Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުޚީ

ރައީސް ނަޝީދުގެ ކިބައިން ދަސްވި ފިލާވަޅަކީ ކިތަންމެ ގޯސްކޮށް ކަންތައް ވިއަސް އެމީހަކާއި އެކީ މަސައްކަތް ކުރަން ޖެހޭނޭކަން: މަހުލޫފް

އެކަނި މާއެކަނި 40 އަށް ވުރެ ގިނަ ދުވަސް ޖަލުގައި އެކަހެރިކޮށްފައި ހުންނަން ޖެހެނު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 12 ޖޫން 2017 | ހޯމަ 17:47
 ގަލޮޅު ދެނުކު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް

ގަލޮޅު ދެނުކު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް

ރައީސް ނަޝީދުގެ ކިބައިން ދަސްވި ފިލާވަޅަކީ ކިތަންމެ ގޯސްކޮށް ކަންތައް ވިއަސް އެމީހަކާއި އެކީ މަސައްކަތް ކުރަން ޖެހޭނެ ކަންކަމަށް ގަލޮޅު ދެނުކު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބައިވެރިވަޑައިގެން މަހުލޫފު ވިދާޅުވީ ރައީސް ނަޝީދުގެ ކިބައިން ފެނުނު ރީތި އެއް މިސާލަކީ ކިތަންމެ ޚިޔާލު ތަފާތު ވި ނަމަވެސް އަދި ކިތަންމެ ގޯސްކޮށް ކަންތައްތައް ވި ކަމުގައިވިއަސް އެމީހަކާ ދޭތެރޭ ގޯސްކޮށް ކަންތައްތައް ވެގެން ނުވާނެކަން ކަމަށެވެ.

Advertisement - newsAdvertisement

"ރައީސް މައުމޫނަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުގެ ސިޔާސީ ކަންތައްތަކުގައި ވަރަށް އެހީތެރިކަން ދެއްވި ފަރާތެއް. އަޅުގަނޑު ވަރަށް ލޯބިވާ އަދި ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް. އަޅުގަޑު އަދި އޭރު ރައީސް ޔާމީން ޕީޕީއެމުން ވަކިކުރިކަމުގައި ވިއަސް ރައީސް މައުމޫނާއި ދިމާލަށް އެއްޗެހި ނުކިޔާނެ ކަމަށް ރައީސް ނަޝީދަށް ދެންނެވިން. ރައީސް ނަޝިދު ވިދާޅުވީ އެއްވެސް އެއްޗެއް ވދިާޅުވެގެން ނުވާނޭ. ތިމަންނަވެސް ނުލާހިކު ލޯބިވެ އިހްތިރާމް ކުރައްވާ ބޭކަލެކޭ. އަދި އެއްވެސް ދެރައެއް ގެއްލުމެއް ދޭކަށް ބޭނުމެއް ނުވެއޭ. މިއީ ރައީސް ނަޝިދުގެ ފަރާތުން އަޅުގަނޑަށް ފެނުނު ރީތި އެއް މިސާލު މިއީ އަޅުގަނޑަށް ފެނުނު" މަހުލޫފު ވިދާޅުވިއެވެ.

މީހަކު ކުށެއްކުރުމުން އެމީހަކަށް ދޭ އަދަބަކީ ޖަލަށް ލުން ކަމަށްވާއިރު އޭނާ ޖަލަށް ލުމުން އެހެން އަނިޔާއެއް ދެވިގެން ނުވާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ. މަހުލޫފު ވިދާޅުވީ ޖަލަށް ހުކުމް ކުރުމަށްފަހު އޭނާ އެކަނި މާއެކަނި 40 އަށް ވުރެ ގިނަ ދުވަސް އެކަހެރިކޮށްފައި ބެހެއްޓި ކަމަށެވެ. ޖަލުގައި ކުށެއްކޮށްގެން އެކަހެރި ކޮށްގެން ބޭންދެނީ އެންމެ ގިނަވެގެން 30 ދުވަސް ކަމަށްވާއިރު ޖަލުގައި ކުށެއް ނުކުރާމީހަކަށް އެދެވެނީ ނަފްސާނީގޮތުން އަނިޔާކަމަށް އޭނާ ވިދާޅުވިއެވެ.

"ހޯމް މިނިސްޓަރ އަޒްލީނާއި ދެކެވުނު ވާހަކައެއްގައި، ސްޕެޝަލް ޕްރޮޓެކްޝަން ދެއްވާފައި ތިއްބެވި ބޭފުޅުންގެ ހުރިހާ ކަމެއް ނިންމަވަނީ ސީދާ ރައީސް ޔާމީން ކަމަށް ވިދާޅުވި" މަހުލޫފް ވިދާޅުވިއެވެ.

ޖަލަށް ލުމަކުން އޭނާއަށް ލިބުނު ގެއްލުމެއް ނެތްކަމަށާއި އެހެން ނަމަވެސް އޭނާގެ ދަރިފުޅަށް އެކަމުން ވަރަށް ގެއްލުން ވެއްޖެކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި ޖަލަށް ލުމުން އޭނާއަށް ދުވަހަކު ވެސް ނުކުރެވޭ ވަރަށް އަޅުކަން ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަމާދު ކުރުމާއި ގުރުއާން ކިޔެވުމާއި. އަޅުގަނޑަށް ފައިދާ ކުރީ. އެހެން ނަމަވެސް އަޅުގަނޑުގެ ދަރިފުޅަށް ވަރަށް ބޮޑު އަނިޔާއެއް ދީފި. އެހެން ނަމަވެސް ޖަލަށް ލުމުން ރަނގަޅު ތަޖުރިބާއެއް މިކުރެވުނީ އަޅުގަނޑަށް" މަހުލޫފު ވިދާޅުވިއެވެ.

އަދީބަށް ބޭސްފަރުވާ ކޮށްދޭން ޖެހޭނެކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދީބާއި އޭނާއާއި ބައްދަލު ވިޔަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާކަމަށާއި އެހެން ނަމަވެސް ވަރަށް ގިނަ ވާހަކަތައް އެދެބޭފުޅުންގެ ދެމެދުގައި ދެކެވިފައިވާކަމަށް މަހުލޫފު ވިދާޅުވިއެވެ.

"ޑރ. ޝައިނީމެން ބޭބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ވަރަށް ރަނގަޅު ވާހަކަ އެބަހުއްޓޭ. ހެއްކާ އެކީގައި އިރާދަ ކުރެއްވިއްޔާ ރަނގަޅު ވަގުތުގައި ހަމަ އަންނާނެ އިނގޭ އެ އެއްޗެހި. އަދި އަސޭލާ އެކަންޏެއްވެސް ނޫން. އަދި އެބައުޅޭ އެކަހަލަ އަންހެން ވައްތަރެއްވެސް." މަހުލޫފު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު