Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައިސަލް އަދި އަސްލަމް އަށް މާރިޔާ ތައުރީފް ކުރެއް

ނައިބުރައީސް ފައިސަލް އަދި އަސްލަމްއަށް މާރިޔާ ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި

އަސްލަމްއަކީ ސިޔާސީ ދާއިރާގައި ތަޖުރިބާ ހުރި ވިސްނުންތޫނު، އިތުބާރު ކުރެވޭ ބޭފުޅެއް

އަމްނާ އިމާދު
އަމްނާ އިމާދު | 5 އޯގަސްޓު 2023 | ހޮނިހިރު 16:26
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސްޕޯކްޕާޝަން މާރިޔާ އަހުމަދު ދީދީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސްޕޯކްޕާޝަން މާރިޔާ އަހުމަދު ދީދީ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރަނިންމޭޓު، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއަކީ ސިޔާސީ ދާއިރާގައި ތަޖުރިބާ ހުރި އިތުބާރު ލިބިފައިވާ ބޭފުޅެއް ކަމަށް މާލޭ އޭރިޔާގެ ކޯޑިނޭޓަރ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސްޕޯކްޕާޝަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިހާރު ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މާރިޔާ ވަނީ އަސްލަމްއަށް މަރުހަބާ ދަންނަވާ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސެވި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއަކީ ސިޔާސީ ދާއިރާގައި ތަޖުރިބާ ހުރި ވިސްނުންތޫނު، އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރަމުންގެންދަވަނީ ވެސް އަސްލަމްކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ މަގާމުގެ ޒިންމާ ވަރަށް ރަނގަޅަށް އަދާކުރައްވާ ކަމަށެވެ. އަދި މިއީ އަސްލަމް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާތާ ހަތަރު ވަނަ ދައުރު ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވަނީ މިހާރުގެ ނައިބުރައީސް ފައިސަލްގެ މަސައްކަތްްޕުޅު ވެސް ފާހަގަކުރައްވައި ތަރުއީފް ކުރައްވާފައެވެ.

މާރިޔާ ވިދާޅުވީ ނައިބުރައީސް ފައިސަލް އަކީ އިބްރާހިމް މުހައްމަދު ސާލިހަށާއި، ރައްޔިތުން ހިތްހެޔޮ، ތެދުވެރި އިހްލާސްތެރި ބޭފުޅެއް ކަމަށެވެ. ނައިބުރައީސް ފައިސަލް ގެންދަވަނީ އަމާނާތްތެރިކަމާ އެކު ނައިބު ރައީސް ކަން ކުރެއްވުމުގައި ނަމޫނާ ދައްކަވަމުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ރަނިންމޭޓެއްގެ ގޮތުގައި 2018 ވަނަ އަހަރު ފައިސަލް ހަމަޖައްސާފައި ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައެވެ.

މިފަހަރު ރައީސްގެ ރަނިންމޭޓަކަށް އަސްލަމް ހަމަޖައްސަވާފައިވާއިރު، އެކަން ވަނީ ނައިބުރައީސް ފައިސަލްއަށް ވެސް އަންގަވާފައެވެ. އަސްލަމް ރަނިންމޭޓަކަށް ކަނޑައަޅުއްވާފައިވަނީ ކޯލިޝަންގެ އިސްވެރިންނާއި، އެމްޑީޕީގެ އިސް ބޭފުޅުންނާއި ރައީސް މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

މިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީމެމްބަރު މުހައްމަދު އަސްލަމްނައިބު ރައީސް, ފައިޞަލް ނަސީމް

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
20 މެއި 2024

ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި

20 މެއި 2024
ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
11 މެއި 2024

ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ

11 މެއި 2024
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
12 އެޕްރީލު 2024

އެމްޑީޕީ މެޖޯރިޓީ އޮވެ ރައީސް މުއިއްޒަށް މަޖިލީހުން އެއްބާރުލުން ނުދިނީ ކޮންކަމެއްގައިތޯ :އަސްލަމް

12 އެޕްރީލު 2024
އެމްޑީޕީ މެޖޯރިޓީ އޮވެ ރައީސް މުއިއްޒަށް މަޖިލީހުން އެއްބާރުލުން ނުދިނީ ކޮންކަމެއްގައިތޯ :އަސްލަމް
01 ޖެނުއަރީ 2024

ރަސްމީ ދަތުރުފުޅެއްގައި އަސްލަމް ޔުގެންޑާއަށް

01 ޖެނުއަރީ 2024
ރަސްމީ ދަތުރުފުޅެއްގައި އަސްލަމް ޔުގެންޑާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު