Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ހޮސްޕިޓަލް

އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވޭނެބާ؟

29 ޖޫން 2017 | ބުރާސްފަތި 07:42

އައްޑޫ ސިޓީ ހޮސްޕީޓަލްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 29 ޖޫން 2017 | ބުރާސްފަތި 07:42
އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އިކްއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)

އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އިކްއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)

އައްޑޫ ސިޓީގައި ގާއިމްކުރުމަށް ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އައްޑޫ ސިޓީގެ ހިތަދޫގައި ހަދާފައިވާ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ހެދުމަށް ނިންމައިފައިވާކަން ސަރުކާރުން އިއުލާން ކުރީ ފެބްރުއަރީ 22، 2016 ވަނަ އަހަރުއެވެ.

ސަރުކާރުން މިގޮތަށް ނިންމާފައިވާ ކަން ހާމަކުރީ ކޮންވެންޝަން ސެންޓަރާ ގުޅޭގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހުގެ ޖަލްސާއެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ކޮންވެންޝަން ސެންޓަރުގައި 100 އެނދުގެ ހޮސްޕިޓަލް ހެދިދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ކަމުގެ ތަޖުރިބާކާރުން ފަންނީ ލަފާ ދެއްވާފައިވާތީ އެ ހޮސްޕިޓަލް އެތަނުގެ ހެދުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. އަދި އެމަސައްކަތް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައި ވާތީ މިނިސްޓްރީގައި އެކަމަށް ހާއްސަ ޔުނިޓެއް ގާއިމްކޮށްގެން އެމަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ ކޮންވެންޝަން ސެންޓަރުގައި ހޮސްޕިޓަލް ހަދާއިރު ހޮސްޕިޓަލްގެ ބޭނުމަށް އެސަރަހައްދުގެ ބިން ބޭނުން ކުރާނެ ކަމަށާއި އަދި އިތުރު އިމާރާތެއް ވެސް ހޮސްޕިޓަލްގެ ބޭނުމަށް އެތަނުގައި ހަދާނެ ކަމަށެވެ. އަދި ހޮސްޕިޓަލް ނިމޭއިރު އެތަނުގައި ބައެއް ރެކްރިއޭޝަން ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް އެޅުމަށް ބޭރުން ލިބެން ބޭނުންވާ 20 މިލިއަން ޑޮލަރު ސައުދީ ފަންޑާއި އޯޕެކް ފަންޑުން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ސައުދީ ފަންޑުން 12 މިލިއަން ޑޮލަރު ލިބިފައިވާއިރު ބާކީ ބައި ހަމަޖެހިފައިވަނީ ކުވެއިތު ފަންޑުން ކަމަށާއި އެއީ ގާތްގަނޑަކަށް ދެ ޕަސަންޓްގެ އިންޓްރެސްޓް ރޭޓުގައި ލިބުނު ލޯނު އެހީއެއް ކަމުގައި ވެސް ސަރުކާރުން ބުނެފައިވެ އެވެ.

އައްޑޫ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެފައި ވަނީ އައްޑޫ ހޮސްޕިޓަލްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ހައުސިން މިނިސްޓްރީން ހަވާލު ކޮށްފައިވާ އެލިއެއާ ކޮންސްޓްރަކްޝަން އިން ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.

މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް މިހާތަނަށް ނިމިފައިވާ މަސައްކަތުގެ އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

އެލިޔާ އިން ވަރަށް ބާރަށް މަސައްކަތް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިޔަސް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތެއް ކުރަމުންދާކަން ކޮންވެންޝަން ސެންޓަރު ހުރި ސަރަހައްދުން މިހާތަނަށް ފެންނަން ނެތް ކަމަށާއި ނަމަވެސް އެ ސަރަހައްދުގައި ހައުސިން މިނިސްޓްރީގެ ބޭނުމަށް ތަނެއް ހަދަމުންދާ ކަމަށެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ހޮސްޕިޓަލާ ގުޅުން ހުރި ތަނެއް ނޫނެވެ.

ސޯބެ ވިދާޅުވީ ކޮންވެންޝަން ސެންޓަރުގެ އެތެރެ މުޅިން ރޫޅާލާފައިވާ ކަމަގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ހަވާލުކުރިތާ ނުވަ މަސް ވެގެން ދިޔައިރު ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަދާކަން ކައުންސިލަށް އެނގިފައި ނުވާ ކަމަށެވެ.

ސޯބެ ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެއްވެސް މައުލޫމާތެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އައްޑޫ ސިޓީގައި ސަރުކާރުން އެޅުމަށް އިއުލާންކޮށްފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތްތައް ކުރުމަށް ރާއްޖޭގައި އެންމެ ދުވަސްވީ އަމިއްލަ ކުންފުނި، އެލިއާ ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މި މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ޝަރުތުކޮށް އެލިއާއާ ހަވާލުކުރީ 161.8 މިލިއަން ރުފިޔާއަށެވެ. އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތްތައް ނިންމާލުމަށް ފަހު މެއި 8، 2018ގައި އިމާރާތް ސަރުކާރާ ހަވާލުކުރަން ޖެހޭނެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން ދެއްވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރުގައި ހެދުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލް ނިންމައި އަންނަ އަހަރުގެ ތެރޭގައި އެތަން ހުޅުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް