Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑޮނޭޝިއާގައި ރާއްޖެ ޕްރޮމޯޓް ކުރަނީ

ރާއްޖޭގެ އެޑްވެންޗަރ އަދި ޑައިވް ތަޖުރިބާތައް އިންޑޮނީޝިއާގައި ޕްރޮމޯޓުކުރުމަށް މީޑިއާ ޓީމެއް ރާއްޖެ އަތުވެއްޖެ

ޑައިވް ސެގްމެންޓް ޕްރޮމޯޓްކޮށް، ޑައިވް ފެސިލިޓީތަކާއި ރާއްޖެއިން ލިބެން ހުރި މިފަދަ ތަޖުރިބާތައް އިންޑޮނީޝިއާ މާކެޓުގައި އިޝްތިހާރުކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ހަރަކާތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖޫން 2022 | އާދީއްތަ 09:31
ރާއްޖޭގެ އެޑްވެންޗަރ އަދި ޑައިވް ތަޖުރިބާތައް އިންޑޮނީޝިއާގައި ޕްރޮމޯޓުކުރުމަށް ގެނައި މީޑިއާ ޓީމް

ރާއްޖޭގެ އެޑްވެންޗަރ އަދި ޑައިވް ތަޖުރިބާތައް އިންޑޮނީޝިއާގައި ޕްރޮމޯޓުކުރުމަށް ގެނައި މީޑިއާ ޓީމް

ރާއްޖޭއިން ލިބޭ އެޑްވެންޗަރ އަދި ޑައިވް ތަޖުރިބާތައް އިންޑޮނީޝިއާ މާކެޓުގައި ޕްރޮމޯޓުކުރުމަށް އެ ޤައުމުގެ މީޑިއާ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މި ފެމިލިއަރައިޒޭޝަން ދަތުރަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ދަޢުވަތަކަށް ކުރިއަށް ގެންދާ ދަތުރެކެވެ. މި ދަތުރު ކުރިއަށް ދާނީ ޖޫން 23 އިން 28 ވަނަ ދުވަހާ ހަމައަށެވެ. އިންޑޮނޭޝިއާގެ މަޝްހޫރު ޕަބްލިކޭޝަންތަކުގެ ނޫސްވެރިން ހިމެނޭ މި ޓީމު ތިބެނީ ކުރަމަތި މޯލްޑިވްސް، ޕުލްމަން މޯލްޑިވްސް މާމުޓާ އަދި މާކުއާ މޯލްޑިވްސް ކޫއްޑޫ ރިޒޯޓުގައެވެ. މި ދަތުރުގެ ތެރެއިން ރާއްޖޭގެ ހޮސްޕިޓާލިޓީ، މި ރިޒޯޓުތަކުގެ ތަފާތު ހިދުމަތްތައް، އަދި ކެއުން ބުއިމާއި ފަތުރުވެރިން ޝަޢުޤުވެރިވާފަދަ އެހެނިހެން ކަންތައްތައް މި ޓީމުން ތަޖުރިބާ ކުރާނެއެވެ.

Advertisement - newsAdvertisement

މި ދަތުރަކީ ރާއްޖޭގެ ޑައިވް ސެގްމެންޓް ޕްރޮމޯޓްކޮށް، ޑައިވް ފެސިލިޓީތަކާއި ރާއްޖެއިން ލިބެން ހުރި މިފަދަ ތަޖުރިބާތައް އިންޑޮނީޝިއާ މާކެޓުގައި އިޝްތިހާރުކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ދަތުރުގެ ތެރެއިން ރާއްޖޭގެ ރިސޯޓްތަކާއި، ހޮޓަލްތަކާއި، ގެސްޓްހައުސްތަކާއި، ލިވަބޯޑުތައް ޕްރޮމޯޓް ކުރާނެއެވެ. އަދި ރާޢްޖޭގެ ޖަޒީރާ ރަށްތަކާއި، ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓްގެ އިތުރުން، ރާއްޖޭގެ ރައްކާތެރިކަމާއި، އެކަހެރިކަން އިންޑޮނީޝިއާގެ ފަތުރުވެރިންނަށް އިޝްތިހާރުކުރާނެއެވެ. މި ދަތުރުގެ ތެރެއިންނާއި ފަހުންވެސް މި ޓީމުން ރާއްޖެއާ ބެހޭ ފޮޓޯ، ވީޑިއޯ އަދި އާޓިކަލްތައް ސޯޝަލް މީޑިއާ އާއި އެ ފަރާތްތައް ރަމްޒުކުރާ ޕަބްލިކޭޝަންތަކުގައި ޝާއިޢުކުރާނެއެވެ. މި ޕޯސްޓްތައް އިންޑޮނީޝިއާގެ ދަތުރުކުރުމަށް ބޭނުންވާ 30 މިލިއަނަށްވުރެ ގިނަ ފަރާތަށް ފޯރާނެކަމަށް ބެލެވެއެވެ. 

މި ދަތުރަކީ އިންޑޮނޭޝިއާގެ މާކެޓަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ކުރިއަށް ގެންދާ ދަތުރެކެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖެއާމެދު ހޭލުންތެރިކަން އިތުރުކޮށް، މިއީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، އިންޑޮނޭޝިއާގައި ރާއްޖޭގެ ކަވަރޭޖް އަދި ޑިޖިޓަލް ވިޒިބިލިޓީ އިތުރުކުރުމަށެވެ.

ކޮވިޑް-19ގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް އިންޑޮނޭޝިއާއިން 4 ހާހަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، 2021 ވަނަ އަހަރު މި މާކެޓުން 950 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އިންޑޮނޭޝިއާއިން ރާއްޖެއަށް 365 މީހުން ޒިޔާރަތްކޮށްފައިވެއެވެ. މި މާކެޓުން ރާއްޖެ އަންނަ މީހުން އިތުރުކުރުމުގެ ގޮތުން އިންޑޮނޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީއިން ދަނީ ގިނަ މާކެޓިން ހަރަކާތްތައް ރާވަމުންނެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކާއި މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ. 

އިންޑޮނޭޝިޔާއެމްއެމްޕީއާރްސީމިނިސްޓްރީ އޮފް ޓުއަރިޒަމް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
06 ޑިސެމްބަރު 2025

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ
01 ޑިސެމްބަރު 2025

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ
27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު