Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކ.ގުރައިދޫ

ކ.ގުރައިދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާ، އާދީއްތަ ދުވަހު ހުޅުވަނީ

17 ޖޫން 2022 | ހުކުރު 12:29

މި ދަނޑު ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2022 | ހުކުރު 12:29
ކ.ގުރައިދޫ ޓާފް ދަނޑު

ކ.ގުރައިދޫ ޓާފް ދަނޑު

ސަރުކާރުގެ ފަރާތުން ކ.ގުރައިދޫގައި ގާއިމުކުރި ޓާފް ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާ، އާދިއްތަ ދުވަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ކުރެއްވި ޓުވީޓެއްގައެވެ. މިކަމާ ގުޅިގެން މިނިސްޓަރު މަޚްލޫފް ވިދާޅުވީ މި ދަނޑު ހުޅުވައިދެއްވާނީ ރައީސުލްޖުމހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ މިހާރު ގާތް ގަނޑަކަށް ޖުމުލަ 40 ދަނޑުގެ މަސައްކަތް ނިންމާލެވިއްޖެކަމަށެވެ. އަދި އުންމީދަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ މިދައުރު ނިމެންވާއިރަށް 50 ދަނޑުގެ މަސައްކަތް އެއްކޮށް ނިންމައި، އިތުރު 50 ދަނޑުގެ މަސައްކަތް ފެށުން ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތައް އެޅުމަކީ ސަރުކާރުުގެ ރިޔާސީ ވައުދެކެވެ. އަދި އެ ވައުދާ އެއްގޮތަށް ސަރުކާރުން އަންނަނީ ގިނަ ދަނޑުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އަދި މިގޮތަށް ގާއިމުކުރެވޭ ދަނޑުތަކުގައި ގައުމީ ފެންވަރުގެ މެޗުތައް ކުޅުމާއި، ބައިނަލްއަގުވާމީ މެޗުތައް ކުޅުމަކީ ވެސް ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އޭގެ ތެރެއިން ސަރުކާރުން ފ. ނިލަންދޫގައި ގާއިމުކުރި ޓާފް ދަނޑުގައި ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅުނުއިރު، ރ. އަލިފުށީ ދަނޑުގައި ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ކުޅެފައެވެ. މިކަން ކަމުގެ ބޭނުމަކީ ކުޅިވަރުގައި މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކުރުމެވެ.

މިނިސްޓަރު މަޚްލޫފް މީގެ ކުރިން ވިދާޅުވެފައިވަނީ ރަށްތަކުގައި ތަރައްޤީކުރާ ފުޓުބޯޅަ ދަނޑުތަކަކީ ހަމައެކަނި ފުޓުބޯޅަ ކުޅުމަށް އަޅާ ދަނޑުތަކެއް ނޫންކަމަށެވެ. އަދި އެ ދަނޑުތައް އަންހެން ފިރިހެން ދެ ޖިންސްގެ ބޭފުޅުންގެ އެކިކަހަލަ ބޭނުމަށް ބޭނުން ކުރެވިގެންދާނެ ކަމަށެވެ. މިނިސްޓްރީގެ އަމާޒަކީ ދުޅަހެޔޮ ހަށިހެޔޮ ރައްޔިތުންތަކެއް ރަށްތަކުގައި ދިރިއުޅުން ކަމަށާއި އެކަމަށް ގާއިމުކުރެވޭ ދަނޑުތަކުގެ ސަބަބުން ފައިދާ ކުރާނެ ކަމަށް މިނިސްޓަރު މަޚްލޫފް ވިދާޅުވެފައިވެއެވެ.

ކ. ގުރައިދޫކުޅިވަރާ ބެހޭ ވުޒާރާއަހުމަދު މަޚްލޫފް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2025

ގުރައިދޫގެ ހޭންޑްބޯޅަ ކޯޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢެއް

05 ފެބުރުއަރީ 2025
ގުރައިދޫގެ ހޭންޑްބޯޅަ ކޯޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢެއް
18 ޑިސެމްބަރު 2024

ކ. ގުރަައިދޫ ގައި މަރުވި 4 މަހުގެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޑިއާއަށް ފޮނުވައިފި

18 ޑިސެމްބަރު 2024
ކ. ގުރަައިދޫ ގައި މަރުވި 4 މަހުގެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޑިއާއަށް ފޮނުވައިފި
18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
27 އޮކްޓޯބަރު 2024

ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި

27 އޮކްޓޯބަރު 2024
ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި
25 އޮކްޓޯބަރު 2024

އިމިގްރޭޝަނުން ކ.ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

25 އޮކްޓޯބަރު 2024
އިމިގްރޭޝަނުން ކ.ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
08 ޖޫން 2024

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

08 ޖޫން 2024
ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
28 ޑިސެމްބަރު 2023

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް