Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފައިގަތަޅާ ފޯރި 2022

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

ދެ ވަނަ މެެޗުގައި ޔޫތު ކުލަބުން ނުކުތީ މުލަ މޯލްޑިވްސްއާ ދެކޮޅަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖޫން 2022 | ބުރާސްފަތި 03:29
ފައިގަތަޅާ ފޯރި މުބާރާތުގެ ތެރެއިން

ފައިގަތަޅާ ފޯރި މުބާރާތުގެ ތެރެއިން

ޔުނިކްސް ސްޕޯޓިންގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފައިގަތަޅާ ފޯރި މުބާރާތް ފަށައިފިއެވެ.

މި މުބާރާތަކީ ޔުނިކްސް ސްޕޯޓިން އާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ހޯސްޓް ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރެޝަން (އެޗް.ޑީ.ސީ)އިންނެވެ. އަދި ސަޕޯޓިން ޕާޓްނަރަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ)އެވެ.

މުބާރާތުގެ ފުރަތަމަ މެޗު ކުޅެފައިވަނީ ބުދަ ދުވަހުގެ ހަވީރުއެވެ. އަންހެން އަދި ފިރިހެން، ދެ ޑިވިޝަނަަށް ކުރިއަށްދާ މުބާރާތުގައި ފުރަތަމަ އޮތީ އަންހެން ޑިވިޝަންގެ މެޗެކެވެ. އެ މެޗުގައި މުލަ މޯލްޑިވްސް ނުކުތީ ފެމިލީ ކޯޓާ ދެކޮޅަށެވެ. އެ މެޗު 28-20 ން ކާމިޔާބުކުރީ ފެމިލީ ކޯޓެވެ.

މުބާރާތުގެ ދެ ވަނަ މެޗަކަށް ކުޅުނީ ފިރިހެން ޑިވިޝަންގެ މެޗެކެވެ. އެ މެޗުގައި ޔޫތު ކުލަބުން ނުކުތީ މުލަ މޯލްޑިވްސްއާ ދެކޮޅަށެވެ. މި މެޗު 27-24 ން ކާމިޔާބުކުރީ ޔޫތު ކުލަބެވެ. މި މެޗުގައި މިނިސްޓަރު މަޚްލޫފް ވަނީ ލަނޑެއް ހަދާފައެވެ. މިއީ މުބާރާތުގެ ފުރަތަމަ ލަނޑެވެ. އެއީ ފުރަތަމަ 12 ބޯޅަ ހަމަކޮށްގެން ހެދި ލަނޑެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި ބުދަ ދުވަހު ކުޅުނު އެހެން މެޗުތަަކަށް ބަލާއިރު، ޓްރެޑެނެޓުން ވަނީ 26-12 ން މޯލްޑިވްސް ޕޯޓް ބަލިކޮށްފައެވެ. ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން ވަނީ 28-9 ން ޔޫތު ކުލަބް ބަލިކޮށްފައެވެ. ޕެންޝަން އޮފީހައި އެޗް.ޑީ.ސީ ބައްދަލުކުރި މެޗު 25-19 ން ކާމިޔާބުކުރީ ޕެންޝަން އޮފީހެވެ. އަދި ފަހު މެޗުގައި ސްޓެލްކޯ ކުލަބުން ވަނީ 26-17 ން އާރު.ޑީ.ސީ ބަލިކޮށްފައެވެ.

ފިރިހެން ޑިވިޝަންގެ މެޗުތަކަށް ބަލާއިރު، އެމް.ސީ.ބީ އާއި މޯލްޑިވްސް ޕޯސްޓް ބައްދަލުކުރި މެޗު 16-15 ން ކާމިޔާބުކުރީ މޯލްޑިވްސް ޕޯސްޓެވެ. މީރާ އާއި މިފްކޯ ބައްދަލުކުރި މެޗު 22-19 ން މިފްކޯ ކާމިޔާބުކުރިއިރު، އާރު.ޑީ.ސީއާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބް ބައްދަލުކުރި މެޗު 22-16 ން ކާމިޔާބުކުރީ އާރު.ޑީ.ސީއެވެ. ބުދަ ދުވަހުގެ ފަހު މެޗުގައި އެމް.އައި.ބީ އާއި ޕެންޝަން އޮފީސް ބައްދަލުކުރި މެޗު 24-16 ން ކާމިޔާބުކުރީ ޕެންޝަން އޮފީހެވެ.

މުބާރާތުގައި ޖުމުލަ 38 ޓީމު ވާދަކުރެއެވެ. އެއީ އަންހެން 18 ޓީމާއި ފިރިހެން 20 ޓީމެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 81 މެޗު ކުޅޭނެއެވެ. އެއީ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މެޗުތައް ކުރިއަށްދާނީ ހަވީރު 4-6 ށް އަދި ރޭގަނޑު 8-11 އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު