Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު

އިދިކޮޅު ލީޑަރޝިޕުން ހިތްވަރު ލިބިގެން ވިލިނގިލީގައި ޕީޕީއެމްގެ ސަޕޯޓަރުން ކުރި ކަންކަން ރައީސްގެ ކެމްޕޭން އޮފީހުން ކުށްވެރިކޮށްފި

ކެމްޕޭން ކުރުމަށް ޕާޓީތަކުން ފުރުސަތު ދިނުމަށް ވަނީ ގޮވާލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2023 | ހުކުރު 14:39
ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ

ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކެމްޕޭނަށް ވިލިނގިއްޔަށް ވަޑައިގަތުމުން، އިދިކޮޅު ޕީޕީއެމް މެންބަރުން ހިންގި ހަމަ ނުޖެހުން އިބޫ/އަސްލަމް 2023 ކެމްޕޭން އޮފީހުން ކުށްވެރިކޮށްފިއެވެ.

ރިޔާސީ ކެންޑިޑޭޓްގެ ސްޕޯކްސް ޕާސަން މާރިޔާ އަހުމަދު ދީފީ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ ކެމްޕެއިންގައި ޕީޕީއެމްގެ ސަޕޯޓަރުން ގއ. ވިލިނގިލީގައި ހިންގި އަނިޔާވެރި އަމަލުތައް ކުށްވެރިކުރާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހުވަދުއަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުގެ ތެރެއިން ވިލިނގިއްޔަށް ވަޑައިގަތުމުގެ ކުރިން ޕީޕީއެމް ޓީޝާޓް ލައިގެން ޕީޕީއެމްގެ ދިދަ ހިފައިގެން ތިބި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުން ކޯޑަން ކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަންނަން މަސައްކަތްކޮށްފައެވެ. އެތަނުގެ ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރަމުން ދިޔަ ފުލުހުންނާ މުޒާހަރާގެ ބައިވެރިން ކުރިމަތިލާން ޖެހުނުކަމަށް ބުނެފައިވެއެވެ.

ތަރުޖަމާނު މާރިޔާ ދީދީ ވަނީ ރައީސް ޞާލިހު ވާހަކަ ދައްކަވަން ހަމަޖެހިފައި އޮތް، ގދ. މަޑަވެލީގެ ބައްދަލުވުން ބާއްވާ ތަނުގައި ޕީޕީއެމްގެ ސަޕޯޓަރުން އަލިފާން ރޯކޮށްލާފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސްގެ ކެމްޕޭން އޮފީހުން ވަނީ އަނިޔާވެރިކަމުން ދުރުހެލިވެ، ޑިމޮކްރެޓިކް ޕްރޮސެސްތަކަށް ޖާގަ ދިނުމަށް ޕީޕީއެމްއަށް ގޮވާލާފައެވެ.

ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވީ، މި އަހަރު ރިޔާސީ އިންތިހާބުގައި ރެކޯޑް އަދަދަކަށް ކެންޑިޑޭޓުން ވާދަކުރާކަމީ ޑިމޮކްރަސީގެ ދިރުމެއް ހުރިކަމުގެ ހެކިތަކެއް ކަމަށެވެ. ސަރުކާރުން އަޒުމް ކަނޑައަޅާފައިވަނީ ހުރިހާ ކެންޑިޑޭޓުންނަށް މިނިވަންކަމާއެކު ކެމްޕޭންކުރުމަށް ޖާގަ ދިނުމަށް ކަމަށް ބުނެފައިވެއެވެ.

އަދި ރައީސްގެ ކެމްޕޭނުން ގަބޫލުކުރާ ގޮތުގައި ވިލިނގިލީގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނަށް ޕާޓީގެ ލީޑަޝިޕުން ހިތްވަރު ލިބިގެން އެކަން ކުރިއިރު، ހުރިހާ ޕާޓީތަކަށް ގޮވާލަނީ ލީޑަޝިޕުން ނަމޫނާ ދައްކައި، އިންސާފުވެރިކަމާއި ޑިމޮކްރަސީގެ އުސޫލުތަކާ އެއްވަރަށް ހުރިހާ ކެންޑިޑޭޓުންނަށް ސުލްހަވެރިކަމާއެކު ކެމްޕޭން ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް ބުނެފައިވެއެވެ.

މާރިޔާ ވިދާޅުވީ އަނިޔާވެރިކަމާއި ހަމަނުޖެހުން ހިންގުމަކީ ތިމާގެ ހިޔާލު ފޯރުކޮށްދިނުމަށް ނުވަތަ ސިޔާސީ ތާއީދު ހޯދުމަށް އޮތް ޕްލެޓްފޯމްތަކެއް ނޫން ކަމަށެވެ.

މިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއުފާވެރި އަމާން ރާއްޖެ2023 ރިޔާސީ އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު