Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އ.ދ. ގެ އޯޝަން ކޮންފަރެންސް

ކަނޑުތަކުގެ 30 އިންސައްތަ ހިމާޔަތްކޮށް، 100 އިންސައްތަ ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ - ޝައުނާ

އިންސާނުންގެ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ އަސާސީ ކާނާގެ ވަސީލަތްތަކަށް ނުރައްކާވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ޖޫން 2022 | ބުދަ 08:35
އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އ.ދ. ގެ އޯޝަން ކޮންފަރެންސްގެ އާއްމު ބަހުސްގައި ވާހަކަފުޅުދައްކަވަނީ

އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އ.ދ. ގެ އޯޝަން ކޮންފަރެންސްގެ އާއްމު ބަހުސްގައި ވާހަކަފުޅުދައްކަވަނީ

ކަނޑުތަކުގެ 30 އިންސައްތަ ހިމާޔަތްކޮށް، އަދި ކަނޑުތައް 100 އިންސައްތަ ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް، ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، އ.ދ. ގެ އޯޝަން ކޮންފަރެންސްގެ އާއްމު ބަހުސްގައި ދެއްވި ބަޔާނުގައެވެ. 

Advertisement - newsAdvertisement

ޕޯޗުގަލް ސަރުކާރާއި ކެންޔާ ސަރުކާރު ގުޅިގެން ބާއްވާ މިކޮންފަރެންސް ކުރިޔަށްދަނީ، ޖޫން މަހުގެ 27ން ޖުލައި މަހުގެ 1 ވަނަ ދުވަހަށް، ޕޯޗުގަލްގެ ލިޒްބަންގައެވެ. އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ދެއްވި ބަޔާނުގައި ވިދާޅުވީ، "ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމް ވަރކް 2020" އެކުލަވާލުމަށް ފަހުގައި، ކަނޑުތައް ޙިމާޔަތްކުރުމަށްޓަކައި ފައިދާ ކުރަނިވި ހަރުދަނާ އަވަސް ފިޔަވަޅުތައް މިހާރުން މިހާރަށް އަޅަންޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ޝައުނާ ދެއްވި ބަޔާނުގައި، ދިވެހިންގެ ދިރިއުޅުން ކަނޑުތަކުގެ މައްޗަށް ބަރޯސާވެފައިވާވަރު ފާހަގަކުރައްވައި ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤުތިޞާދު ބިނާވެފައި އޮތީ ކަނޑުތަކުގެ މުއްސަނދި ދިރުންތަކުގެ މައްޗަށް ކަމަށާއި، ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ތިންބައިކުޅަ ދެބައި، އަދި ޖީ.ޑީ.ޕީ.ގެ 60 އިންސައްތަ ބަރޯސާވެފައި ވަނީ ކަނޑުގެ ދިރުންތަކަށް ކަމަށެވެ. އަދި ކަނޑުތަކަކީ ރާއްޖޭގެ ރައުސްމާލު ކަމަށާއި، ދުނިޔޭގެ ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަރާތްތައް ޝައުޤުވެރިކުރުވުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދިޔުމަށް ކަނޑުތައް ރައްކާތެރިކުރަންޖެހޭ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިބަޔާނުގައި މިނިސްޓަރު ވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަނޑުތައް ވިހަ މާއްދާތަކުން ތަޣައްޔަރުވަމުން ދިޔުމާއި، މަސްއައިންތައް ދަތުރުކުރާ ގޮތަށް ބަދަލު އައުމާއި، އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ އަސާސީ ކާނާގެ ވަސީލަތްތަކަށް ކުރިމަތިވާނޭ ނުރައްކަލާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މުރަކައިގެ ފަރުތަކަށް ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. އަދި ކަނޑުތަކަށް އުކާލެވޭ ޕްލާސްޓިކް ކުނި ބުނީގެ ސަބަބުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކުގެ ނިޒާމަށް ލިބެމުންދާ ގެއްލުންތައް ފާހަގަކުރައްވާ، ކަނޑުތަކުގެ ދުޅަހެޔޮކަމާއި މުއްސަނދިކަން ދެމެހެއްޓުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރުކޮށްދެއްވުމަށް މިނިސްޓަރު ޝައުނާ ގޮވާލެއްވިއެވެ.

މިނިސްޓަރު ޝައުނާ ފާހަގަކުރެއްވި ގޮތުގައި، ކަނޑުތަކުގެ ދިރުންތައް ނެތިވެ މަރުވަމުންދާއިރު އެކަންކަމަށް އަޅައިނުލައި ދޫކޮށްލައިގެން ތިބުން ދިވެހިން ނޭދޭ ކަމަށާއި، ކަނޑުތަކުގެ ނިޒާމާ ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

މިގޮތުން ރާއްޖޭގައި ޒަމާނުއްސުރެ މަސްވެރިކަން ކުރެވެމުން އައި ގޮތަށް ބަލާއިރު، ދޮށީގެ މަސްވެރިކަން އަމާޒުވަނީ އެބަޔަކު ބޭނުންވާ މަސްތަކެއް ބޭނުމަށްކަން ފާހަގަކުރައްވާ، ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމާއި، ރިޕޯޓް ނުކުރެވޭ އަދި ނުބެލެހެއްޓޭ ގޮތެއްގައި ކުރެވޭ މަސްވެރިކަމަކީ، ރާއްޖެ ފަދަ ކުދި ޤައުމުތަކާއި އައްސޭރި ފަށުގެ މުޖުތަމައުތަކުގެ މަސްވެރިކަމުގެ ސިނާޢަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ. އަދި ރިޕޯޓްނުކުރެވޭ އަދި ބެލެހެއްޓުމެއް ނެތި ޤަވާއިދާ ޚިލާފަށް ކުރެވޭ މަސްވެރިކަން ހުއްޓުވުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު އެކަތިގަނޑަކަށް ވުމަށްވެސް އެކަމަނާ ގޮވާލެއްވިއެވެ. މީގެ އިތުރުން މިނިސްޓަރު ޝައުނާ ވިދާޅުވީ، ދިވެހިރާއްޖެއިން މަސް އެކްސްޕޯޓްކުރާ މައިގަނޑު ބައެއް މާކެޓްތަކުން ނަގާ ޓެރިފް ބޮޑު ކަމަށާއި، ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި އިޤުތިޞާދެއް އޮތް ފުދުންތެރިޤައުމަކަށް ވުމަށްޓަކައި ދުނިޔޭގެ އެހެންޤައުމުތަކުގެ އެއްބާރުލުންވެސް ރާއްޖެއަށް ބޭނުންވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ނިންމެވުމާ އެއްގޮތަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ 13 ބާވަތެއްގެ ޕްލާސްޓިކް ތަކެތި، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ، ރާއްޖޭގެ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި ބޭނުންކުރުން މުޅިން ހުއްޓާލުން ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތަކުގެ 79 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާއިރު އޭގެތެރޭގައި ހިމެނޭ 14 އިންސައްތައަކީ މުރަކައިގެ ފަރުތައް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިޔަށް ގެންދަވައި މިނިސްޓަރު ޝައުނާ ވިދާޅުވީ، ކަނޑުތައް ހިމާޔަތްކޮށް ދެމެހެއްޓުމަކީ އެއް ޤައުމަކަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ކަނޑުތައް ރައްކާތެރި ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުން އަންނަ ގެއްލުންތަކުން އަރައިގަތުމަށް ޤައުމުތަކުން ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަން ޖެހޭ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. މިނިސްޓަރު ޝައުނާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖޭގެ މުރަކައިގެ ފަރުތައް ސަލާމަތް ކުރުމަށްޓަކައި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށްވުރެ މަތިވިޔަނުދީ ހިފެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީޑަރުން އެއްބަސްވީ ދެމެހެއްޓެނިވި ހަމަޖެހުން ހޯދަން: ރައީސް ނަޝީދު

ލީޑަރުން އެއްބަސްވީ ދެމެހެއްޓެނިވި ހަމަޖެހުން ހޯދަން: ރައީސް ނަޝީދު

03 ޖުލައި 2017
 އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވޭނެބާ؟

އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވޭނެބާ؟

29 ޖޫން 2017
ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

17 ޖޫން 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
ރިލްވާނު ގެއްލުވާލިތާ 1000 ދުވަސް ފުރޭއިރު އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން: ރިލްވާނުގެ މަންމަ

ރިލްވާނު ގެއްލުވާލިތާ 1000 ދުވަސް ފުރޭއިރު އެންމެ ބޮޑު ހިތާމައަކީ ދަރިއެއް ފަދަ ޔާމީން މަރާލާފައިވުން: ރިލްވާނުގެ މަންމަ

04 މެއި 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު