Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓްގެ ސީނިއަރ ދެޓީމް

ދެ މުބާރާތް އެއްވަގުތަކަށް ދިމާވެ، ކްރިކެޓްގެ ގައުމީ ދެޓީމް!

ވަރުގަދަ ޓީމް ވާދަކުރާނީ ކޮލިފައިންގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 19 ސެޕްޓެމްބަރު 2023 | އަންގާރަ 10:18
ކޮލިފައިންގައި ވާދަކުރާ ޤައުމީ ކްރިކެޓް ޓީމް

ކޮލިފައިންގައި ވާދަކުރާ ޤައުމީ ކްރިކެޓް ޓީމް

ސީނިއަރ ޤައުމީ ކްރިކެޓް ޓީމް ވާދަކުރަން އޮތް ދެމުބާރާތެއް އެއްދުވަސްވަރަކާ ދިމާވެ, ޤައުމީ ދެޓީމް ކްރިކެޓް ބޯޑުން އެކުލަވާލައިފިއެވެ.

ސީނިއަރ ޤައުމީ ކްރިކެޓް ޓީމަށް އޮތް ދެމުބާރާތަކީ މިމަހު ގަތަރުގައި އޮންނަ އައިސީސީ ޓީ20 ވަރލްޑްކަޕްގެ އޭޝިޔާ ސަރަހައްދުގެ ކޮލިފައިންގއާއި ޗައިނާގައި އޮންނަ އޭޝިޔަން ގޭމްސްއެވެ. ކްރިކެޓް ބޯޑުން މިހާރު ނިންމާފައިވަނީ އައިސީސީ ޓީ20 ވަރލްޑްކަޕް ކޮލިފައިންގައި ސީނިއަރ ވަރުގަދަ ޓީމް ވާދަކުރުމަށެވެ. އެޓީމަށް މުބާރާތުގައި އިރުޝާދުދޭނީ ސީނިއަރ ޓީމްގެ ލަންކާ ކޯޗެވެ. ކޯޗާއެކު ޓީމް މިހާރު ތިބީވެސް ސްރީލަންކާގައެވެ. އެއީ ތަމްރީނު ކޭމްޕެއް ފުރިހަމަ ކުރުމަށެވެ. ކޭމްޕްގެ ތެރޭގައި ވަރުފަދަ މެޗުތަކެއް ކުޅުމަށްފަހު ރާއްޖެ ނައިސް ޓީމް ދާނީ ޤަތަރަށެވެ.

ސީނިއަރ ދެވަނަ ޓީމެއް އެކުލަވާލަން ޖެހުނީ އޭޝިޔަން ގޭމްސްވެސް އެއް ދުވަސްވަރަކާ ދިމާވުމުންނެވެ. އޭޝިޔަން ގޭމްސްއަށް ތައްޔާރުވާ ޓީމް މިވަގުތު ޕްރެކްޓިސް ކުރަމުންދަނީ މާލޭގައެވެ. އެޓީމް ބިނާވެފައިވަނީ 23 އަހަރުން ދަށުގެ ޓީމާއި, ކުރިން ގައުމީ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިންގެ މައްޗަށެވެ. އެޓީމްގެ ކޯޗަކީ އިމާދު އިސްމާއީލްއެވެ. ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވީ ފުށުނާރާނެ ގޮތަށް ވޭތޯ މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބުނުވުމުން ދެޓީމް އެކުލަވާލަން ޖެހުނީ ކަމަށެވެ. މިދިޔަ ފަސް މަހެއްހާ ދުވަހު ސީނިއަރ ޓީމާއި އުމުރުފުރާ ޓީމްތަކުގެ ޕްރެކްޓިސްވެސް މެދުނުކެނޑި ރަނގަޅަށް ގެންދެދިވައިވާތީ ދެޓީމް އެކުލަވާލަން މާބޮޑު ދަތިކަމެއް ކުރިމަތިނުވިކަންވެސް ފައިސަލް ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ އޭޝިޔަން ގޭމްސްގެ ޝެޑިއުލް ލިބުންވެސް ލަސްވީ ކަމަށާއި, ކުރިން އެނގިފައި އޮތް ގޮތުން ކުޅެން ލިބެނީ އެއް މެޗު ކަމަށެވެ. އެއީ އޭޝިޔާގެ ގަދަ ހަތަރު ޓީމް ސީޑްކޮށްފަ އޮތުމުންނެވެ. އެހެންނަމަވެސް ބައިވެރިވާ ޓީމްތަކުގެ އަދަދު އިތުރުވުމުން ގްރޫޕް ކުރިއިރު ދެ މެޗު ކުޅެން ރާއްޖެއަށް ލިބެއެވެ. ރާއްޖެއާއެކު އޮތީ ނޭޕާލާއި މޮންގޯލިޔާ އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

29 އޮކްޓޯބަރު 2024
ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި
21 ސެޕްޓެމްބަރު 2024

ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

21 ސެޕްޓެމްބަރު 2024
ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި
04 ފެބުރުއަރީ 2024

ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

04 ފެބުރުއަރީ 2024
ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ
02 ފެބުރުއަރީ 2024

41 ލަނޑުން މޮޅުވީ ސިންގަޕޯރ

02 ފެބުރުއަރީ 2024
41 ލަނޑުން މޮޅުވީ ސިންގަޕޯރ
12 އޮކްޓޯބަރު 2023

އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު

12 އޮކްޓޯބަރު 2023
އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު
10 އޮކްޓޯބަރު 2023

ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!

10 އޮކްޓޯބަރު 2023
ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!
13 އޯގަސްޓު 2023

ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދީ މިލާން ކްރިކެޓް އެކެޑަމީ

13 އޯގަސްޓު 2023
ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދީ މިލާން ކްރިކެޓް އެކެޑަމީ
06 އޯގަސްޓު 2023

ޕްރެޒިޑެންޓް ޓީ20 ކަޕް: ފައިނަލްގައި މިލާން ކްރިކެޓް އެކެޑަމީއާއި މާލެ ވެޓަރެންސް

06 އޯގަސްޓު 2023
ޕްރެޒިޑެންޓް ޓީ20 ކަޕް: ފައިނަލްގައި މިލާން ކްރިކެޓް އެކެޑަމީއާއި މާލެ ވެޓަރެންސް
17 ޖުލައި 2023

އައިސީސީން ނާބެގެ އަގު ވަޒަންކޮށްފި

17 ޖުލައި 2023
އައިސީސީން ނާބެގެ އަގު ވަޒަންކޮށްފި
09 މެއި 2023

23 އަހަރުން ދަށުގެ ޤައުމީ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މާލޭގެ އޭ ޓީމް ހޯދައިފި

09 މެއި 2023
23 އަހަރުން ދަށުގެ ޤައުމީ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މާލޭގެ އޭ ޓީމް ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު