Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔާމީން ހިންގެވި އާރަށު ޚިޔާނާތް

ޔާމީން ހިންގެވި އާރަށު ޚިޔާނާތް - 3 އައިފޯނުން ހޯދި ފޮރެންސިކް ހެކީގެ ވާހަކަ

ވ. އާރަށުގެ ހިޔާނަތުގެ މައްސަލައާ ގުޅުން ހުރި މުހިންމު ފޯން މެސެޖްތަކަކާއި ފޯންކޯލްތަކެއް އެކުލެވޭ ފޯނުތަކެއްގެ ފޮރެންސިކް ތަހުލީލު ރިޕޯޓް ދަޢުލަތުން ޝަރިޢަތަށް ހުށަހަޅާފައިވޭ

ރާއްޖެ އެމްވީ | 18 ޖޫން 2022 | ހޮނިހިރު 05:24
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް ހިޔާނާތުގެ މައްސަލަކަމަށްވާ އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަން މައްސަލައާ ގުޅުންހުރި ވ.އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ފުރަތަމަ ހެކިވެރިޔާގެ ހެކިބަސް މިވަނީ ބުރާސްފަތި ދުވަހު ނަގާފައެވެއެވެ. މިމައްސަލަ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ޝަފަހީ ހެކިންގެ ގޮތުގައި 13 ހެއްކަކު ހުށަހަޅާފައިވާއިރު، ގިނަ އަދަދެއްގެ ކިތާބީ ހެކިވެސް ދައުލަތުގެ ފަރާތުން ވަނީ ހުށަހަޅާފައެވެ. ބުރާސްފަތި ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ނަގާފައިވަނީ ތިން އައިފޯނަކުން ނަގާފައިވާ ކަމަށް ބުނާ ޑޭޓާތަކާއި ޕެންޑްރައިވްތަކެއްގައި ހުރި ޑޭޓާތަކުގެ ފޮރެންސިކް ތަހުލީލުކުރި ފުލުސް އޮފިސަރެއްގެ ހެކިބަހެވެ. ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ޔާމީންއާއި އަހުމަދު އަދީބާ ދެމެދު ކުރެވުނު ފޯނު ކޯލްތަކެއްގެ ރިކޯޑިން ހުށަހަޅާފައިވާނެ ކަމަށް ދައުލަތުން މީގެ ކުރިން ބޭއްވުނު އަޑުއެހުމުގައި ބުނެފައިވެއެވެ.

މިމައްސަލައިގައި ދައުވާކުރަމުން ޝަރީއަތުގައި ދަޢުލަތުން ކުރިން ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ހިއްސާ އޮތް ކުންފުނީގެ ހިއްސާތައް 2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އެހެން ކުންފުންޏަކަށް އޭނާ ވިއްކާލުމާއެކު ޖެހިގެން އައި ދުވަހު އެ ކުންފުންޏަށް އާރަށް ދިނުމަށް އެމްއެމްޕީއާރުސީން ނިންމާ އެރަށް އެކުންފުޏަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި އެކުންފުނީގެ ފަރާތުން 1 (އެކެއް) މިލިއަން ޑޮލަރ އެމް.އެމް.ޕީ.އާރު.ސީ.އަށް ދެއްކުމަށް ޗެކެއް ހަވާލުކުރިއިރު، އިތުރު 1 (އެކެއް) މިލިއަން ޑޮލަރު ހިމެނޭ ޗެކެއް ޔޫސުފް ނައީމަށްވެސް އެދުވަހު ހަވާލުކޮށްފައިވާކަން ލިޔުންތަކުން އެނގޭކަމަށް ދައުލަތުން ބުނެފައިވެއެވެ. އޭގެ 3 ދުވަސް ފަހުން އެ ޗެކް ޔޫސުފް ނައީމުގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އޭގެ 2 ދުވަސްފަހުން ޔޫސުފް ނައީމުގެ އެ އެކައުންޓުން ރައީސް ޔާމީނަށް 1 (އެކެއް) މިލިއަން ޑޮލަރގެ ޗެކެއް ދޫކޮށްފައިވާކަމަށާއި އަދި އޭގެ 2 ދުވަސް ފަހުން ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމް ދިން 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކް ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. ދައުލަތުން ބުނިގޮތުގައި އެޗް.އެސް.ބީ.ސީގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް ޔޫސުފް ނައީމް ދިން ޗެކް ޖަމާކުރިއިރު، ޗެކާއެކު ފޮނުވި ސިޓީގައި ވަނީ އެއީ "ޕޮލިޓިކަލް ކެމްޕެއިނަށް" ދިން ފައިސާ ކަމަށެވެ. އަދި އެ ފައިސާ އާއި އިތުރު ފައިސާތަކެއް އެއްކުރުމަށް ފަހު، ޔާމީންގެ އެހެން އެކައުންޓްތަކަކަށް ފައިސާ ޖަމާކުރިކުރުމަކީ މަނީ ލޯންޑަރިންގެ އަމަލެއްކަމަށް ދައުލަތުން ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހު ހެކިބަސްދިން ފަރާތަކީ، މޯލްޑިވެސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސަރވިސް ޑިޖިޑަލް އެވިޑެންސް ލެބޯޓަރީގެ ޑިޖިޓަލް އެވިޑެންސް އެގްޒަމިނާއެއްގެ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އަބްދުﷲ ޝިފާޒްއެވެ. އެ ފަރާތުގެ ހެކިބަސް ނެގިފައިވަނީ ދަޢުވާކުރެވިފައިވާ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އެ މައްސަލާގައި ތިން ފޯނާއި ޕެންޑްރައިވްތަކަކުން ނަގާފައިވާ ޑޭޓާތަކުގައިވާ މުއާމަލާތްތަކާ ބެހޭގޮތުން ރިޕޯޓް ހެދި ފަރާތުގެ ހައިސިއްޔަތުންނެވެ. އަބްދުﷲ ޝިފާޒް އަކީ ފޮރެންސިކް ސަރވިސް ޑިޖިޑަލް އެވިޑެންސްއާ ގުޅޭ ގޮތުން މަތީ ތައުލީމް ހާސިލްކޮށް ގިނަ ތަމްރީންތަކާ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވައިރު، އެ ފަރާތުން މިހާތަނަށް އެފަދަ 1300 (ތޭރަސަތޭކަ) އަށް ވުރެ ގިނަ ރިޕޯޓް ތައްޔާރުކޮށްފައިވާކަމަށް ހެކިބަސްދެމުން ބުނެފައިވެއެވެ.

ލެބޯރެޓަރީއަށް އެގްޒާމިންކުރުމަށް ހަވާލުކުރެވޭ ހެކިތަކަކީ ކަނޑައެޅިފައިވާ އިޖުރާތްތަކާ އެއްގޮތަށް ހަވާލުކުރެވޭ ތަކެތިކަން އަބަދުވެސް ކަށަވަރު ކުރާކަމާއި، ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކުރެވިފައިވޭތޯ ޔަޤީންކުރާކަމަށް ހެކިބަސްދެމުން އަބްދުﷲ ޝިފާޒް ބުނެފައިވާއިރު، ތަހުލީލުކުރަނީ ތަހުގީގުކުރާ ފަރާތުން ފޮނުވާ ރިކުއެސްޓްފޯމުގައި ފާހަގަކޮށްފައިވާ ކަންތަކާ ގުޅޭގޮތުންކަމަށްވެސް ބުނެފައިވެއެވެ. ފޮރެންސިކް އެނަލިސިސް ހެދުމަށް ހަވާލުކުރެވޭ ފޯންފަދަ ތަކެތިން ނެގޭ ޑޭޓާތަކަކީ އެހެންފަރާތަކުން ބަދަލުނުކުރެވޭ އަދި އެތަކެތީގެ އިންޓަރގްރިޓީ ހިފެހެއްޓޭ ތަކެތިކަން ކަށަވަރުކުރާކަމަށްވެސް ބުނެފައިވާއިރު، މިކަން ކަށަވަރު ކުރުމަށް ހޭޝްއެއް (ޑިޖިޓަލް ފިންގަރ ޕްރިންޓް) ބޭނުންކުރެވޭކަމަށްވެސް ބުނެފައިވެއެވެ. މިމައްސަލަގައި ފޮރެންސިކް ތަހުލީލުކުރުމަށް ހެކިވެރިޔާ ހަވާލުކުރެވުނު 6 ހެގްޒިވިޓް ނުވަތަ ހެކީގައިވެސް އެފަދަ ހޭޝް ބޭނުންކޮށްފައިވާނެކަމާއި އެއީ ތަހުލީލުކުރެވުނު އެއްވެސް އެއްޗެއްގެ އަސްލަށް ބަދަލުގެނެސްފައިނުވާކަން ކަށަވަރު ކުރުމުގެ ގޮތުންކަން ބުނެފައިވެއެވެ. 

ހެކިބަސްދިން އަބްދުﷲ ޝިފާޒްއާ ފޮރެންސިކް ތަހުލީލުކުރުމަށް ހަވާލުކުރެވުނު 6 ހެކީގެ ތެރޭގައި 3 ޕެންޑްރައިވެއް ހިމެނޭކަމާއި އެތަކެތީގެ އެނަލިސިސް ހެދުމަށް ޕެންޑްރައިވްތައް ހުޅުވަން ޖެހުނީ ޕާސްވޯޑްތަކެއް ބޭނުންކޮށްގެންކަމަށާއި އެތަކެތީގައި ހުރި ޒިބް ފޯލްޑަރތައް ބެލި ބެލުމުގައި ހެކީގެ ގޮތުގައި ހަވާލުކުރި ތަކެތި ހަވާލުކުރި މާކް އެންރީ ރިކްރީ ދީފައިވާ ސްޓޭޓުމަންޓުގައި ބަޔާންކޮށްފައިވާ ހޭޝްޓެގްތަކަށް ބަދަލު އައިސްފައިނުވާކަން ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ. އަދި ހެކިބަސްދިން އަބްދުﷲ ޝިފާޒްއާ ފޮރެންސިކް ތަހުލީލުކުރުމަށް ހަވާލުކުރެވުނު 6 ހެކީގެ ތެރޭގައި 3 ފޯނެއްގެ އިމޭޖް ފައިލްގަވެސް ހިމެނޭކަމާއި އެއީ 3 ފޯނުގައި ހުރި އަސްލުމައުލޫމާތުކަމާއި އެތަކެތީގައި ހުރި ހޭޝްޓެގްތަކަށް ބަދަލު އައިސްފައިނުވާކަން ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ. 

އަބްދުﷲ ޝިފާޒްއާ ފޮރެންސިކް ތަހުލީލުކުރުމަށް ހަވާލުކުރެވުނު 6 ހެކި ހަވާލުކޮށްފައިވަނީ ވަކި ފޯން ނަންބަރަކުން ކޮށްފައިވާ މުއާމާލަތްތަކެއް އޭގެ ތެރޭގައި ހިމެނޭތޯ ބެލުމަށް ކަމަށާއި އެއީ 7772506 ގެ ނަންބަރުން ކޮށްފައިވާ މުއާސަލާތްތަކެއް އެ 6 ހެގްޒެވިޓް ގޮތުގައި ހުށަހަޅާފައިވާ ތަކެތީގައި ހިމެނޭތޯ ބެލުމަށްކަމަށް ބުނެފައިވެއެވެ. އެތަކެތި ތަހުލީލުކުރިކުރުމުގައި އެއް ޕެންޓްރައިވުން އެ ނަންބަރުން ފޮނުވާފައިވާ އެސް.އެމް.އެސް މެސެޖާއި ފޯން އެލާޓް މެސެޖް ފެނުނުކަމަށްވެސް ބުނެފައިވެއެވެ. އަދި އެނަންބަރުން ފޮނުވާފައިވާ މެސެޖްތައް އެކުލެވޭ ވައިބަރ ޗެޓްލޮގެއްވެސް ފެނިފައިވާކަމަށް ބުނެފައިވެއެވެ. އަދި ހުށަހަޅާފައިވާ އެއް އިމޭޖަކުން ކުރިން ބުނެވުނު ނަންބަރުގެ 4 ކޯލް ލޮގް 1 އެސް.އެމެ.އެސް އަދި 1 ކޯލް އެލާޓް މެސެޖް ފެނިފައިވާކަމަށްވެސް އަބްދުﷲ ޝިފާޒް ހެކިބަސްދެމުން ބުނެފައިވެއެވެ. 

ތަޙުލީލުކުރުމަށް ހުށަހަޅާފައިވާ އެއްވެސް ޑިވައިސެއްގެ މަޢުލޫމާތަށް ބަދަލުގެނެސްފައިވާކަމަށް ފާހަގަނުކުރެވޭކަމަށާއި ތަޙުލީލު ރިޕޯޓް ވަކިގޮތަކަށް ތައްޔާރުކުރުމަށް އެފަރާތުގެ މައްޗަށް އެއްވެސް ނުފޫޒެއް އައިސްފައިނުވާކަމަށް އަބްދުﷲ ޝިފާޒް ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.

ފޯނެއްގެ ހުންނަ ޑޭޓަރ ތަކެއް ބަދަލުކުރެވޭނީ ހާއްސަ އާލަތްތަކެއް ނުވަތަ ސޮފްޓްވެއަރ ތަކެއް ބޭނުންކޮށްގެންކަމަށްވާއިރު ތަހުލީލުކުރެވިފައިވާ ތިން ޑިވައިސްއަކީވެސް އައިފޯން ކަމަށްވާއިރު، އައިފޯނެއްގެ ޓޭޓާ ބަދަލުކުރެވޭނީ އެޑިވައިސްއެއް ޖެލްބްރޭކްކޮށް އެއަށް ސޮފްޓްވެއަރތަކެއް އަޅައިގެންކަމަށްވާއިރު، ތަހުލީލުކުރެވުނު ތަކެތީގައި އެފަދަ ކަމެއް ކޮށްފައިނުވާކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ތަހުލީލުކުރެވުނު 3 ފޯނުގައިވާ ޑޭޓާގެ މުޢާމަލާތްތަކަށް ބަލާއިރު، އެ ފޯނުތަކުން ކޮށްފައިވާ މުއާމަލާތްތައް ހުރީ 2014 އަދި 2015 ވަނަ އަހަރުގައި ކޮށްފައިވާ މުއާމަލާތްތަކެއްކަމަށް ފާހަގަކުރެވުނުކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. 

3 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވެގެން ދިޔަ ހެކިބަސްނެގުމުގެ ޝަރީއަތުގައި ދައުވާ ލިބޭ ރައީސް ޔާމިން އަދި ޔޫސުފް ނައީމް ވަކީލުންގެ ފަރާތުން ގިނަ ސުވާލުތަކެއް ހެކިބަސްދިންފަރާތާ ކޮށްފައިވާއިރު، ގިނަ ސުވާލުތަކަކީ ހެކިބަސްދިން ފަރާތުން ތަހުލީލުކުރުމުގައި އަމަލުކުރި އުސޫލުތަކާ ގުޅޭގޮތުންނެވެ. އެ ސުވާލުތަކަށް ތަފްސީލް ގޮތެއްގައި ހެކިބަސް ދިން ފަރާތުން ޖަވާބުދިންއިރު، ލެބޯރަޓެރީ ތަހުލީލުކުރި ހެކިތައް ތަހުލީލުކުރުމުގައި އަމަލުކުރި އުސޫލާއި ބޭނުންކުރި ޓެކްނިކަލް އާލާތްތަކުގެ މަޢުލޫމާތާއި ފާހަގަކުރެވުނު ކަންތައްތައް ތަފްސީލްގޮތެއްގައި ކިޔާދީފައިވެއެވެ. 

ހެކިބަސްދިން ފަރާތުން ތަހުލީލުކުރި ތަކެތި ތަހުލީލުކޮށްފައިވަނީ އޭގެ ކުރިން އެތަކެތި އިނގިރޭސި ވިލާތުގެ ފެރެޑޭ ފޮރެންސިކްސް އިން ތަހުލީލު ކުރި ފަހުން ކަމަށްވާއިރު، ފެރެޑޭ ފޮރެންސިކްސްގެ ތަހުލީލުން ފާހަގަކޮށްފައިވާ ކަންތައްތަކާ ހެކިވެރިޔާ ތަހުލީލުކުރި ކަންތައްތަކާ ދިމާވާކަމާއި ފެރެޑޭ ފޮރެންސިކްސް އިން ތަހުލީލު ކޮށްފައިވަނީ ރަނގަޅަށްކަން ހެކިބަސްދިން ފަރާތުން ދެއްކި ވާހަކަތަކުން އެނގިގެން ދިޔައެވެ. ވ. އާރަށުގެ ހިޔާނަތުގެ މައްސަލައާ ގުޅުން ހުރި މުހިންމު މުއާމާލާތްތަކެއް ފޮރެންސިކް ތަޙުލީލު ކުރެވުނު ފޯނުތަކުން ފާހަގަކުރެވުނުކަމަށް ބެލެވޭއިރު، އެ މުއާމަލާތްތަކުގެ ތަފްސީލް އެނގިގެންދާނީ ދައުލަތުގެ ފަރާތުން ހުށަހަޅާ ކިތާބީ ހެކި ހުށަހަޅާ މަރުހަލާގައިކަމަށް ބެލެވެއެވެ. އަދި ދައުލަތުން ރައީސް ޔާމީންއާ އަދީބުއާ ދެމެދު ކޮށްފައިވާ ފޯންކޯލްތަކެއްގެ އޯޑިއޯވެސް ޝަރީއަތަށް ހުށަހަޅާފައިވާކަމަށް ކުރިން ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.   

ބުރާސްފަތި ދުވަހުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ބުރާސްފަތިދުވަހު ދެ ހެކިންގެ ހެކިބަސް ނަގަން ޝަރީއަތުން ހަމަޖައްސާފައިވީނަމަވެސް ހެކިބަސްދިން ފަރާތުގެ ހެކިބަސްނެގުމަށް ގިނަ ވަގުތު ހޭދަވެގެން ދިއުމުން ދެން ހެކިބަސް ނަގަން ހަމަޖައްސާފައިވާ ހެކިވެރިޔާގެ ހެކިބަސް އެހެން ދުވަހަކަށް ނަގަން ނިންމާފައިވާ ކަމުގައެވެ. 

މައްސަލަ ބައްލަވަމުންގެންދަވާ ގާޒީ ވަނީ ޖޫން މަހުގެ ތެރޭގައި މިމައްސަލައިގެ ހެކިބަސްތައް ނަގަންޖެހޭ ފަރާތްތަކުގެ ހެކިބަސްނަގާ ނިންމުމަށް ހަމަޖައްސަވާފައިވާކަން ކުރިން ހާމަކޮށްފައެވެ. އަދި ހެކި ބަސް ނެގުމުގެ މަރުހަލާ ނިމުމުން ހެއްކާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ވަކި އަޑުއެހުމެއް އޮގަސްޓް މަހު ތެރޭގައި ބާއްވާގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ. އޭގެ ފަހުން މައްސަލައިގެ ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ވެސް އޮގަސްޓް މަހު ތެރޭގައި ބާއްވަން ވަނީ ނިންމަވާފައެވެ. ހުލާސާ ބަޔާން އިއްވުމަށް ފަހު 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހޭތީ މިމައްސަލައިގެ ހުކުމް ކުރުން ސެޕްޓެމްބަރު މަހު ތެރޭގައި ބާއްވާނެކަމަށް ބެލެވެއެވެ. 

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންއާރަށު ޚިޔާނާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

06 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު