Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ޓީމުގައި ހުންނަން ބޭނުންނުވާ ކުޅުންތެރިން ބޭނުމެއް ނޫން: ގާޑިއޯލާ

21 ޖޫން 2022 | އަންގާރަ 04:52

ސިޓީ އާއި ބާސާ ކަހަލަ ބޮޑެތި ޓީމުތަކަށް ކުޅެން ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2022 | އަންގާރަ 04:52
ގާޑިއޯލާ އަދި ލަޕޯޓާ

ގާޑިއޯލާ އަދި ލަޕޯޓާ

ކުޅުންތެރިޔަކު ޓީމުގައި ހުންނަން ބޭނުންނުވާނަމަ، އޭނާ ޓީމުގައި ބަހައްޓަން ނޭދޭ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނީ ސްޕެއިންގެ ގަދަ އެއް ބާރު ބާސެލޯނާއިން ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބެނާޑޯ ސިލްވާ ހޯދުމުގެ މަސައްކަތް ކުރާކަމަށް ވާހަކަތައް ދެކެވެނިކޮށެވެ. ބާސާއާއި ސިޓީއާ ދެމެދު އޯގަސްޓު މަހުގެ 24 ވަނަ ދުވަހު ކުޅޭ މެޗުގެ ކުރިން ބާސާގެ ރައީސް ޖޯން ލަޕޯޓާ ވަނީ ސިލްވާ ބާސެލޯނާއަށް ކުޅުމުގެ ފުުރުސަތާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

އެކަމަށް ރައްދު ދެމުން ގާޑިއޯލާ ބުނީ އޯގަސްޓު 24 ގައި އޮންނަ މެޗަށް ސިޓީ ނިކުންނާނީ ސިލްވާއާއެކު އިތުރު 10 ކުޅުންތެރިންނާއެކު ކަމަށެވެ. މީގެ އިތުރުން ގާޑިއޯލާ ބުނީ ސިޓީ އާއި ބާސާ ކަހަލަ ބޮޑެތި ޓީމުތަކަށް ކުޅެން ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނެ ކަމަށެވެ. ނަމަވެސް އޭނާއަށް ގަބޫލުކުރެވޭ ގޮތުގައި ސިލްވާ ސިޓީގައި މަޑު ކުރާނެ ކަމަށް ގާޑިއޯލާ ބުންޏެވެ. ސިޓީގެ އަމާޒާއި، ކުލަބެއްގެ ގޮތުގައި ސިޓީ ކުރިއަށްދާނެ ކަމަށާއި، ސިޓީގައި މަޑުކުރުމާއި ނުކުރުމަކީ ސިލްވާގެ އަމިއްލަ ކަމެއް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އިތުރަށް ގާޑިއޯލާ ބުނީ އަބަދުވެސް އޭނާ ގެންގުޅޭ އުސޫލެއް އޮންނަ ކަމަށެވެ. އެއީ އެއްވެސް ކުޅުންތެރިޔަކު ޓީމުގައި ހުންނަން ބޭނުންނުވާނަމަ، އެ ކުޅުންތެރިޔަކި ޓީމުގައި ބަހައްޓަން ބޭނުން ނުުވާ ކަމަށެވެ.

މިކަމާ ގުޅިގެން ލަޕޯޓާ ބުނީ ބާސާއި މޮޅެތި ކުޅުންތެރިން ހިމަނަން އޭނާ ބޭނުންވާ ކަމަށެވެ. އަދި ބާސާއަކީ ރަނގަޅު މޮޅު ޓީމަކަށް ހެދުމަށް އޭނާ ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ. މީގެ އިތުރުން ލަޕޯޓާ ބުނީ އަންނަ ސީޒަނުގައި މޮޅު ޓީމެއް ދެއްކުމަށް މަސައްކަތް ކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް