Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓްރީ އޮފް ޓުއަރިޒަމް

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

ބަތަލާ ރަށުގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި އުމްރާނީ ބައެއް މަސައްކަތްތައް ކޮށްފައި ވަނީ ނަގަންޖެހޭ ހުއްދަތައް ނުނަގައި އަދި ތިމާވެއްޓަށް އަސަރު ކުރާގޮތަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 އޮކްޓޯބަރު 2025 | ހޯމަ 03:53
ބ. ބަތަލާ

ބ. ބަތަލާ

ބ. ބަތަލާގައި އުސޫލާއި ޚިލާފަށް ގޮނޑުދޮށް ހިމާޔަތްކުރުމާއި އުމްރާނީ ބައެއް މަސައްކަތްތައް ކޮށްފައިވާތީ އެކަމާ ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅުއަޅައި އަދި ރަށް އެއްކޮށް ގިރައިގެން ދިއުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާދީފިއެވެ.

އެފަދައިން އޮޑިޓަރޖެނެރަލްގެ އޮފީހުން ލަފާދީފައި ވަނީ އެ އޮފީހުން މި ހަފްތާގައި ނެރުނު "މާޅޮސްމަޑުލު ދެކުނު ބުރީގައިވާ ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަން ހިންގުމުގެ ނިޒާމާއި ގުޅޭ އެންވަޔަރަމެންޓަލް އޮޑިޓް ރިޕޯޓް"ގައެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ބ. ބަތަލާ ރަށުގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި އުމްރާނީ ބައެއް މަސައްކަތްތައް ކޮށްފައި ވަނީ ނަގަން ޖެހޭ ހުއްދަތަށް ނުނަގައެވެ. އަދި އެ މަސައްކަތް ކޮށްފައި ވަނީ ތިމާވެއްޓަށް އަސަރު ކުރާނެ ގޮތަށެވެ. އެ ރަށް ގިރައިގެން ދިއުމަށް މަގުފަހިވި ސަބަބަކީ ވެސް އެކަށީގެންވާ ގޮތެއްގައި ދިރާސާ ނުކުރުން ކަމަށް އެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ކަން ކަމަށް ބަލާ އިރު 5 ޑިސެމްބަރ 2010ގައި އެ ރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި 2011އިގައި ބަތަލާ ހިމެނޭ ސަރަހައްދު ހިމާޔަތް ކުރީ އެތަން ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލް ނުކޮށް ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

ބަތަލާ ހިމާޔަތް ކުރުުމަށް ނިންމި ނިންމުން އެކަށީގެންވާ ގޮތެއްގައި ވިލަރެސް ނުކުރާކަން އެ ރިޕޯޓުން އެނގެއެވެ. 2013ވަނަ އަހަރު ފަތުރުވެރިކަމުގެ ވުޒާރާ އިން ވަނީ ބަތަލާ އަމިއްލަ ކުންފުންޏަކަށް 20 އަހަރު ދުވަހަށް ދީފައެވެ. އެ ކަމަށްޓަކާ ބޭނުންވާ އެއްބަސްވުން އެކުލަވާލާފައި ވަނީ ސަރުކާރުން އެ ރަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރަން ނިންމުމުގެ ކުރިންނެވެ.

ރަށުގެ ކޮންމެ އަކަމީޓަރަކަށް ހަތަރު ޑޮލަރު ދައްކަންޖެހޭ ގޮތަށް އެ ރަށް ކުއްޔަށް ދިން ނަމަވެސް ބިމުގެ ސައިޒު ޓުއަރިޒަމް މިނިސްޓްރީން މީރާ އާއި ހިއްސާ ނުކުރާތީ އެ ރަށުގެ ކުލި ހިސާބުކޮށްފަ އެއް ނުވެއެވެ. އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި ބަތަލާގެ އެއްބަސްވުމުގެ މައުލޫމާތު މީރާއަށް ހިއްސާކޮށްފައިވަނީ ޖުލައި، 2016 ގައެވެ.

ބ. ބަތަލާއޮޑިޓަރ ޖެނެރަލްގެ އޮފީސްމިނިސްޓްރީ އޮފް ޓުއަރިޒަމް

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

20 ނޮވެމްބަރު 2025
2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
14 އޮކްޓޯބަރު 2025

މިހާތަނަށް އޮޑިޓް އޮފީހަށް ދޭ އެންމެ ބޮޑު ބަޖެޓް އަންނަ އަހަރު

14 އޮކްޓޯބަރު 2025
މިހާތަނަށް އޮޑިޓް އޮފީހަށް ދޭ އެންމެ ބޮޑު ބަޖެޓް އަންނަ އަހަރު
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
17 ޖުލައި 2025

2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް

17 ޖުލައި 2025
2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް
16 އެޕްރީލު 2025

މާވަށު ކައުންސިލްގެ އޮޑިޓްރިޕޯޓް އާންމުކޮށްފި. 400،000 ވުރެ ގިނަ ރުފިޔާގެ ޚިޔާނެތެއް. ރައްޔިތުން ވާނުވާގަ

16 އެޕްރީލު 2025
މާވަށު ކައުންސިލްގެ އޮޑިޓްރިޕޯޓް އާންމުކޮށްފި. 400،000 ވުރެ ގިނަ ރުފިޔާގެ ޚިޔާނެތެއް. ރައްޔިތުން ވާނުވާގަ
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު