Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޓަރނޭޝަނަލް ޔޯގާ ޑޭ

2014 އިން ފެށިގެންވެސް އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރޭ: މަހުލޫފު

ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ސަލަފް ޖަމިއްޔާގެ ފަރާތުންވެސް ޙަރަކާތުގައި ބައިވެރިވިކަމަށް މަހުލޫފު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖޫން 2022 | އަންގާރަ 04:22
އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުންތައް

އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުންތައް

2014 އިން ފެށިގެންވެސް އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަ ކުރާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޙަރަކާތުގެ ތެރެއިން ހިނގި ހަމަނުޖެހުންތަކާއި ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ، އެއީ ވަރަށް ދެރަކޮށް އަދި ވަރަށް ގޯސްކޮށް ހިނގާ ދިޔަ ކަމެއް ކަމަށެވެ. އެގޮތުން މީހުންނަށް ޙަމަލާ ދިނުމާއި، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުން ދިނުން ކުށްވެރި ކުރައްވައި މަހުލޫފު ވިދާޅުވީ އެތަނުގައި ހިނގާ ދިޔައީ ދީނީ ޙަރަކާތެއް ނޫން ކަމަށެވެ.

މަހުލޫފު ވަނީ 2014 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރާއްޖެއިން ކޯ-ސްޕޮންސަރ ކޮށްގެން އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރުމުގެ ގޮތުން ކުރައްވާފައިވާ މަސައްކަތްތަކަަށް އަލިއަޅުވާލައްވާފައެވެ.

މަހުލޫފު ވިދާޅުވީ، އޭރުން ފެށިގެން ރާއްޖޭގައި އެކި ފެންވަރުގައި ޔޯގާ ޙަރަކާތްތައް ހަމަ މި ގޮތަށް ހިންގަމުން އައިސްފައިވާ ކަމަށެވެ.

މަހުލޫފު ވިދާޅުވީ، މިއީ އިންޑިއާ އާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް އޮޕޮޒިޝަނުން ހިންގަމުންދާ ދަނޑިވަޅަކަށްވާތީ އެކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ބަޔަކު ގަސްތުގައި ސިޔާސީ ގޮތުން ހިޔާލު ތަފާތުވެ ހިންގި ޙަރަކާތެއް ކަމަށެވެ. އެހެން ވިދާޅުވާން ޖެހުނު ސަބަބަކީ 2014 އިން ފެށިގެންވެސް އިންޓަރނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަ ކުރާތީކަމަށް މަހުލޫފު ވިދާޅުވިއެވެ.

2017 ވަނަ އަހަރު ފަތިސް ގަޑީގައި ހަމަ މި ގޮތަށް ބޭއްވި ޙަރަކާތުގައި އޭރުގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނުވެސް ބައިވެރިވެލެއްވިކަމަށް މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ، ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ސަލަފް ޖަމިއްޔާގެ ފަރާތުންވެސް މިއަދުގެ ހަމަނުޖެހުމުގައި ޙަރަކާތްތެރިވެފައިވާ ކަމަށެވެ.

މަހުލޫފު ވަނީ ސަލަފް ޖަމިއްޔާއަކީ ވެރިކަމަށް އައުމަށް މަސައްކަތް ކުރަމުންދާ ސިޔާސީ ޕާޓީއެއްކަމަށް ވިދާޅުވެފައެވެ.

މަހުލޫފު ވިދާޅުވީ، ދީނުގައި ޙަރާމް ކަންކަމާއި، ޙަލާލު ކަންކަމާއި ހުއްދަ ކަންކަމާއި ހުއްދަ ނޫން ކަންކަން ދީނީ އިލްމުވެރިންވެސް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

މާލޭގެ ޔޫތު ސެންޓަރުގައި ޔޯގާ ކްލާސްތައް ހިންގާތާވެސް 15 ވަރަކަށް އަހަރު ވެފައިވާކަމަށް މަހުލޫފު ވިދާޅުވިއެވެ.

ހަމަނުޖެހުން ހިންގި ގަޑީގައި އެތަނުގައި ބޭރުގެ ޑިޕްލޮމެޓުންނާއި ބައެއް އިސް ވެރިންވެސް ތިބިކަމަށް މަހުލޫފު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު