Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ލީޑަރުން އެއްބަސްވީ ދެމެހެއްޓެނިވި ހަމަޖެހުން ހޯދަން: ރައީސް ނަޝީދު

3 ޖުލައި 2017 | ހޯމަ 17:55

މި ރާއްޖޭގެ ސިޔާސީ ވެރިންނަށްވެސް ގިނަ ތަޖުރިބާތަކެއް ލިބިގެން ހިގައްޖެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 3 ޖުލައި 2017 | ހޯމަ 17:55
ރައީސް މުހައްމަދު ނަޝީދާއި ރައީސް ރައީސް މައުމޫން

ރައީސް މުހައްމަދު ނަޝީދާއި ރައީސް ރައީސް މައުމޫން

ސިޔާސީ ހަތަރު ލީޑަރުން އެއްބަސްވެވަޑައިގަތީ ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ހަމަޖެހުމެއް ހޯދައި ދިނުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު، މާފަންނު ކުނޫޒްގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނާއި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ ގައުމަށް ދެމެހެއްޓެނިވި ހަމަޖެހުމެއް ގެނައުމަށް މާޗްމަހުގައި އެއްބަސްވުމެއްގައި ސޮއި ކުރައްވާފައި ކަމަށެވެ.

Advertisement - newsAdvertisement

އެ އެއްބަސްވުމުގައި ސިޔާސީ ޕާޓީތަކާއި ސިޔާސީ ހުރިހާ ފިކުރެއްގެ ފަރާތްތަކުން ކުރި މަޝްވަރާތަކެއްގެ މައްޗަށް ބިނާކޮށް އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތާއި ސިޔާދަތާއި ބިންބިމާއި ފަޅުތަކާއި ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ހިމާޔަތްކޮށް، ސިޔާސީ ނުތަނަވަސް ކަމަށް ހައްލެއް ހޯދައި ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަމުންދާ މަދަނީ އަދި ސިޔާސީ ހައްގުތަށް ހިމާޔަތްކޮށްދީ، ސިޔާސީ ސަބަބުތަކަށްޓަކައި ނުހައްގުން ހައްޔަރުކޮށްފައިވާ ފަރާތްތައް މިނިވަންކޮށް، ނުހައްގުން ނިއުޅައިގެންފައިވާ މުދާ ރައްޔިތުންނަށް އަނބުރައި ހޯދައިދީ، ގައުމާއި ރައްޔިތުންނަށް ތަރަށްގީ ހޯދައިދީ، މި ގައުމަށް ދެމެހެއްޓެނިވި ހަމަޖެހުމެއް ހޯދައި ދިނުމަށް ވާނީ އެއްވަސްވެވަޑައިގެނަފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް އެކަންކަން ކަށަވަރުކޮށްދިނުމަށްކަމަށް މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވިއެވެ. ލީޑަރުންގެ އެއްބަސްވުމަށް ފަހު، މަޖިލީހުގައި ތަމްސީލްކުރާ މެންބަރުންގެ މެދުގައިވެސް މެއި މަހު ވާނީ އެބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ. އެ އެއްބަސްވުން ވެވުނީ ލީޑަރުންގެ އެއްވަސްވުމަށް ބާރު ދިނުމުގެ ގޮތުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަސު ސޯލިހާއި، ޕީޕީއެމްގެ ފަރާތުން އަހުމަދު ފާރިސް މައުމޫނާއި އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން އަބުދުﷲ ރިޔާޒާއި، އަދި އަދާލަތުގެ ފަރާތުން އަނާރާ ނައީމް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ވޭތުބެ ދިޔަ 15 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށާއި، މި ރާއްޖޭގެ ސިޔާސީ ވެރިންނަށްވެސް ގިނަ ތަޖުރިބާތަކެއް ލިބިގެން ހިގައްޖެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންގައުމުތަކުގައި އެތައް ޒަމާނަކުން ހިނގާނެ ކަންކަން، މި ރާއްޖޭގައި ވަރަށް ކުރު މުއްދަތުގައި ހިނގައިގޮސްފިކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެކަންކަމުން ވަރަށް އިބުރަތްތެރި ފިލާވަޅެއް ލިބިގެން ހިނގައްޖެ ކަމަށެވެ. އެ ފިލާވަޅުތައްކުގެ ބޭނުން ކޮށްގެން ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގެ މިސްރާބު ހިފުން މުހިއްމުކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދު އެ ބޭފުޅުން ސިޔާސީ ގޮތުން އެކައްޗެެއް ކިޔާ ނުކުންނެވީ، ރާއްޖޭގެ ރައްޔިތުން އެދޭ ފަދަ ތަނަވަސްކަން ހޯދައިދެވެން އޮތީ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެންކަމަށްވާތީ އެ ބަދަލަކަށް މި ރާއްޖެ ގެންދިއުމަށްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތެއް މިއަދު އިިދިކޮޅު ފަރާތްތަކަށް ލިބިފައިވާކަމަށާއި، މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުގެ ކުރީގައި، ރަށުކައުންސިލްތަކާއި، އަތޮޅު އަދި ސިޓީ ކައުންސިލްތަކާއެކު އިދިކޮޅު ފަރާތްތަކުން ވަރަށް ތަނަވަސް ކާމިޔާބީއެއް ވަނީ ހޯދާފައިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ކާމިޔާބީއާއެކު މި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ރަަނގަޅު ދިރިއުޅުމެއް ހޯދައި ދިނުމަށް ކުރާ މަސައްކަތް ކާމިޔާބުވެގެންދާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
24 ޖެނުއަރީ 2017

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް