަކުން އިންކާރު ކުރާ ނަމަ ރަޖިސްޓްރީ ޕޯސްޓުގެ ޒަރިއްޔާއިން ނުވަތަ އެ ނޫން ވެސް އެމީހަކާ އެވަގުތަކު މުއާމަލާތު ކުރެވޭ މުވާސަލާތީ ވަސީލަތެއްގެ ޒަރިއްޔާއިން ޗިޓު ހަވާލު ކުރެވިދާނެއެވެ. އޭގެތެރޭގައި އީމެއިލްއާއި ފެކްސްއާއި ޓެކްސްޓް މެސެޖާއި ފޮޓޯ ފޮނުވޭފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ހިމެނެއެވެ. އެފަދަ ވަސީކަތެއް މެދުވެރިކޮށް ޗިޓު ފޮނުވާ ހާލަތެއްގައި އެމީހަކަށް ޗިޓުގެ ސްކޭން ކޮޕީއެއްގެ ފޮޓޯ ފޮނުވުމުން ޑެލިވަ ކުރެވިއްޖެ ކަމަށް ނުވަތަ ސީން ކަމަށް އޮޓެމެޓިކުން ޖަވާބު ލިބޭ ހާލަތްތަކުގައި ޗިޓު ރައްދުވީ ކަމަށް ބެލެވިދާނެ ކަމަށް އެ އުސޫލުގައިވެއެވެ. އަލަށް އަމަލު ކުރަން ފެށި އުސޫލުގައި 12 މާއްދާއެއް ހިމެނެއެވެ. ފުލުހުންގެ އާއްމު ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޗިޓު ލިބި ހާޒިރު ނުވެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ހާޒިރުވާން އޮންނަ ގަޑީގެ ދެ ގަޑިއިރު ކުރިން އެކަން އަންގަންވާނެއެވެ. ނަމަވެސް އާ އުސޫލުގައި ބުނެފައިވާ ގޮތުގައި އެފަދަ ހާލަތްތަކުގައި އެއްގަޑިއިރުގެ ކުރިން އެންގުމުން ރަނގަޅުވާނެއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

19 ފެބުރުއަރީ 2017
އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު