Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކިހާދުއްފަރު

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ސަރުކާރުން މީގެ ކުރިންވެސް ކިހާދުއްފަރު އަތުލަން މަސައްކަތް ކުރިއެވެ. އޭރު ރިސޯޓު ހިންގަމުންދިޔަ ކުންފުންޏަށް ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވަނީ އެތަން ހުސްކޮށް، ކުލީގެ ގޮތުގަ އާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ޙުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރުނެވެ.

ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2025 | އާދީއްތަ 17:45
ކިހާދުއްފަރު

ކިހާދުއްފަރު

ބ. އަތޮޅު ކިހާދުއްފަރުގެ ހެޑް ލީސް ބާޠިލު ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ނިންމި ނިންމުން ތަންފީޒު ކުރުން ހުއްޓާލުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

މި އަމުރު ބުރާސްފަތި ދުވަހު ނެރެފައި ވަނީ އެ ރަށުގެ ހެޑް ލީސް އޮތް ފަރާތް ކަމުގައިވާ އަތަމާ މެރިން އިންޓަނޭޝަނަލް އިން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ކިހާ މޯލްޑިވްސް ބްރޭންޑްގެ ދަށުން ހިންގަމުންދާ މި ރިސޯޓު ސަބްލީސް ކޮށްފައި ވަނީ ކޮރަލް އައިލެންޑްސް (މޯލްޑިވްސް) އަށެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން އޯގަސްޓް ބުނެފައިވާ ގޮތުގައި، މި ރިސޯޓު ހިންގުމަށް ދޫކޮށްފައިވާ ލައިސަންސް ގެ މުއްދަތު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 27 ގައި ވަނީ ހަމަވެފައެވެ. ނަމަވެސް ހުއްދަ ނެތި އެ ރިސޯޓުން ފަތުރުވެރިންނަށް ޚިދުމަތް ދެމުން ގެންގޮސްފައިވާ ކަމަށެވެ. އަދި ލައިސަންސް ނެތި ރިސޯޓު ހިންގުމުގެ ސަބަބުން އަތަމާ ދެ ފަހަރެއްގެ މަތިން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި، "އިތުރު ފިޔަވަޅުތަކެއް" އަޅަމުންދާ ވަގުތެއްގައި ފަތުރުވެރިން އެ ރިސޯޓަށް ޒިޔާރަތް ކުރުމާ މެދު ސަމާލު ވުމަށް އިންޒާރު ދީފައިވާ ކަމަށެވެ.

ރިސޯޓުން ކަންކަން ރަނގަޅު ކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާތީ، އޮކްޓޯބަރު 9 ގައި ރިސޯޓު އަނބުރާ ހޯދުމަށް ނޯޓިސްއެއް ދެވުނެވެ. މިނިސްޓްރީގެ ނޯޓިސްގައި ބުނެފައިވަނީ އޮކްޓޯބަރު 9 ގައި ނޯޓިސް ދިނުމަށްފަހު އެއް ހަފްތާ ފަހުން އެއްބަސްވުން ބާޠިލުވީ ކަމުގައި ބަލާނެ ކަމަށެވެ. ނަމަވެސް، އަތަމާ މެރީން އިންޓަރނޭޝަނަލް އިން ބުނެފައިވަނީ ނޯޓިސް ފޮނުވާފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ.

ކޯޓަށް ހުށަހެޅި ބަޔާނުގައި، އެ ރިސޯޓު ފަތުރުވެރިކަމުގެ މިންގަނޑުތަކާ އެއްގޮތްނުވާ ކަމަށް ކަމަށް އަތަމާ އިން އިއުތިރާފު ވެފައި ވެއެވެ. ނަމަވެސް ސަރުކާރުން މައްސަލަތައް ފާހަގަ ކުރުމުން އެކަންކަން ހައްލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. ރަށުގެ ހިންގުމުގެ ފެންވަރު ދަށަށް ދިޔައީ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކަމަށް އަތަމާ އިން ބުނެފައިވެއެވެ. އަދި 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަލުން ހުޅުވުމުގެ ހުއްދަ ލިބުނު ނަމަވެސް، ރިސޯޓު ގައި ބޮޑެތި މަރާމާތުތަކެއް ކުރަންޖެހިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ކޮރަލް އައިލެންޑްސްގެ މާލީ ދަތިކަމުގެ ސަބަބުން ސަބްލީސްގެ ކުލި ދެއްކުމަށް ހުރަސްއެޅިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުން ހެދި އެ ރިސޯޓުގެ އިންސްޕެކްޝަނު ގައި މުސާރަ ނުދިނުމާއި، ޓެކްސް ނުދެއްކުމާއި، މަރާމާތު ނުކުރުމާއި، އަދި ފެސިލިޓީތަކުގެ ރަޖިސްޓްރޭޝަން މުއްދަތު ހަމަވެފައިވުމުގެ މައްސަލަ ހިމެނެއެވެ. އަތަމާ އިން ކޯޓުގައި ބުނެފައި ވަނީ މިނިސްޓްރީގެ ނޯޓިސް ލިބުމާއެކު ވަގުތުން ހިންގުން ހުއްޓާލި ކަމަށާއި، އޭގެ ފަހުން ކުރެވުނު މަސައްކަތްތައް އަމާޒު ކުރެވިފައި ވަނީ ބޭނުންވާ ހުއްދަތައް ހޯދުމަށާއި ޤަވާއިދާ އެއްގޮތްވުމުގެ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ހާޒިރު ނުވާ އަޑުއެހުމެއް ގައި ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުނު އިރު، މި މައްސަލަ އަކީ އަވަސް މައްސަލައެއް ކަމަށާއި، މިނިސްޓްރީގެ ނިންމުން ތަންފީޒު ކޮށްފި ނަމަ އަތަމާއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.

މި އަމުރުގެ ދަށުން މިނިސްޓްރީން ދީފައިވާ އެއްބަސްވުން ބާޠިލު ކުރުމުގެ ނޯޓިސް 2 އޮކްޓޯބަރު 2025 އާ ހަމައަށް ވަނީ ފަސްކޮށްފައެވެ. އަދި ތިންވަނަ ފަރާތެއްގެ ޙައްޤުތަކަށް އަސަރު ކޮށްފާނެ އެއްވެސް ތަންފީޒީ ފިޔަވަޅެއް އެޅުން މަނާ ކޮށްފައި ވެއެވެ. އަދި ކޯޓުން އަތަމާ އަށް އަންގާފައިވަނީ 14 ދުވަހުގެ ތެރޭގައި މައުޟޫޢީ މައްސަލަ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަތަމާ މެރިން އިންޓަނޭޝަނަލް އިން ކިހާދުއްފަރުގެ ލީސް އެގްރީމެންޓުގައި ސޮއި ކޮށްފައިވަނީ 1997 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ. ކޯޓުގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 28 އަހަރުގެ ތެރޭގައި އެ ރަށުގައި 56 މިލިއަން އެމެރިކާ ޑޮލަރު ވަނީ އިންވެސްޓް ކޮށްފައެވެ.

ސަރުކާރުން މީގެ ކުރިންވެސް ކިހާދުއްފަރު އަތުލަން މަސައްކަތް ކުރިއެވެ. އެ ދުވަސްވަރު، ރިސޯޓު ހިންގަމުންދިޔަ ކުންފުންޏަށް ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވަނީ އެތަން ހުސްކޮށް، ކުލީގެ ގޮތުގަ އާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ޙުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރުނެވެ.

ކިހާދުއްފަރުއަތަމާ މެރިންމިނިސްޓްރީ އޮފް ޓުއަރިޒަމްސިވިލް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި

ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު