Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަސްގެ އަމާޒު

ގަދަ ހަތަރެއްގެ އަމާޒަށް އަދިވެސް ބަދަލެއް ނާދޭ- އިންމަ

ސަސްއަށް ދެބުރުން ލިބުނީ 14 ޕޮއިންޓް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 27 ޖޫން 2022 | ހޯމަ 09:37
ސަސްގެ ކޯޗު އިންމަ

ސަސްގެ ކޯޗު އިންމަ

ސީޒަން ފެށީ ގަދަ ހަތަރެއް އަމާޒަކަށް ހަދައިގެން ކަމަށާއި, އެވިސްނުމަށް އަދިވެސް ބަދަލު ނާންނަކަމަށް ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) ގެ ކޯޗު އިސްމާއީލް މަހުފޫޒު (އިންމަ) ބުނެފިއެވެ.

ދެވަނަ ބުރުގެ މެޗުތައް ނިންމާލުމަށްފަހު "ރާއްޖެއެމްވީ"އާ ވާހަކަދައްކަމުން އިންމަ ބުނީ މިވަގުތު ގަދަ ހަތަރަކުން ބޭރުގައި އޮތަސް ކުރީގައި އޮތް އެހެން ޓީމްތަކާ ދެމެދު މާބޮޑު ފަރަޤެއް ނެތުމުން ވިސްނުމަށް ބަދަލެއް ނާންނަކަމަށެވެ. އެކަމަކު އެއަމާޒަށް ވާސިލްވެވޭނީ ހުރިހާ ކުޅުންތެރިންވެސް ޓީމެއްގެ ގޮތުގައި ރަނގަޅަށް މަސައްކަތްކޮށްގެންކަން އިންމަ ބުންޏެވެ. ކުޅުންތެރިން ފުލް ކޮމިޓްމަންޓްދީ, ރަނގަޅަށް މަސައްކަތްކުރަން ބޮޑަތި ގޮންޖެހުންތަކެއް ހުރިކަންވެސް އިންމަ ފާހަގަކުރިއެވެ.

އިންމަ ބުނީ އޭނާ އަތުގައި އޮތީ އަދިވެސް ރަނގަޅަށް މަސައްކަތްކޮށްފިނަމަ ކުރިއަށްދެވޭވަރުގެ ޓީމެއްކަމަށެވެ. އޭނާ ބުނީ ދަނޑުމަތީގައި ޓީމަށް ދިމާވާ މައްސަލައަކީ ރަނގަޅަށް ކުޅެފައިވެސް ލަނޑު ނުޖެހުންކަމަށާއި, ބަލިވިޔަސް ނަތީޖާތައް ގޯސް ނޫންކަމަށެވެ. އެކަމަކު ކުރިއަށްދެވޭނީ އެކަން ހައްލުކޮށްގެންކަމަށް އިންމަ ބުންޏެވެ. އިންމަ ބުނީ އޭނާގެ ޓީމަށް އަދިވެސް އެންމެ ރަނގަޅު ފޯމްގައި ނުނިކުމެވޭ ކަމަށެވެ. ގަދަހަތަރެއްގައި އޮންނަން ކުރާ މަސައްތަށް ހުރަސްއެޅުނީ ވަރަށް ގިނަ ކަންކަން ބަދަލުވެގެންކަމަށާއި, އެކަމަކު އަދިވެސް ފުރުޞަތު އެބައޮތްކަމަށް އިންމަ ބުންޏެވެ.

ދެވަނަ ބުރު ނިމުނުއިރު ސަސް އޮތީ 14 ޕޮއިންޓާއެކުއެވެ. ތާވަލްގައި ސަސްއަށްވުރެ ފަހަތުގައި އޮތީ ހަމައެކަނި ދަ ގްރާންޑޭއެވެ. އެކަމަކު ސަސްއަށްވުރެ ކުރީގައި އޮތް ޓީމަތަކާ ދެމެދު އޮތީ މެޗަކުން އަރާ ހަމަކުރެވޭވަރުގެ ފަރަޤެކެވެ.

ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިސްމާޢީލް މަހްފޫޒް (އިންމަ)

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2025

ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް

01 ސެޕްޓެމްބަރު 2025
ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް
23 ނޮވެމްބަރު 2024

ރާއްޖޭގެ ސަސް އެކަޑަމީ އިން ވާދަކުރާ ލަލީގާ ޔޫތު މުބާރާތް ތައިލެންޑްގައި ފަށައިފި

23 ނޮވެމްބަރު 2024
ރާއްޖޭގެ ސަސް އެކަޑަމީ އިން ވާދަކުރާ ލަލީގާ ޔޫތު މުބާރާތް ތައިލެންޑްގައި ފަށައިފި
23 ޖުލައި 2024

ރާއްޖޭގެ ޔޫތް ސިސްޓަމް ތެރޭގައި ހުނަރު އެބައޮތް, އެހީތެރިވެދީ - ކޯޗު ފަރީދު

23 ޖުލައި 2024
  ރާއްޖޭގެ ޔޫތް ސިސްޓަމް ތެރޭގައި ހުނަރު އެބައޮތް, އެހީތެރިވެދީ - ކޯޗު ފަރީދު
10 ޖޫން 2024

ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން

10 ޖޫން 2024
ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން
01 ފެބުރުއަރީ 2024

ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި

01 ފެބުރުއަރީ 2024
ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު