Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އދ ގެ ޔޫތު އެންޑް އިނޮވޭޝަން ފޯރަމް

އަޅުގަނޑުމެންގެ ކަނޑުތަކާއި ދުނިޔެ ސަލާމަތް ކޮށްދެވޭނީ މިއަދުގެ ޒުވާނުންނަށް: ގުޓަރެސް

ފްރާންސްގެ އޭރިއާއަށް ވުރެބޮޑު ޕްލާސްޓިކް ކުނީގެ ގޮނޑެއް މިހާރުވެސް ޕެސިފިކް ކަނޑުގެ އަޑީގައި އެބައޮތްކަމަށް ގުޓަރެސް ވިދާޅުވި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 27 ޖޫން 2022 | ހޯމަ 09:58
ޔޫ.އެން ޔޫތު އެންޑް އިނޮވޭޝަން ފޯރަމްގެ ބައިވެރިންނާއެކު ގުޓަރެސް

ޔޫ.އެން ޔޫތު އެންޑް އިނޮވޭޝަން ފޯރަމްގެ ބައިވެރިންނާއެކު ގުޓަރެސް

އަޅުގަޑުމެންގެ ކަނޑުތަކާއި ދުނިޔޭގެ އަންނަން އޮތް މުސްތަގްބަލް ސަލާމަތް ކޮށްދެވޭނީ މިއަދުގެ ޒުވާން ޖީލަށް ކަމުގައި އދގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ. ޕޯޗުގަލްގައި މިހާރު ކުރިޔަށްދާ އދގެ ޔޫތު އެންޑް އިނޮވޭޝަން ފޯރަމްއާ މުޚާތަބް ކުރައްވާ ގުޓަރެސް ވަނީ ކަނޑުތައް ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތުގައި އެބޭފުޅާގެ ޖެނަރޭޝަނުން މާ "ސްލޯ" އީ ކަމަށްވިދާޅުވެ ޒުވާނުން މިކަމުގައި އިސްނަގައި ހަލުވި މަސައްކަތްތަކެއް ކުރުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ.

އާދީއްތަ ދުވަހު ފެށުނު ދެދުވަހުގެ ބައްދަލުވުމުގައި ދުނިޔޭގެ 165 ގައުމަކުން އެތައްސަތޭކަ ޒުވާނުން ދަނީ ބައިވެރިވަމުންނެވެ. ކަނޑުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ސަތޭކަ އެޑްވޮކޭޓުންނާ މުޚާތަބް ކުރައްވާ ގުޓަރެސް ވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ޖެނަރޭޝަން ނުވަތަ ޖީލުގެ ފަރާތުން ޒުވާނުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.

ގުޓަރެސް ނިސްބަތްވެވަޑައިގަންނަވާ ލިޒްބަންގައި އެމަނިކުފާނުގެ ހޯމްސިޓީއާއި މާދުރުނޫން ހިސާބެއްގައި ކުރިޔަށްދާ ހަރަކާތުގައި ބައިވެރިވެވަޑައިގެން ގުޓަރެސްވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު ތިންކަމެއްގައި މިއަދުގެ ވެރިން ފިޔަވަޅުއެޅުން ލަސްކުރީ، ނުވަތަ ފިޔަވަޅު އަޅަން ބޭނުން ނުވީ ކަމަށް ވިދާޅުވެފައެވެ. އެތިން ދާއިރާއަކީ ކަނޑުތައް ސަލާމަތް ކުރުމާއި، މޫސުމަށް އަންނަ ބަދަލުތައް އަދި ބަޔޯޑައިވަރސިޓީ ކަން ފާހަގަކުރެއްވިއެވެ.

ގުޓަރެސް ވިދާޅުވީ މިއަދު މިވަގުތުވެސް ޕެސިފިކް ކަޑުގައި ފްރާންސްގެ ސަރަހައްދަށް ވުރެބޮޑު ޕްލާސްޓިކްގެ ބޮޑު ގޮނޑެއް އެބައޮތް ކަމަށާއި، އެހެންކަމާއެކުވެސް އަޅުގަޑުމެން މިހާރުވެސް އަހަރަކު 8 މިލިއަން ޓަނުގެ ޕްލާސްޓިކް ކުނި ކަނޑަށް އަޅަމުން އެބަދާކަމުގައެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ޒުވާނުންނަށް ވާރުތަވާނީ މައްސަލަތަކުން ފުރިފައިވާ ދުނިޔެއެއްކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މިކަން އަނބުރާލުމަށް ޒުވާނުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެވެންހުރި ހުރިހާ ގޮތަކަށް ކުރަން އެބަޖެހޭ ކަމުގައި ވިދާޅުވިއެވެ.

މިހަރަކާތުގައި މޫވީ ސްޓަރ އަދި އޯޝަން އެކްޓިވިސްޓް ޖޭސަން މޮމޮއާގެ އިތުރުން އދ ގެ ކަނޑުތަކާބެހޭ ޚާއްސަ އެންވޯއީ ޕީޓަރ ތޮމްސަން ބައިވެރިވެފައިވެއެވެ.

މި ހަރަކާތުގައި "ނޭޗަރސް ބެޓަން" ނުވަތަ ދަންމަރު ގައުމުތަކަށް ފޮނުވާނެ ގޮތް ވެސް ކަނޑައެޅިގެން ދާނެއެވެ. މިފަދަ ދަންމަރެއްގެ ބޭނުމަކީ ދުނިޔޭގެ ކަންޑުތައް ސަލާމަތް ކުރުމުގެ މަސައްކަތާއި ތިމާވެށީގެ ހާލަތަށް ވީހާވެސް ބޮޑަށް އެންމެންގެ ސަމާލުކަން ގެނައުމެވެ.

އެންޓޯނިއޯ ގުޓަރޭޒް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ރަފާ ހިފުން ވެގެން ދާނީ ތަހައްމަލު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކަށް: އދ ގެ ސެކްރެޓަރީ ޖެނެރަލް

އިޒްރޭލުން ރަފާ ހިފުން ވެގެން ދާނީ ތަހައްމަލު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކަށް: އދ ގެ ސެކްރެޓަރީ ޖެނެރަލް

01 މެއި 2024
ހަނގުރާމަ ހުއްޓާލުމަށް ކުރައްވާ މަސައްކަތްޕުޅު ހުއްޓައި ނުލައްވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ

ހަނގުރާމަ ހުއްޓާލުމަށް ކުރައްވާ މަސައްކަތްޕުޅު ހުއްޓައި ނުލައްވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ

10 ޑިސެމްބަރު 2023
ޣައްޒާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަލާމަތަށް ނުރައްކާވެދާނެކަމުގެ އިންޒާރު އދ.ގެ ވެރިޔާ ދެއްވައިފި

ޣައްޒާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަލާމަތަށް ނުރައްކާވެދާނެކަމުގެ އިންޒާރު އދ.ގެ ވެރިޔާ ދެއްވައިފި

07 ޑިސެމްބަރު 2023
ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޢުދުވާންތަކާއި ގުޅިގެން އަނެއްކާވެސް އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޢުދުވާންތަކާއި ގުޅިގެން އަނެއްކާވެސް އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

01 ނޮވެމްބަރު 2023
ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް

ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް

27 މާރިޗު 2023

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު