Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ ތަރައްޤީކުރުން

މާލެއަކީ ދެމެހެއްޓެނިވި ތަރައްޤީގެ ނަމޫނާއަކަށް ހެދުމަށް ތަފާތު ޙައްލުތައް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން - މުޢިއްޒު

ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި އެންމެ ފުރަތަމަ، އެންމެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ އެއް ޤައުމު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖޫން 2022 | އާދީއްތަ 07:05
ކަނޑާ ބެހޭ ޖަލްސާގެ ލޯކަލް އަދި ރީޖަނަލް ގަވަރމަންޓާ ބެހޭ ޚާއްޞަ ބައްދަލުވުމުގައި މާލެ ސިޓީ މޭޔަރު މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ކަނޑާ ބެހޭ ޖަލްސާގެ ލޯކަލް އަދި ރީޖަނަލް ގަވަރމަންޓާ ބެހޭ ޚާއްޞަ ބައްދަލުވުމުގައި މާލެ ސިޓީ މޭޔަރު މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

މާލެއަކީ ދިރިއުޅެން ހިތްގައިމު، ދުޅަހެޔޮ، އަމާން ސިޓީއަކަށް ހެދުމަށް ރައްޔިތުން އެދޭ އެދުން ފުއްދުމަށްޓަކައި ކުރެވޭ މަސައްކަތަށް ކުޑަވެސް މަޑުޖެހުމެއް އަޔަނުދެއްވާނެކަމުގެ ޔަޤީންކަން މާލޭ ސިޓީގެ މޭޔަރު، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ޕޯޗުގަލްގެ މެޓޮސީނިއޮސްގައި ކުރިއަށްދާ އދ. ގެ ކަނޑާ ބެހޭ ޖަލްސާގެ ލޯކަލް އަދި ރީޖަނަލް ގަވަރމަންޓާ ބެހޭ ޚާއްޞަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، މޭޔަރު މުޢިއްޒު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުގެ ޓީމު މަސައްކަތް ކުރަމުންދަނީ ބަޖެޓުގެ ދަތިކަމާއި، ތަފާތު ފިއްތުންތައް އެކުލެވޭ މާޙައުލެއްގައި ކަމަށެވެ. ނަމަވެސް، ރައްޔިތުން ކަންބޮޑުވާ މައްސަލަތަކަށް ތަފާތު ގޮތްގޮތުން ޙައްލުތައް ހޯދުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނަވާނެކަމަށެވެ.

އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ފާހަގަކުރެއްވުމުގެ އިތުރުން، މޭޔަރު ވަނީ ސިޓީ ކައުންސިލުން އަލަށް ތަޢާރަފުކުރަން ރޭވިފައިވާ އީ-ބައިކް ޕްރޮޖެކްޓަށްވެސް ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައެވެ. އަދި، މާލޭގެ ފަރުތައް ސާފުކުރުމަށް ކުރެވޭ މަސައްކަތުގެ މަޢްލޫމާތުވެސް ޙިއްޞާކުރައްވާފައެވެ.

ދިވެހިރާއްޖެއަކީ ޖައްވުހޫނުވުމުގެ މައްސަލައިގައި، އެންމެ ކުރީސަފުގައި ހިމެނޭ ޤައުމެއްކަން ފާހަގަކުރައްވަމުން، ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި އެންމެ ފުރަތަމަ، އެންމެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ އެއް ޤައުމަށްވުމުގެ އިތުރުން، މިމައްސަލައި ބައިނަލްއަޤްވާމީ މުޖްތަމައުގެ ސަމާލުކަމަށް ގެނައުމަށްވެސް އެންމެ ހަރުއަޑުން ވަކާލާތުކުރަމުން އަންނަ އެއް ޤައުމުގެ ގޮތުގައި، ގިނަ ބައެއްގެ އިޙްތިރާމް ހޯދާފައިވާ އެއް ޤައުމުކަމަށެވެ.

މިއަދު ރާއްޖެއަށް ތިމާވެށީގެ ރޮނގުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި، އޭގެ ތެރެއިންވެސް ޕްލާސްޓިކް ކުނި އިތުރުވަމުންދާކަމީ، ކަނޑުތަކަށް އޭގެ ނުރައްކާ ފޯރަމުންދާ ކަމެއްކަމަށް މޭޔަރު ވިދާޅުވިއެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ތިމާވެށި ހިމާޔަތްކުރުމުގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރަމުން އަންނަ ބައެއް ކަމަށާއި، މިއަދު، ރާއްޖެއިން އެދޭ ހަމައެކަނި އެދުމަކީ ކޮންމެ ޤައުމަކުންވެސް އެބައެއްގެ ޒިންމާ ފަރުވާތެރިކަމާއެކު އަދާކުރުން ކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ޕޯޗުގަލް ސަރުކާރުގެ އެންމެ އިސް ގިނަ ވެރިންނާއި، އދ. ގެ ކަމާބެހޭ އިސްފަރާތްތަކުގެ އިތުރުން، އެހީދޭ ޖަމްޢިއްޔާތަކުންވެސް ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި، ގިނަ ޤައުމުތަކެއްގެ މޭޔަރުންންވެސް ޖަލްސާގެ ބައިވެރިންގެ ތެރޭގައި ހިމެނެއެވެ.

ޑރ. މުހައްމަދު މުއިއްޒުމާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު