Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސޯސިއޭޝަން ކަޕް 2022

ކުރީ މުބާރާތްތައް ވެސް ކާމިޔާބުކޮށްފައިވާނީ ފަހަތުން އަރައި މޮޅުވެގެން: ޝާޑު

17 ޖޫން 2022 | ހުކުރު 11:27

ސިފައިންނަކީ ވެއްޓުނީމާ، ތެދުވެ ކުރިއަށް އަރައިގެން ދާ ބައެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2022 | ހުކުރު 11:27
ހުސެއިން ޝާހިދު (ޝާޑު)

ހުސެއިން ޝާހިދު (ޝާޑު)

މީގެ ކުރީގެ މުބާރާތްތަކުގައި ވެސް ދިވެހި ސިފައިންގެ ކުލަބް މޮޅުވެފައި ހުންނާނީ ފަހަތުން އަރައި މެޗުތައް ކާމިޔާބުކޮށްގެން ކަމަށް އެ ޓީމުގެ ކެޕްޓަން ހުސެއިން ޝާހިދު (ޝާޑު)ބުނެފިއެވެ.

ޝާޑު މިހެން ބުނީ ބުރާސްފަތި ދުވަހުގެ ހަވީރު އޮތް މެޗުގައި އޮފު އެފްސީގެ މައްޗަށް ކުރި ހޯދުމަށްފަހުއެވެ. ޝާޑު ބުނީ މެޗުގައި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނުނުކަމަށެވެ. އަދި ކޯޗު ބޭނުންވި ގޭމު ކުޅެވުނުކަން ފާހަގަކޮށް ޝާޑު ބުނީ ފަހު ސެޓު ދައްކޮށް ކުޅުންތެރިން ކޮންމެވެސް ވަރަށް ޖެހިލުންވެފައި ތިބުމުންކަމަށެވެ. ސިފައިންގެ ޓީމު މުބާރާތް ފަށަން ޖެހުނީ ދަށްކޮށެވެ. ފުރަތަމަ މެޗުގައި ސްޕޯޓްސް ކުލަބް ސިޓީ އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ޕޮލިސް ކުލަބް އަތުން ބަލިވީ ފުރަތަމަ ދެ ސެޓު ވެސް ހޯދާފައިވަނިކޮށެވެ. ނަމަވެސް ތިން ވަނަ މެޗުގައި ވަނީ ވަރުގަދަ ކުލަބް ވެމްކޯގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދާފައެވެ. އަދި ހަތަރު ވަނަ މެޗުގައި އޮފު އެފްސީ ބަލިކޮށް، ސިފައިން އަންނަނީ ގަދަ ތިން ޓީމުގެ ތެރޭގައި ވާދަކުރަމުންނެވެ.

މެޗަށް ފަހު ޝާޑު ބުނީ އެ ޓީމުގެ ކޯޗު އަބްދުﷲ ޖުނައިދު ވެސް މީގެ ކުރިން ފާހަގަކުރި ގޮތަށް ސިފައިންނަކީ ވެއްޓުނީމާ ތެދުވެ، ފަސް ބެލުމެއް ނެތި ކުރިއަށް ދާ ބައެއް ކަމަށެވެ.

މީގެ އިތުރުން ޝާޑު ބުނީ އެ ޓީމުގައި އަނިޔާގެ މައްސަލަތަކެއް ހުރި ކަމަށެވެ. އަނިޔާގެ ސަބަބުން ބައެއް ބޭރު ކުޅުންތެރިން ޓީމާ ގުޅުނީ ވެސް ލަހުން ކަން ޝާޑު ވަނީ ފާހަގަކޮށްފައެެވެ. ނަމަވެސް އަނިޔާއިން ރަނގަޅުވެ ކުޅުންތެރިންގެ ކުޅުން މެޗަކަށްފަހު މެޗެއް ރަނގަޅުވަމުން އަންނަކަން ޝާޑު ވަނީ ފާހަގަކޮށްފައެެވެ. އަދި އެ ޓީމުގެ ދިވެހި އެޓޭކަރު އާދަމް ނަސީމް (އެޑަމް) އާދަޔާ ޚިލާފަށް ރަނގަޅުކަމަށް ވެސް ޝާޑު ވަނީ ބުނެފައެވެ.

މުބާރާތުގައި ސިފައިންނަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ އާދިއްތަ ދުވަހުގެ ރޭ ގުޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ.

އެސޯސިއޭޝަން ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ދިވެހި ސިފައިންގެ ކުލަބް

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
19 ނޮވެމްބަރު 2024

އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން

19 ނޮވެމްބަރު 2024
އޮފީސް މުބާރާތުގެ ފިރިހެން ޑިވިޝަން ކާމިޔާބު ކުރީ ޕޮލިސް ކުލަބުން
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް