Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް ބޯޑްގެ އަމާޒު

ކުރިއަށް އޮތް ހަމަހަށް ކްރިކެޓްގެ އެންމެ ބޮޑު އަމާޒަކީ ވައިޑީޕީ އަލުން ފެށުން

ބޭރުން ދެ ކޯޗުން ގެންނާނެ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 25 ޖޫން 2022 | ހޮނިހިރު 06:30
ކްރިކެޓްބޯޑްގެ ރައީސް ފައިސަލް އަހަރީ ޢާއްމު ޖަލްސާގައި: ފޮޓޯ-ކްރިކެޓް ބޯޑް

ކްރިކެޓްބޯޑްގެ ރައީސް ފައިސަލް އަހަރީ ޢާއްމު ޖަލްސާގައި: ފޮޓޯ-ކްރިކެޓް ބޯޑް

ކުރިއަށް އޮތް ހަމަހަށް ކްރިކެޓް ބޯޑްގެ އެންމެ ބޮޑު އަމާޒަކީ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް އަލުން ފެށުންކަމަށް ކްރިކެޓް ބޯޑްގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ކޮވިޑްގެ ހާލަތާ ގުޅިގެން ހުރިހާ ކުޅިވަރަކަށް ދިމާވި މައްސަލަ ކްރިކެޓަށްވެސް ދިމާވިކަމަށެވެ. ކްރިކެޓްގެ ވައިޑީޕީ އޮތީ އެއްކޮށް ހުއްޓިފައިކަމަށާއި, ސްކޫލް އެއްވެސް ހަރަކާތެއް ނުހިންގުނުކަމަށް ވިދާޅުވިއެވެ. އެކަމަކު ދިރާސީ އާ އަހަރު އޮގަސްޓްމަހު ފެށެންވާއިރަށް ވައިޑީޕީ ޕްރޮގްރާމް އަލުން ފެށިގެން ދިއުމަކީ އުއްމީދު ކަމަށާއި, މަސައްކަތްކުރައްވަނީ އެމަގަށްކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މާލޭގެ އިތުރުން ކްރިކެޓްގެ ހަރަކާތްތައް ފުޅާކޮށް ހިންގާ ކުނަހަންދޫއާއި ފުވައްމުލަކުގައިވެސް ވައިޑީޕީ ހަރަކާތް އެކުއެކީގައި ފައްޓަވާނެކަމަށެވެ. އަލުން ވައިޑީޕީ ޕްރޮގްރާމް ފަށަނީ ދިރާސާއެއްވެސް ހައްދަވައިގެންކަމަށާއި, އެދިރާސާގެ އަލީގައި ޕްރޮގްރާމް ކުރިއަށްގެންދާނެ ކޮމަން ސިލަބަހެއްވެސް ތައްޔާރުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. އަދި ކޯޗިންގ މެނުއަލްވެސް ތައްޔާރުކޮށް, ހުރިހާ ތަނެއްގައިވެސް ކުރިއަށްގެންދާނީ އެއް ޕްރޮގްރާމެއްކަމަށް ވިދާޅުވިއެވެ. ޕްރޮގްރާމް އަލުން ފަށާއިރު ކްރިކެޓްގެ ތެރެއަށް އަންނަން ބޭނުންވާ ސްކޫލްތަކެއްވެސް އެބަހުރިކަމަށާއި, އެސްކޫލްތައްވެސް ބައިވެރިކުރައްވާނެކަމަށް ވިދާޅުވިއެވެ.

 ކްރިކެޓް ބޯޑްގެ ވިސްނުމަކީ  ޕްރޮގްރާމްގެ ތެރެއިން އިންޓަރ ހައުސްއާއި, އިންޓަރ ސްކޫލް މުބާރާތަށް ކުޅުންތެރިން ދިއުމެވެ. އަދި އިންޓަރހައުސްއާއި, އިންޓަރ ސްކޫލް މުބާރާތުން އުމުރުފުރާގެ ޤައުމީ ޓީމްތަކަށް ކުޅުންތެރިން ނެގޭނެ އުޞޫލެއް ޤާއިމްކުރުމެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްމުޙައްމަދު ފައިސަލް

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
29 އޮކްޓޯބަރު 2024

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

29 އޮކްޓޯބަރު 2024
ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި
21 ސެޕްޓެމްބަރު 2024

ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

21 ސެޕްޓެމްބަރު 2024
ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި
04 ފެބުރުއަރީ 2024

ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

04 ފެބުރުއަރީ 2024
ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ
02 ފެބުރުއަރީ 2024

41 ލަނޑުން މޮޅުވީ ސިންގަޕޯރ

02 ފެބުރުއަރީ 2024
41 ލަނޑުން މޮޅުވީ ސިންގަޕޯރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު