Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓަރ މާރިޔާ

ސިޔާސީ ސަބަބުތަކަށްޓަކައި ދަރިންނާއި ބެހުން ހުއްޓަން ޖެހޭ: މިނިސްޓަރ މާރިޔާ

ކޮންމެ ވާހަކައެއްގެ ތެރެއަށް ދަރިންނޭ ކިޔައިން ހެޑްލައިން ހެދޭތޯ ބައެއް މީހުން ބަލާ ކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ޖޫން 2022 | ހޯމަ 10:30
ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ

ސިޔާސީ ސަބަބުތަކަށްޓަކައި ދަރިންނާއި ބެހުން ހުއްޓަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރެއްވި ޓުވީޓެއްގައި މާރިޔާ ވިދާޅުވީ ކޮންމެ ވާހަކައެއްގެ ތެރެއަށް ދަރިންނޭ ކިޔައިން ހެޑްލައިން ހެދޭތޯ ބައެއް މީހުން ބަލާ ކަމަށެވެ. އަދި މިއީ ސިޔާސީ ދާއިރާގައި އުޅޭ އަންހެނުންނަށް ކުރާ ދުއްތުރާއެއްގެ ގޮތުގައި މާރިޔާ ވަނީ ސިފަ ކުރައްވާފައެވެ.

މާރިޔާ މިހެން ވިދާޅުވީ މެސެޖެއްގެ ސްކްރީން ޝޮޓެއް ހިއްސާ ކުރައްވަމުންނެވެ. އެ މެސެޖުގައި ވަނީ މާރިޔާގެ ފިރިހެން ދަރިފުޅު ބަންގްލަދޭޝް މީހަކާއެކު ބަދުއަހްލާޤީ އަމަލު ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއާ ގުޅިގެން އިންޒާރު ލިބެމުންދާތީ އެކަން ބެލުމަށްޓަކައި އިންޑިއާގެ ޓީމަކުން ރާއްޖެ އައިސްފައިވޭތޯ ވަނީ ސުވާލު އުފައްދާފައެވެ.

މި މެސެޖަށް ރައްދު ދެއްވާ މާރިޔާ ވިދާޅުވީ ދަރިފުޅަށް އެއްވެސް މީހަކު ބްލެކްމެއިލް ނުކުރާ ކަމަށެވެ. އަދި ދަރިފުޅު ބަދުއަހްލާޤީ އަމަލު ހިންގާ ކަމަށް ތުހުމަތު ކުރެވޭ އެއްވެސް ވީޑިއޯއެއްް ވެސް ނެތް ކަމަށެވެ.

މާރިޔާ މިހެން ވިދާޅުވެފައިވާއިރު ސޯޝަލް މީޑިއާގައި އެކި މީހުންގެނަމުގައި ވީޑިއޯތަކާއި ފޮޓޯތައް ދަނީ ދައުރު ކުރަމުންނެވެ. ފުލުހުން ވަނީ ދާދިފަހުން އެއް ޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުވުމާއި ގުޅިގެން ޤާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ ޕާސްޕޯޓު ހިފަހައްޓާފައެވެ.

އޭނާ ފުރުން މަނާކޮށްފައިވާއިރު، އޭނާގެ މައްޗަށް ތަހުގީގު ހިންގަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ހިމެނޭ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ. ހަމައެއާއެކު، ފުލުހުންނަށް ހުށައެޅިފައިވާ ބްލެކްމެއިލިންގ ގެ މައްސަލައެއްވެސް ތަހުގީގު ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީ

އިތުރަށް ކިޔާލަން

11 މެއި 2024

ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ

11 މެއި 2024
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
30 އޯގަސްޓު 2023

އިދިކޮޅު ފަރާތްތަކުން، އިންތިޚާބު އޮޅުވާލާނެ ކަމަށް ތުހުމަތުކުރަނީ ބަލިވާނެކަން ޔަގީންވާތީ: މާރިޔާ

30 އޯގަސްޓު 2023
އިދިކޮޅު ފަރާތްތަކުން، އިންތިޚާބު އޮޅުވާލާނެ ކަމަށް ތުހުމަތުކުރަނީ ބަލިވާނެކަން ޔަގީންވާތީ: މާރިޔާ
29 އޯގަސްޓު 2023

ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާގެ ކަންކަމުގެ ތެރޭގައި ނޯންނާނެ: މާރިޔާ

29 އޯގަސްޓު 2023
ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާގެ ކަންކަމުގެ ތެރޭގައި ނޯންނާނެ: މާރިޔާ
11 އޯގަސްޓު 2023

އިދިކޮޅު ލީޑަރޝިޕުން ހިތްވަރު ލިބިގެން ވިލިނގިލީގައި ޕީޕީއެމްގެ ސަޕޯޓަރުން ކުރި ކަންކަން ރައީސްގެ ކެމްޕޭން އޮފީހުން ކުށްވެރިކޮށްފި

11 އޯގަސްޓު 2023
އިދިކޮޅު ލީޑަރޝިޕުން ހިތްވަރު ލިބިގެން ވިލިނގިލީގައި ޕީޕީއެމްގެ ސަޕޯޓަރުން ކުރި ކަންކަން ރައީސްގެ ކެމްޕޭން އޮފީހުން ކުށްވެރިކޮށްފި
11 އޯގަސްޓު 2023

މިހާރު ވެސް ޕީޕީއެމްގެ ގިނަ މީހުން ދަނީ އެމްޑީޕީއާ ގުޅެމުން: މާރިޔާ

11 އޯގަސްޓު 2023
މިހާރު ވެސް ޕީޕީއެމްގެ ގިނަ މީހުން ދަނީ އެމްޑީޕީއާ ގުޅެމުން: މާރިޔާ
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
08 އޯގަސްޓު 2023

އަނިޔާވެރިކަމުން ދުރުވެ، ޑިމޮކްރަޓިކް ހަމަތައް އިސްކުރައްވާ: މިނިސްޓަރ މާރިޔާ

08 އޯގަސްޓު 2023
އަނިޔާވެރިކަމުން ދުރުވެ، ޑިމޮކްރަޓިކް ހަމަތައް އިސްކުރައްވާ: މިނިސްޓަރ މާރިޔާ
05 އޯގަސްޓު 2023

ނައިބުރައީސް ފައިސަލް އަދި އަސްލަމްއަށް މާރިޔާ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި

05 އޯގަސްޓު 2023
ނައިބުރައީސް ފައިސަލް އަދި އަސްލަމްއަށް މާރިޔާ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި
25 މެއި 2023

ހައުސިންގ އެލަވަންސާއި ސިއްޙީ މައްސަލަތަކުގައި ސިފައިންނަށް ދޭ ޗުއްޓީގެ އުސޫލަށް ވަނީ ހޮޔޮ ބަދަލުތަކެއް ގެނެސްފައި - މާރިޔާ

25 މެއި 2023
ހައުސިންގ އެލަވަންސާއި ސިއްޙީ މައްސަލަތަކުގައި ސިފައިންނަށް ދޭ ޗުއްޓީގެ އުސޫލަށް ވަނީ ހޮޔޮ ބަދަލުތަކެއް ގެނެސްފައި - މާރިޔާ
23 މެއި 2023

މޮންޓާނާގެ ނޭޝަނަލް ގާޑްގެ އެޖުޖެންޓް ޖެނެރަލް މިނިސްޓަރު މާރިޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

23 މެއި 2023
މޮންޓާނާގެ ނޭޝަނަލް ގާޑްގެ އެޖުޖެންޓް ޖެނެރަލް މިނިސްޓަރު މާރިޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު